Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅަ

19 މެޗުގައި ބޭންޑް އެޅި ފަހުން ކެޕްޓަންކަން ކިމިޗަށް

ކިމިޗަށް ގައުމީ ކެޕްޓަންކަން ދިންއިރު އޭނާ އަކީ ކުޅޭ ކުލަބުގެ ކެޕްޓަނެއް ނޫނެވެ.

ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2024 | އަންގާރަ 11:49
ހޯޝުއާ ކިމިޗް

ހޯޝުއާ ކިމިޗް

ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން މިޑްފީލްޑަރު ހޯޝުއާ ކިމިޗަށް ދީފި އެވެ.

އޭނާ އަށް ކެޕްޓަންކަން ދީފައިވާއިރު މީގެ ކުރިން އެކި ފަހަރު ތަކުގެ މަތިން ބަޔާން މިއުނިކްގެ ކުޅުންތެރިޔާ ވަނީ 19 ފަހަރު ގައުމީ ކެޕްޓަންކަމުގެ ޒިންމާ އުފުލައިފަ އެވެ. އޭނާ އަށް ދާއިމީ ގޮތެއްގައި ކެޕްޓަންކަން ދިނީ ސީނިއާ ތިން ކުޅުންތެރިއަކު ބައިނަލް އަގްވާމީ ފުޓްބޯޅައިން ރިޓަޔާކުރުމުންނެވެ. އެއީ އެންމެ ފަހުގެ ޔޫރޯގައި ކެޕްޓަންކަންކުރި އިކާއީ ގުންޑޮގަން އާއި އޭގެ ކުރިން މިދިޔަ އަށް އަހަރު ކެޕްޓަކަން ކުރި ގޯލްކީޕަރު މެނުއަލް ނޯޔާ އާއި ތަޖުރިބާކާރު މިޑްފީލްޑަރު ޓޯނީ ކްރޫސް އެވެ.

އުމުރުން މިހާރު 29 އަހަރު ކިމިޗް ވަނީ މިހާތަނަށް ގައުމީ ޓީމަށް 91 މެޗު ކުޅެދީފަ އެވެ. އޭނާ އަށް ކެޕްޓަކަންދިންކަން އިއުލާނުކުރަމުން ކޯޗު ހޫލިއަން ނާގެލްސްމަން ބުނީ ކިމިޗް އަކީ ޓީމުގެ ކެޕްޓަންކަން ކުރަން ވަރަށް އެކަށީގެންވާ އަދި އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކުޅުންތެރިއެއް ކަމަށެވެ.

ކިމިޗަށް ގައުމީ ކެޕްޓަންކަން ދިންއިރު އޭނާ އަކީ ކުޅޭ ކުލަބުގެ ކެޕްޓަނެއްނޫނެވެ. ބަޔާންގެ ކެޕްޓަނަކީ އަދިވެސް ނޯޔާ އެވެ. ނަމަވެސް ނާގެލްސްމަން ބުނީ ކިމިޗް ގައުމީ ޓީމުގެ ބޭންޑް 19 ފަހަރު އަޅާފައިވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ޖަރުމަނުގެ 17 އަހަރުން ދަށުގެ ޓީމަށް 2011 ވަނަ އަހަރު ކުޅެން ފެށި ކުޅުންތެރިޔާ އުމުރުފުރާގެ ގައުމީ ޓީމުތައް ކަޑައްތުކޮށް ސީނިއާ ޓީމަށް އެންމެ ފުރަތަމަ ކުޅުނީ 2016 ވަނަ އަހަރު އެވެ. އޭނާ އަކީ ދުނިޔޭގެ އެންމެ ގިނަ ކޯޗުން މިހާރު ސޮއިކުރުވަން ތައްޔާރުވަމުން އަންނަ އެއް ކުޅުންތެރިޔާ އެވެ. އެއީ ބަޔާންގެ ކޮންޓްރެކްޓް މި ސީޒަނާއެކު ހަމަވާތީ އެވެ. އޭނާގެ ސޮއި ހޯދަން މަސައްކަތް ކުރާ ކުލަބުތަކުގެ ތެރޭގައި ސްޕޭނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ސިޓީ ލިވަޕޫލް ހިމެނެ އެވެ. މީގެ ތެރެއިން ސިޓީގައި ހުރި ކޯޗު ޕެޕް ގާޑިއޯލާ އަކީ ބަޔާންގައި ކިމިޗަށް ކޯޗުކޮށްދީފައިވާ އޭނާ އިތުބާރުކުރާ ކޯޗެކެވެ. އަަދި ބާސެލޯނާގެ ކޯޗު ހަންސީ ފްލިކަކީ ވެސް ބަޔާން އާއި ޖަރުމަނުގެ ގައުމީ ޓީމުގައި ކިމިޗްގެ ކޯޗެކެވެ. މިހެންވެ ބަޔާން ދޫކޮށްލާނަމަ އޭނާ ދިއުން އެންމެ ގާތީ މިއިން ކުލަބަކަށް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

އިތުރަށް ކިޔާލަން

18 މެއި 2017

ކުޅުންތެރިންނަށް ކަނޑައެޅިފައި ވަނީ ހައްގު އަދަބު: އެފްއޭއެމް

18 މެއި 2017
ކުޅުންތެރިންނަށް ކަނޑައެޅިފައި ވަނީ ހައްގު އަދަބު: އެފްއޭއެމް
17 މެއި 2017

ސައުތްހެމްޓަނާ ދެކޮޅަށް ކުޅޭ މެޗުގައި ޕޮގްބާ ނުކުޅޭނެ: މޮރީނިއޯ

17 މެއި 2017
ސައުތްހެމްޓަނާ ދެކޮޅަށް ކުޅޭ މެޗުގައި ޕޮގްބާ ނުކުޅޭނެ: މޮރީނިއޯ
12 އެޕްރީލު 2017

މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ

12 އެޕްރީލު 2017
މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ
14 މާރިޗު 2017

ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން

14 މާރިޗު 2017
ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު