Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުން ކުރާ ބަޣާވާތް

މި ސަރުކާރުން ޓެސްޓްކުރަން ޖަހަނީ ވަކަރަށް، ރައްޔިތުންނަށް ތަކުލީފު ފޯރީމަ ބުނަނީ ބަޣާވާތެކޭ: ޒިޔާދު

4 ސެޕްޓެމްބަރު 2024 | ބުދަ 03:40

ބަޣާވާތުގެ ބައިވެރިންނަށް ހީވާނީ އެހެންމީހުންވެސް ބަޣާވާތްކޮށްފާނެކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 ސެޕްޓެމްބަރު 2024 | ބުދަ 03:40
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ފަލަސުރުހީ ޕްރޮގާމުގައި

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ފަލަސުރުހީ ޕްރޮގާމުގައި

މި ސަރުކާރުން ކަންކަން ޓެސްޓްކުރަން ޖަހަނީ ވަކަރަށް ކަމަށާއި، އެކުރާ ކަމެއްގެ ސަބަބުން ރައްޔިތުންނަށް ތަކުލީފު ފޯރާ ނުތަނަވަސްކަން އުފެދޭ ކޮންމެ ފަހަރަކު ސަރުކާރުގެ ބަހަނާއަކަށް ވަނީ އެއީ ވެރިކަން ވައްޓާލަން ބަޔަކު ކުރާ ބަޣާވާތެއް ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ މާލީ ބަޣާވާތާއި ގުޅޭ ޓައިމްލައިން ނޫސްތަކުގައި އެބައޮތް ކަމަށެވެ. އާދީއްތަ ދުވަހެއްގެ ހެނދުނު 10 ޖަހާއިރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުން އާދަޔާ ހިލާފުކަމަކަށްވި އިރު، ބީއެމްއެލްގެ ބޯޑުގެ އެންމެ ދުވަސްވީ މެންބަރު ހުކުރު ދުވަހެއްގައި ވަކިކުރުން އެއީ އިއްތިފާގެއް ކަމަށެވެ. އަދި ޓައިމްލައިން ބަލާލުމުން އެނގިގެންދާ ބައިވަރު ކަންކަން އެބަހުރި ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ލޭނު މަސްވެރިކަން ހުއްޓުވީވެސް ރައީސް ބިރުފުޅުން ކަމަށާއި، މިއަދު މިހާ ހިސާބަށް އައި އިރު، ލޭނުމަސްވެރިކަމުގެ ބަޣާވާތާއި، ބްރިޖުގެ ބަޣާވާތާއި، ބީއެމްއެލްގެ ބަޣާވާތް އެއްކޮށްލުމުން، ރައީސްގެ އަމަލުފުޅު ހުންނަވާގޮތް އެނގިގެންދާ ކަމަށެވެ.

ޒިޔާދު ވިދާޅުވީ އިންތިހާބީ ރައީސްއަކު މަގާމުން ދުރުކުރަން ބަޔަކު އަޑީގައި ތިބެގެން ބޮޑު ބަޣާވާތެއް ހިންގަން އުޅޭކަމަށް އެބޭފުޅުންނަށް ހީވެފައި އޮންނަ ކަމަށެވެ. ޒިޔާދު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ކާމިޔާބުވީ އެންމެ ބަޣާވާތެއް ކަމަށާއި، އެ ބަޣާވާތުގެ ބައިވެރިން މިއަދު ވެރިކަމުގައި ތިބޭއިރު، ފުޅަށްބުޑުން ދަންޏާ ދޮންހަސަނަށް ހީވާނީ ކެޔޮގަނޑު ކަނޑާލާހެން ބުނާ އުސޫލުން ވެރިކަމުގައި ތިބި ބޭފުޅުންނަށްވެސް ހީވަނީ އެފަދައިން ކަމަށެވެ.

ޒިޔާދު ވަނީ އެފަދަ ބޮޑުކަމެއް ދިމާވުމުން ގައުމާއި މުހާތަބުކުރައްވާ، ރައީސް ވާހަކަފުޅު ނުދެއްކެވީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ. ޒިޔާދު ވިދާޅުވީ ފެހި ސިގްނަލް އަކީ ނުރައްކަލެއް ކަމަށާއި، ޕާޓީގެ ހަރުގެ ޖަލްސާގައި ބަޣާވާތް ދެއްކި އިރު ވުޖޫދުގައި ނެތް މީހަކު ދައްކާފައި ހުރި ވާހަކަތަކަށް ދެއްވީ ރައްދު ކަމަށެވެ.

މިހާތަނަށް އައި އިރު ބަޣާވާތާއި ގުޅިގެން އެއްވެސް މީހަކާއި ސުވާލެއް ނުކުރާ ކަމަށާއި، ބީއެމްއެލްއިން ނިންމި ނިންމުމާއި ގުޅިގެން ބޯޑުގެ މެންބަރުންނާއި ސުވާލެއް ނުކުރާތަނުގައި އެކަމުގެ އިލްޒާމު އަޅުވާ އެމްޑީޕީއާއިވެސް ސުވާލެއް ނުކުރާ ކަމަށެވެ.

އަދި މިކަމުން ދޭހަވަނީ ކަމަކުން ފެއިލްވުމުން އެކަމުން ރެކިގަންނަން ޖަހާ މަޅިއެއްގެ ގޮތުގައި ކަމަށެވެ. އަދި މިއީ ޕްލޭންކުރެވިގެން ރޭވިގެން ޓެސްޓްކުރަން ކުރާ ކަމެއް ކަމަށާއި، ވަކަރަށް ޖައްސަވާ ގޮތަށް ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންނަށް އެންމެ އަސަރުކުރާގޮތަށް ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް