Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތެލްއަވީވްގައި މުޒާހަރާކުރުން

ބޮޑުވަޒީރު ނަތަންޔާހޫ އާ ދެކޮޅަށް އެތައް ސަތޭކަ ހާސް މީހުން އިޒްރޭލުގައި މުޒާހަރާ ކޮށްފި

ބޮޑުވަޒީރު ނަތްނަޔާހޫގެ ސަރުކާރަށް ނުރުހުން ފާޅުކުރި އެތައް ސަތޭކަ ހާސް މީހުން ގޮވަމުން ދިޔައީ އެމީހުން ސަލާމަތުން ގެނެވޭނެ މުއްދަތު ލިބި އެކަން އެގޮތަށް ސަރުކާރަށް ކޮށް ނުދެވުނު ކަމަށެވެ.

ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2024 | ހޯމަ 14:31
ތެލް އަވީވްގައި ކުރިއަަށްދާ މުޒާހަރާގައި މުޒާހަރާގެ ބައިވެރިން މަގުމަތީގައި ހުރި ޕެލަޓުތަކެއްގައި ހުޅުޖަހަނީ

ތެލް އަވީވްގައި ކުރިއަަށްދާ މުޒާހަރާގައި މުޒާހަރާގެ ބައިވެރިން މަގުމަތީގައި ހުރި ޕެލަޓުތަކެއްގައި ހުޅުޖަހަނީ

އާދިއްތަ ވިލޭރޭ ތެލް އަވީވްގެ މަގުތަކަށް އެތައް ހާސް މީހުން ނުކުމެ ބޮޑު ވަޒީރު ނަތަންޔާހޫ އާ ދެކޮޅަށް ވަނީ މުޒާހަރާ ކޮށްފިއެވެ.

މުޒާހަރާ ކުރި މީހުން ބޮޑުވަޒީރު ނަތަންޔާހޫ އަށް ގޮވަމުން ދިޔައީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ހަމާސް އާ އެކު އައިސް ހަމާސް އިން ހައްޔަރު ކޮށްފައި ތިބި އިޒްރޭލު މީހުން މިނިވަންކޮށްދިނުމަށެވެ.

އާދީއްތަ ދުވަހު ގެ މުޒާހަރާ ހޫނުވީ، ހަމާސް އިން ރަހީނު ކުރި އިޒްރޭލު މީހުންގެ ތެރެއިން 6 މީހުން މަރުވުމާ ގުޅިގެންނެވެ.

ބޮޑުވަޒީރު ނަތްނަޔާހޫގެ ސަރުކާރަށް ނުރުހުން ފާޅުކުރި އެތައް ސަތޭކަ ހާސް މީހުން ގޮވަމުން ދިޔައީ އެމީހުން ސަލާމަތުން ގެނެވޭނެ މުއްދަތު ލިބި އެކަން އެގޮތަށް ސަރުކާރަށް ކޮށް ނުދެވުނު ކަމަށެވެ.

އިޒްރޭލުގެ މީޑިއާތަކުން އަންދާޒާކުރާ ގޮތުގައި 500،000 އާ ގާތްކުރާ އަދަދެއްގެ މީހުން ޖެރޫސަލަމް، ތެލްއަވީވް އަދި އެހެނިހެން ސިޓީތަކުގައި މުޒާހަރާކުރިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ހަމާސްގެ ބަންދުގައި އަދިވެސް 101 ރަހީނުން އެބަ ތިއްބެވެ. އެހެން ނަމަވެސް ބާކީ ތިބި ރަހީނުންގެ ތެރެއިން އިޒްރޭލުގެ އޮފިޝަލުން ލަފާކުރާ ގޮތުގައި ތިންބައިކުޅަ އެއްބައި މީހުން ވަނީ މަރުވެފައެވެ.

ޖެރޫސަލަމް ގައި މުޒާހަރާ ކުރި މީހުން ވަނީ ބައެއް މަގުތައް ބަންދުކޮށްފައެވެ. ބައެއް މީހުން ނަތަންޔާހޫގެ ގެ ކޮޅުގެ ކުރިމަތީގައި މުޒާހަރާ ކުރިއެވެ. މަންޒަރުތައް ފެންނަ ގޮތުގައި މުޒާހަރާގެ ބައިވެރިން މަގުތައް ފެރެންދެން ނުކުމެފައިވާއިރު އެމީހުން ތިބީ އިޒްރޭލުގެ ދިދަ އާއި މަރުވި ރަހީނުންގެ ފޮޓޯ ހިފައިގެންނެވެ.

އާންމުވެފައިވާ މުޒާހަރާގެ ފުޓޭޖުތަކުން ދައްކާގޮތުގައި މަގުތައް ބަންދުކޮށްފައި ތިބި މުޒާހަރާކުރާ މީހުންނާ ދިމާލަށް ފުލުހުން ފެން ބަޑި ޖަހާފައިވެއެވެ. ލޯކަލް މީޑިއާތަކުން ބުނެފައިވަނީ 29 މީހުން ހައްޔަރު ކުރި ކަމަށެވެ.

މަސައްކަތްތެރިން ޔޫނިއަންތަކުން އިޒްރޭލުގައި އާންމު ހަޅުތާލަކަށް ވަނީ ގޮވާލާފައެވެ.

އިޒްރޭލު ސިފައިންނަށް މަރުވެފައިވާ ހޮސްޓެޖުންގެ ހަށިތައް ފެނިފައިވަނީ ޣައްޒާގެ ދެކުނުގައިވާ ރަފާ ސިޓީގެ ބިންގަރާހަކުންނެވެ.

އިޒްރޭލުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނެއް ބުނާގޮތުގައި ފޮރެންސިކް ތަޙުލީލުތަކުން ދައްކާގޮތުން "ހަމާސްގެ އެމީހުންގެ ގަޔަށް ބަޑިޖަހާ މަރާލާފައިވަނީ ހަށިތައް ފެނުމުގެ 48-72 ގަޑިއިރު ހާއިރު ކުރިންނެވެ.

11 މަސް ދުވަސްވީ ހަނގުރާމައަށް ނިމުމެއް ގެނެސް ބާކީ ތިބި ހޮސްޓެޖުން ދިރި ތިއްބާ ގެނައުމަށް އިޒްރޭލުގެ ބޮޑު ވަޒީރަށް ފިއްތުންތައް އިތުރުވެފައި ވާއިރު ނަތަންޔާހޫ ވިދާޅުވީ މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ހޯދާފައި ނުނީ އިޒްރޭލުން ހުއްޓާނުލާނެ ކަމަށާއި. "ހޮސްޓެޖުން މެރި މީހުންނަށް ޑީލެއް ބޭނުމެއް ނުވާނެ." ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމާސް އިން ބުނެފައިވަނީ މަރުވި މީހުންގެ ޒިންމާ އިޒްރޭލުގެ ސަރުކާރުން އުފުލަންޖެހޭނެ ކަމަށާއި، މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ބޮޑު ވަޒީރު ނަތަންޔާހޫ ހުރަސްއަޅުއްވަމުން ގެންދެވުމުގެ ނަތީޖާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު