Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގަލަޓަސަރާއި

ލޯނު އެއްބަސްވުމެއްގެ ދަށުން އޮސީމެން ގަލަޓަސަރާއި އަށް

އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ދާއިމީ ގޮތެއްގައި އޮސީމެން ހޯދޭނެ މާއްދާ އެއްބަސްވުމުގައި ނުހިމަނާނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2024 | އަންގާރަ 06:56
ވިކްޓާ އޮސީމެން

ވިކްޓާ އޮސީމެން

ނަޕޯލީ އަށް ކުޅެމުން އަންނަ ނައިޖީރިއާގެ ވިކްޓަ އޮސީމެން، ތުރުކީގެ ގަލަޓަސަރާއި އަށް ބަދަލުވާން ނިންމައިފި އެވެ.

ލީލް ދޫކޮށް އޮސީމެން ނަޕޯލީ އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ޗެލްސީން ކޮށްފައިވާއިރު، އެ މަސައްކަތް މިހާރު ވަނީ ނާކާމިޔާބުވެފަ އެވެ. އޮސީމެން އާއި ނަޕޯލީއާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާއިރު، ނަޕޯލީން ވަނީ އެ ޓީމުގެ އިޓާލިއަން ލީގުގެ ލިސްޓުން އޮސީމެން އުނިކޮށް، އޭނާ ކުޅެމުން އައި ނުވަ ނަންބަރު ޖާޒީ ވެސް އަތުލައިފަ އެވެ.

އޮސީމެން ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ގަލަޓަސަރާއި އަށް ބަދަލުވާން ނިންމައިފަ އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކުރާނީ އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގަ އެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ދާއިމީ ގޮތެއްގައި އޮސީމެން ހޯދޭނެ މާއްދާ އެއްބަސްވުމުގައި ނުހިމަނާނެ އެވެ. ލޯނު އެއްބަސްވުމެެއްގެ ދަށުން އޮސީމެން ހޯދުމަށް ގަލަޓަސަރާއި އިން ހުށަހަޅާފައިވާ ހުށަހެޅުމަށް ނަޕޯލީން ވެސް ވަނީ އެއްބަސްވެފަ އެވެ.

އޮސީމެން ވަނީ ނަޕޯލީ އަށް ކުޅެދިން 133 މެޗުގައި 75 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ އިޓާލިއަން ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

12 އޯގަސްޓު 2018

ސްޕެނިޝް ސުޕަރ ކަޕާއެކު މެސީގެ ކެޕްޓަން ކަމުގެ ދަށުން ބާސާއިން ފުރަތަމަ ތަށި އުުފުލާލައިފި

12 އޯގަސްޓު 2018
ސްޕެނިޝް ސުޕަރ ކަޕާއެކު މެސީގެ ކެޕްޓަން ކަމުގެ ދަށުން ބާސާއިން ފުރަތަމަ ތަށި އުުފުލާލައިފި
20 ނޮވެމްބަރު 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގު: އިންމަގެ އިރުޝާދުގެ ދަށުން މާޒިޔާއަށް ފުރަތަމަ މޮޅު

20 ނޮވެމްބަރު 2017
އުރީދޫ ދިވެހި ޕްރިމިއާ ލީގު: އިންމަގެ އިރުޝާދުގެ ދަށުން މާޒިޔާއަށް ފުރަތަމަ މޮޅު
10 ނޮވެމްބަރު 2017

ޒިދާންގެ އިރުޝާދުގެ ދަށުން ކުޅުމަކީ ދެކޭ ހުވަފެނެއް: ހަޒާޑް

10 ނޮވެމްބަރު 2017
ޒިދާންގެ އިރުޝާދުގެ ދަށުން ކުޅުމަކީ ދެކޭ ހުވަފެނެއް: ހަޒާޑް
29 އޯގަސްޓު 2017

ރެކޯޑް ފީއެއްގެ ދަށުން ނަބީ ކެއިޓާ ލިވަޕޫލްއަށް ސޮއިކޮށްފި

29 އޯގަސްޓު 2017
ރެކޯޑް ފީއެއްގެ ދަށުން ނަބީ ކެއިޓާ ލިވަޕޫލްއަށް ސޮއިކޮށްފި
22 ޖުލައި 2017

ލޯން އެއްބަސްވުމެއްގެ ދަށުން މާޝިއާލް ވޮލްފްސްބާގް އަށް ބަދަލުވަނީ

22 ޖުލައި 2017
ލޯން އެއްބަސްވުމެއްގެ ދަށުން މާޝިއާލް ވޮލްފްސްބާގް އަށް ބަދަލުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު