Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބައީއެމްއެލް އަށް ކުރާ ބަޤާވާތުގެ ތުޙުމަތު

ބީއެމްއެލް އިން ބަޣާވާތް ކުރި ކަމަށް ސަރުކާރުން ބުނިބުނުން ބަދަލެއް ނުކުރި

ޑިވެލޮޕްމެންޓް ބޭންކްގެ މަސައްކަތާއި މެދު ސައީދު ވަނީ ވާހަކަދައްކަވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2024 | އަންގާރަ 11:04
އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު

ބީއެމްއެލް އިން ބަޤާވާތް ކުރި ކަމަށް ސަރުކާރުން ބުނިބުނުން ބަދަލުކުރަން ސަރުކާރުން ދެކޮޅު ހަދައިފިއެވެ.

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ޓީވީން ވަނީ ބީއެމްއެލްއިން ބަޤާވާތްކުރި ކަމަށް ސަރުކާރުން ބުނަމުންދާތީ އެކަމުގެ ސަބަބުން ބީއެމްއެލް އާއި މެދު އާއްމުން ދެކޭ ގޮތަށް ނޭދެވޭ އަސަރުތަކެއް ކުރާނެތީ އަދިވެސް ބީއެމްއެލް އިން ކުރީ ބަޤާވާތެއް ކަމަށް ސަރުކާރުން ޤަބޫލުކުރަނީތޯ ސުވާލުކޮށްފައެވެ. އަދި ފޮރިން އިންވެސްޓްމެންޓްތައް ރާއްޖެ އަށް ގެނައުމަށް މަސައްކަތް ކުރާ އިރު އެކަމަކީ އެއީ ނުރަނގަޅު ކަމަކަށް ނުވާނެތޯ ވެސް ވަނީ ސުވާލުކޮށްފައެވެ. ހަމައެހެންމެ ރާއްޖޭގެ ފިޗް ރޭޓިން ދަށްކޮށްފައިވާތީ، ޚަރަދުކުޑަކުރުމާއި، ސިޔާސީ މަޤާމުތަކަށް މީހުން އައްޔަންކުރުމުގެ މަސައްކަތް ކުރުމާއި މެދު ރާއްޖެޓީވީގެ ނޫސްވެރިޔާ ވަނީ ސުވާލުކޮށްފައެވެ. އަދި ފޮރިން އިންވެސްޓްމެންޓް ޤާނޫނެއް ވުޖޫދަށް ގެނެސްގެން މަސައްކަތް ކުރަމުންދާ އިރު ސަރުކާރަށް ލިބިފައި ވަނީ ކޮންކަހަލަ ފެހި ސިގްނަލްތަކެއްތޯ ރާއްޖެޓީވީގެ ނޫސްވެރިޔާ ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ މި ސަރުކާރަކީ ކުލަ ކުލައިގެ ސިގުނަލް ދޭ ސަރުކާރެއް ނޫން ކަމަށެވެ. އަދިބީއެމްއެލް ވިޔަސް ކޮންމެ ބޭންކެއް ވިޔަސް އިސްކުރަންވާނީ ދިވެހި ރައްޔިތުން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް އެސްއެމްއީތައް ހިމާޔަތްކުރުމާއި ބޭރުގައި ތިބޭ ކިޔަވާކުދިން ހިމާޔަތްކުރުން މުހިންމު ކަމަށް ސައީދު ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ބީއެމްއެލް އާއި ސަރުކާރާއި މުއާމަލާތު ނުކުރާ ކަމަށާއި މުއާމަލާތުކުރަނީ އެމްއެމްއޭ އާއި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ވާހަކައިގެ ތެރެއަށް ވަދެވަޑައިގަންނަވަން ބޭނުންފުޅުނުވާ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. ސައީދު ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިނގި އިރުގައި ވެސް މާލީ އިދާރާތަކުގެ ބައިވެރިވުން އޮތް މިންވަރު ހަނދާންނައްތާލަންވީތޯ ސުވާލު އުފައްދަވާފައެވެ. މީގެ އިތުރުން ޑިވެލޮޕްމެންޓް ބޭންކްގެ މަސައްކަތާއި މެދު ސައީދު ވަނީ ވާހަކަދައްކަވާފައެވެ.

ރުފިޔާ ކާޑަށް ޑޮލަރު ނުލިބޭ ގޮތައް ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބަލާ މައްސަލަ ތަހުގީގު ކުރާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ބުނެފައެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުންގެ އިދާރާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާ އާ ޚިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، ހަމަ އެ ވަގުތު ސޯޝަލް މީޑިއާ ގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން މަގުމައްޗަށް މަގުތަކަށް ނުކުތުމަށް ހިތްވަރު ދީފައިވާ ކަމަށެވެ. މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ އާންމު ހަމަ ޖެހުން ނަގާލުމަށް ބައެއް ފަރާތްތަކުން ގޮވާލާފައިވާ ކަމަށެވެ. ހަމައެހެންމެ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާތީ މިކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީ ކޮށް ބަދަލު ކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ރުފިޔާ ކާޑަށް ޑޮލަރު ނުލިބޭ ގޮތައް ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބަލާ ހިންގާ ތަހުގީގާއި ގުޅިގެން ކުރާކަންކަން ފުލުހުން ވަނީ ފަހުން ހާމަކޮށްފައެވެ. އެހެންނަމަވެސް ބޮޓް އެކައުންޓް ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން މަގުމައްޗަށް މަގުތަކަށް ނުކުތުމަށް ހިތްވަރު ދީފައިވާ ކަމަށް ބުނެ އެއީ ޣައިރު ގާނޫނީ ގޮތުން ސަރުކާރު ބަދަލުކުރަން އުޅޭ މައްސަލައެއްކަމަށް ބުނެ ދެއްކި ވާހަކައާއި ގުޅިގެން މިހާތަށް ފުލުހުން މާބޮޑު ތަފްސީލެއް ހާމައެއް ނުކުރެއެވެ. އަދި ހަރުދަނާ ހެކި ގަރީނާއެއްވެސް ހުރިކަމަށް ފުލުހުން ބުނެފައި ނުވެއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު