Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބްރިޖް އެއް ލޭން މަދުވުން

ސިނަމާލެ ބްރިޖް ރިޕޯޓް: މަދުވަނީ ކޮންލޭނެއް؟ މުޅި ސަރުކާރު ނިކުމެ އެ ލޭނު މިލޭނު ކިޔައިދެނީ!

އެތައް ސަތޭކަ މިލިއަން ޑޮލަރުގެ އަގުހުރި ސިނަމާލެ ބްރިޖުން ލޭނެއް މަދުވި ވާހަކަ އަކީ ހަގީގަތުގައި އައު ވާހަކައެއް ނޫނެވެ. އެވާހަކަ ބްރިޖް ހުޅުވިތާ ކައިރީގައިވެސް ވަރަށް ބޮޑަށް ދެކެވުނެވެ. ފަހުން މަޖިލިސް ރައީސް އަބްދުއްރަހީމް އެ ވާހަކަ ދެއްކެވުމާއެކު އެ ކަމުގައި ވާނުވާ ސާފުކޮށްދެއްވަން ރައީސުލް ޖުމްހޫރިއްޔާ އާއި ސަރުކާރާ ކުންފުނިތަކުގެ ވެރިން ނުކުންނަވާ އެބަ މަސައްކަތް ކުރައްވައެވެ. އެހެން ނަމަވެސް އުފެދިގެން އުޅޭ ސުވާލަކަށް ރައްޔިތުންނަކަށް އަދި ޖަވާބެއް ނުލިބިއެވެ.

ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2024 | ހޯމަ 12:22
ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ އެއް ލޭނު މަދުވި މައްސަލާގައި ރައީސް މުއިއްޒުގެ ދެކޮޅު ނުޖެހޭ ވާހަކަތަކާ އެކު ރައްޔިތުން ވަނީ ކެކި އަރާފައި

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ އެއް ލޭނު މަދުވި މައްސަލާގައި ރައީސް މުއިއްޒުގެ ދެކޮޅު ނުޖެހޭ ވާހަކަތަކާ އެކު ރައްޔިތުން ވަނީ ކެކި އަރާފައި

ސިނަމާލެ ބްރިޖުން ލޭނެއް އުނިވި ވާހަކަ ފެންމަތިވެފައިވަނިކޮށް، ބްރިޖްގެ މަސައްކަތްތައް ހިނގާ ދިޔަ ގޮތާއި ބްރިޖްގެ ޑިޒައިން އާއި އަދި "މަދުވެގެން އުޅޭ ލޭން" އާ ބެހޭ ގޮތުން ހުކުރު ދުވަހުގެ ރޭ މީޑިއާގައި ރައީސް ޑރ. މުއިއްޒު ވަނީ ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކަވާފައެވެ.

އެ ވާހަކަފުޅު ދައްކެވިތާ މާ ގިނަ އިރުތަކެއް ނުވެ ހައުސިންގ މިނިސްޓަރ ކަމުގައި ހުންނަވާ ބްރިޖްގެ ލޭނުތަކާ ބެހޭ ގޮތުން ޑރ. މުއިއްޒު ދެއްކެވި ކުރީގެ ވާހަކަފުޅު އާންމު ވުމާއެކު ފަހުން މިދެއްކެވި ވާހަކަފުޅާ ކުރިން ދެއްކެވި ވާހަކަފުޅާ ދިމާ ނުވާ ކަން މީހުންނަށް އިސާހިތަކު ފާހަގަ ވެއްޖެއެވެ.

ސިނަމާލެ ބްރިޖްގެ ލޭނެއް މަދުވި ވާހަކަ ރައްޔިތުންނާ ހަމަ އަށް ތިލަކޮށްދެއްވީ ރައީސް ޑރ. މުއިއްޒު ނަމޫނާ އެއްގެ ގޮތުގައި ބައްލަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކަފުޅެއްގައެވެ.

ސަންގު ޓީވީގައި ހުސްވި ހަފްތާގެ ބުދަވިލޭރޭ އަބްދުއްރަހީމް ވިދާޅުވީ ބްރިޖް ހުޅުވެން ވަރަށް ގާތްވެފައިވަނިކޮށް ސިނަމާލެ ބްރިޖުގެ ލޭނެއް މަދުވެގެން ރައީސް ޔާމީން އޭރުގެ ހައުސިންގ މިނިސްޓަރ މުއިއްޒަށް އެތައް ބައެއްގެ ކުރިމަތީގައި "ކީރިތިފުޅު ކުރެއްވެންދެން ބަވައިލި" ކަމަށެވެ.

ޑރ. މުއިއްޒު ސަންގު ޓީވީ ގައި ވިދާޅުވީ، ރައީސް ޔާމީން ގެ ހައުސިންގ އެންޑް އިންފްރާސްޓްކްޗަރ މިނިސްޓަރގެ ހައިސިއްޔަތުން ބްރިޖް މަސައްކަތަކީ އެމަނިކުފާނަށް ހަވާލު ކުރެއްވި "އެންމެ ކީ" އެއް މަސައްކަތް ކަމަށެވެ.

ރަސްމީކޮށް މަޝްރޫއުގެ މަސައްކަތްތައް އެކި ފަރާތްތަކަށް ހަވާލު ކުރަން ފެށީ 2014 ގެ ސެޕްޓެމްބަރ ހިސާބުގައި ކަމަށާއި، ރައީސް އޮފީހުން ހައުސިންގ މިނިސްޓްރީ އަށް ރަސްމީކޮށް މަސައްކަތް ހަވާލު ކުރީ އެ އަހަރުގެ ނޮވެމްބަރު ހިސާބުގައި ކަމަށެވެ.

"އެހިސާބުން މަޝްރޫއުގެ ކަންތައްތަކާ އަޅުގަނޑު އުޅެން ފެށީ،"ޑރ. މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓްރީގައި ޕްރޮޖެކްޓްގެ މަސައްކަތްތައް ބަލަހައްޓަން ޚާއްސަ ޔުނިޓެއް ގާއިމް ކޮށް ކޮންމެ ހަފްތާއަކު އެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓާ ބައްދަލުކޮށް މަސައްކަތް ހިނގަމުންދާ ގޮތް ބެއްލެވި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭގެ އިތުރުން ޕްރޮޖެކްޓް ސައިޓަށް ވަޑައިގަންނަވާ ކަމަށާއި، އެންމެ މަދުވެގެން ދެހަފްތާ އިން އެއް ހަފްތާ ގައި މެނޭޖަރާ ބައްދަލު ކުރައްވާ މަޝްރޫއުގެ ކަންކަން ބައްލަވާ ކަމަށް ވިދާޅުވިއެވެ.

"ވަރަށް އިންޑެޕްތް ކޮށް ވަރަށް ތަފްސީލްކޮށް މަސައްކަތުގައި އުޅެވުނު،"ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

ސަންގު ޓީވީ ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނާ ބްރިޖްގެ މަސައްކަތް ހަވާލުވި ހިސާބުން ޕްރިލިމިނަރީ ޑިޒައިން، ޑިޒައިނުން، ޕްރީ ފީޒިބިލީ ސްޓޭޖާއި ފީޒިބިލިޓީ ސްޓޭޖާއި، ޑީޓެއިލްޑް ޑިޒައިން އާ މިހުރިހާ ކަމެއް ދިޔައީ އެމަނިކުފާނުގެ ބެލުމުގެ ދަށުން ކަމަށް ވިދާޅުވިއެވެ. 

މުއިއްޒު ވިދާޅުވީ އެމަނިކުފާނާ މަޝްރޫއު "ހަވާލުވި ހިސާބުން ފެށިގެން އޮތީ ކޮޅަކަށް ދެ ލޭނު، ދެން ސައިޑްގައި ޕެޑެސްޓްރިއަން ނޫނިއްޔާ ބައިސްކަލް ދުއްވާ ލޭނެއް ގޮތަށް ކަނޑައެޅި ބައި،" ކަމަށެވެ. އެ ނިމުނީއެވެ.

"މިދެންނެވި ދުވަހުގެ ކުރިއަށް، 2014 ގެ ސެޕްޓެމްބަރ، އޮކްޓޯބަރ ގެ ކުރިއަށް އެއްވެސް ކަމެއް ހިނގާފައި އޮތް ކަމެއް އަޅުގަނޑަކަށް ނޭގެ، ގައިމުވެސް ހައުސިންގ މިނިސްޓްރީ އާ ކޮމިއުނިކޭޓް ކޮށްފައި ހުރި އެއްވެސް ސިޓީއެއްގަ ނެތް އިތުރަށް ލޭނު ހުރި ވާހަކައެއް...އަދި އިތުރު ކުރެހުމެއްވެސް ނެތް،"ބްރިޖްގެ ހުރިހާ ކަމެއް ފެށުނީއްސުރެ ނިމެންދެން ބެއްލެވި ކަމަށް ކުރިން ވިދާޅުވި ޑރ މުއިއްޒު ފާހަގަ ކުރެއްވިއެވެ.

ހައުސިން މިނިސްޓްރީ އާ ހަވާލުވި ފަހުން އެއްވެސް ބަދަލެއް ނާންނަ ކަމަށް މުއިއްޒު ތަކުރާރުކޮށް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ، މަޝްރޫއު ނިމެން ގާތްވެ މަހަކާ ކައިރިވެފައި އޮއްވާ، ރައީސް ޔާމީން ހައްދަވާފައިވާ "ބްރިޖް ކޮމިޓީ" އަށް ގެންދަވާފައި "ސައިކަލް ދުއްވަން ވަކި ލޭނެއް – ފިޒިކަލީ ވަކިކޮށް" ވަކި ލޭނެއް އޮންނަން ޖެހޭނެ ކަމަށް ޔާމިން ވިދާޅުވި ކަމަށެވެ.

މުއިއްޒު ވިދާޅުވީ ވަކި ލޭނެއް އެގޮތަށް ކަނޑައެޅުންވީ ވަރަށް އުނދަގޫ ކަމަކަށެވެ.

މުއިއްޒު ވިދާޅުވީ، ކުއްލިއަކަށް ރައީސް ޔާމީން ސައިކަލް ލޭނުގެ ވާހަކަ ވިދާޅުވުމުން، ބައިސްކަލް ނުވަތަ ހިނގާފައި އުޅޭ މީހުންނަށް ހަދާފައިވާ ހަނި ލޭނު ސައިކަލް ދުއްވާ ލޭނަކަށް ބަދަލު ކުރެވޭތޯ ބެއްލެވި ކަމުގައެވެ. އެހެން ނަމަވެސް އެތަނުގައި އަޅާފައިވާ ސްލެބަކީ ބަރު ވެހިކަލް ދުއްވޭ ވަރުގެ ޑިޒައިން އަކަށް ނުވާތީ އެކަން އެގޮތައް ނުވީ ކަމުގައެވެ.

އޭގެ އިތުރުން އެ މަސްދުވަހުގެ ތެރޭގައި ޚުދު އެމަނިކުފާނު ޗައިނާ ސަރުކާރާ ވާހަކަ ދައްކަވައިގެންވެސް ސައިކަލަށް ވަކިން ލޭނެއް ގެ ކަންތައް ވާގޮތް ނުވީ ކަމުގައެވެ.

އޭރު އޮތީ ބްރިޖް ހުޅުވާ ތާރީޚް 30 އޮގަސްޓަށް ކަނޑައަޅާ ޗައިނާ ސަރުކާރުގެ ފަރާތުން ވަޑައިގަންނަވާ ބޭފުޅާ ކަނޑައަޅާ ހުރިހާ ކަމެއް ނިމިފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހުކުރު ދުވަހެއްގެ މެންދުރުފަހު ސަކީނާ މަންޒިލަށް އައުމަށް ރައީސް ޔާމިން އެންގެވި ކަމަށާއި، އެތަނުގައި ތިބި ސާޅީހަކަށް ބޭފުޅުންގެ ހާޒިރުގައި "ބްރިޖް ނުހުޅުވޭނޭ" ރައީސް ޔާމީން ވިދާޅުވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އޭގެ ސަބަބެއް ކަމަށް މުއިއްޒު ވިދާޅުވީ، "ސައިކަލަށް ވަކި ލޭނެއް ނެތޭ، ފިޒިކަލީ ބެރިއަރ ކޮށްފައި ވަކިން ލޭނެއް،" ސައިކަލް ދުއްވަން އޮންނަން ޔާމީން ބޭނުންފުޅުވާތީ ކަމަށެވެ.

ރައީސް ޔާމީން އެ ބައްދަލުވުމުގައި ވަކި ލޭނެއް ނެތީ ކީއްވެތޯ އައްސަވަމުން ގެންދެވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ކީކޭތޯ ދަންނަވާނި، އަޅުގަނޑު ދެންނެވިން އަޅުގަނޑާ މަސައްކަތް ހަވާލުވި ފަހުން ބަދަލެއް ނާދެއޭ، ގައިމުވެސް އޭގެ ކުރިން އޮތް ގޮތެއް ނޭނގެއޭ،"މުއިއްޒު ޖަވާބުގައި ދެންނެވި ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ ވާހަކަތައް ދެންނެވުމުން ވެސް މުއިއްޒު ދެއްކެވި އެއްވެސް ވާހަކަ އެއް ގަބޫލު ނުކުރައްވާ ބްރިޖް ނުހުޅުވޭނެ ކަމަށް ވިދާޅުވެ ވަޑައިގަތީ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، އޭރު ބްރިޖް ހުޅުވަން އޮތީ ހަފްތާއަކަށް ވެފައި ކަމަށާއި މީޓިން ނިންމާލެއްވުމަށް ފަހު ރައީސް ޔާމިން ގެއަށް ވަޑައިގަތުމުން ފޯނުން ގުޅުއްވާ ކަނޑައެޅިފައިވާ ގޮތައް ބްރިޖް ހުޅުވުމުގެ މުހިންމު ކަމުގެ ވާހަކަ ދެންނެވި ކަމަށާއި، އަދި "ރައީސް ވިދާޅުވި ހިސާބުން ސައިކަލަށް ބެރިއާޑް ވަކި ލޭނެއް ކަނޑައަޅަން މަސައްކަތް ކުރެއްވި ވާހަކަ ދެންނެވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިހެން މި ދިމާވީ "އޭގެ ކުރިން އެއްވެސް އިރަކު އެވާހަކަ ނުދައްކާ" ދިޔައިމަ ކަމަށެވެ.

ބްރިޖްގައި ހަތަރު ފުރޮޅުލީ އުޅަދު ދުއްވާ ދެ ލޭނާއި ސައިކަލު ދުއްވާ ދެ ލޭނާއި ބައިސްކަލު ދުއްވާ ލޭނަކާ ހިނގާފަ ދާ މީހުންނަށް ވަކި ލޭނެއް އޮންނާނެ ކަމަށް 9 ޖުލައި 2015 ގައި ބްރިޖް އެޅުމުގެ އަމަލީ މަސައްކަތް ފެށުމުގެ އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމަށް ފަހު މީޑިއާގެ ކުރިމަތީގައި ޚުދު ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ސެޕްޓެމްބަރު 7 ވަނަ ދުވަހު އޮތް ބްރިޖްގެ ޑިޒައިން އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓަރ މުއިއްޒުގެ ހާޒިރުގައި އޭރުގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދެއްކެވި ވާހަކަފުޅު ގައި ވެސްސައިކަލް ދުއްވާނެ ވަކި ލޭނެއްބްރިޖްގައި އޮންނާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން 2015 ސެޕްޓެމްބަރ 8 ވަނަ ދުވަހުގެ ރޭ އޭރުގެ ހައުސިންގ މިނިސްޓަރުގެ ނައިބު ކަމުގައި ހުންނަވާ ޓީވީ މޯލްޑްވިސް އަށް ބްރިޖް އާ ބެހޭ ގޮތުން ދެއްވި ބަސްދީ ގަތުމުގައި ބްރިޖްގައިބައިސަކްލް ލޭނެއް ހިމެނޭނެ ކަމަށާއި ބޭނުން ވެއްޖެ ހާލަތެއްގައި ސައިކަލު ވެސް ދުއްވޭ ގޮތައްއެ ލޭނަށް ބަދަލު ގެނެވޭނެ ކަމަށް ވިދާޅުވުމުން ހުރިހާ ލެވެލް އެއްގައިވެސް ސައިކަލް ލޭނުގެ ވާހަކަ ދެކެވިފައި އޮތްކަން އެނގެއެވެ.

އެހެން ކަމުން ސައިކަލް ދުއްވާ ލޭނެއްގެ ވާހަކަ އޭގެ ކުރިން ނުދެކެވޭ ކަމަށް މުއިއްޒު ވިދާޅުވެ ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެކެވެ. ޖުލައި 2015 ން ފެށިގެން ހިނގައިދިޔަހާ ދުވަހެއްގައި ސައިކަލު ލޭނާ ބައިސްކަލު ލޭނުގެ ވާހަކަ އޮތީ ފާޅުކަން ބޮޑުގޮތެއްގައި ދެކެވިފައެވެ. އަދި ސައިކަލު ލޭނުގެ ވާހަކަ ފުރަތަމަ މީޑީއާގައި ދެއްކެވީވެސް ޚުދު ޑރ. މުއިއްޒެވެ.

ޑރ. މުއިއްޒު ސަންގު ޓީވީ އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އެމަނިކުފާނާ މަޝްރޫއު ހަވާލުވި އިރު އޮތީ"ކޮޅަކަށް ދެ ލޭނު، ދެން އޮތީ، ސައިޑްގައި ޕެޑެސްޓްރިއަން ނޫނިއްޔާ ބައިސްކަލް ދުއްވާ ބައެއްގެ ގޮތުގައި ކަނޑައެޅި ބައި"ކަމަށެވެ. މަސައްކަތް ފެށުމުގެ އެމްއޯޔޫގައި 9 ޖުލައި 2015 ގައި ސޮއި ކުރެއްވި އިރު ލޭނުތައް ކިޔައިދެއްވީ ތަފާތު ކޮށްނެވެ. މައިގަނޑު މައްސަލަ އަކީ މިއީ އެވެ. އެ ދުވަހު ވިދާޅުވީ،

ސާފުކޮށް ފެންނަން އޮތް ހަގީގަތަކީ ބައިސްކަލް ދުއްވަން ވަކި ލޭނެއް އޮންނާނެ ކަމަށް ޑރ މުއިއްޒު އާއި އޭރުގެ ހައުސިންގ މިނިސްޓަރގެ ނައިބު ޑރ. މުއްތަލިބް ވިދާޅު އިރު އެ ލޭނެއް ބްރިޖުން ފެންނާކަށް ނެތެވެ. ބްރިޖްގެ ޑިޒައިންނަށް އެއްވެސް ބަދަލެއް ނާންނަ ކަމުގެ ޔަގީންކަން ބަސްދީގަތުމުގައި މުއިއްޒު ތަކުރާރު ކޮށް ވަނީ ދެއްވާފައެވެ.

އެހެން ނަމަވެސް ފާހަގަވާ އެހެން ކަމެއް އެބައޮތެވެ. އެއީ ކުރިން ލޭނުތައް ކިޔައިދެއްވި ގޮތާއި މި ފަހުން ވިދާޅުވި ގޮތާ ހުރި ތަފާތެކެވެ.

ކުރިން ވިދާޅުވީ،"ބައިސްކަލު ދުއްވާނެ ލޭނަކާ، ހިނގާފަ ބްރިޖް ހުރަސްކުރާ ފަރާތްތަކަށް ލޭނެއްވެސް" އޮންނާނެ ކަމަށެވެ. ފަހުން މި ވިދާޅުވަނީ "ސައިޑްގައި ޕެޑެސްޓްރިއަންނޫނިއްޔާބައިސްކަލް ދުއްވާ ބައެއްގެ ގޮތުގައި އޮތް ބައި ކަމަށެވެ. ކުރިން ވަކި ދެ ލޭނުގެ ގޮތުގައި އޮތް ހިނގާފައި އުޅޭ މީހުންގެ ލޭނާއި، ބައިސްކް ދުއްވާ މީހުންގެ ލޭނު އަދަދު ހަމަ ޖައްސާލަވަން އެއްކޮށްލެއްވީ ތޯއެވެ؟ ޔޫތް އެންޑް އިކޮނޮމިކް ކައުންސިލް (އީވައިސީ) ނޫނީ ބްރިޖް ކޮމިޓީން ވިޔަސް ބަދަލެއް ގެނައި ކަމަށް މުއިއްޒު ވިދާޅެއް ނުވެއެވެ.

މި މައްސަލަ ފެންމަތި ވުމުން، ސަރުކާރުގެ ދިފާއުގައި ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، އެމްޑީންނާއި ސަރުކާރަށް ތާއީދު ކުރާހާ މީހަކު ނުކުމެ އެކި ގޮތައް ގްރެފިކްސް ހަދައިގެން ސޯޝަލް މީޑއާ ގައި ބްރިޖްގެ ލޭނު ތަކުގެ އަދަދުގެ އެއްވެސް މައްސަލަ އެއް ނެތް ކަމަށް ދައްކަން ލައްކަ މަސައްކަތް އެބަކުރެއެވެ. މައްސަލައަކީ މިހާރު ބްރިޖްގެ ލޭނު ހުރި އަދަދު ގުނަން ނޭގުމެއް ނޫނެވެ.

މައްސަލައަކީ ވިދާޅުވި ލޭނުތައް އެ ވިދާޅުވި ގޮތައް އެތާ ނެތުމެވެ. މީގެ ޖަވާބުގައި ސަރުކާރުގެ އެކްޓިވިސްޓުން ބުނަނީ މިހާރު އޮތީ ބައިސްކަލް ލޭނާ ހިނގާމީހުންގެ ލޭނު އެއް ކޮށްލާފައި ކަމުގައެވެ. އެއްކޮލީ ކާކު ބުނެގެން ކޮން އިރަކު ހެއްޔެވެ؟ ނުވަތަ ދެ ލޭނު އެއްކޮއްލީމާ ހަށިގަނޑު ރަނގަޅު މީހަކު ބްރިޖްގައި ހިނގާފައި ދަނިކޮށް އޭނާގެ ކުރިއަށް ބައިސްކަލަކަށް އެރޭނެހާ މިންވަރެއްގެ ޖާގަ ކޮޅެއްވެސް އެތާ ނެތީ ކީއްވެހެއްޔެވެ؟

ރައީސް ޔާމީން ޑރ. މުއިއްޒު ދެކެ ކޯފާވީ، ބްރިޖްގައި ލޭނެއް މަދުވެގެން ކަމަށް ވާއިރު، ހަމަ ކުއްލިއަކަށް ބްރިޖް ހުޅުވަން މަހެއްހާ ދުވަހަށް ވެފައި ވަނިކޮށް ކުރިން ނެތް ލޭނެއް ބްރިޖަށް އިތުރުކުރައްވަން އުޅުއްވާ އެވަރަށް ޔާމީން ކޯފާވާނެތޯ އެއީ އުފެދޭ ސުވާލެކެވެ. މިކަމުގައި ރައީސް ޔާމީން އަދި އެއްޗެއް ވިދާޅެއް ނުވެއެވެ.

ރައީސް މުއިއްޒު ފަހުން ދެއްވި އިންޓަވިއުގައި ވިދާޅުވީ، ބްރިޖް ހުޅުވަން މަހަކަށް ވުމުގެ ކުރިން ނޫނީ ދުވަހަކަވެސް ސައިކަލު ލޭނެއްގެ ވާހަކަ ރައީސް ޔާމީން ދައްކަވާފައި ނެތް ކަމަށެވެ. މިހެން މުއިއްޒު ވިދާޅުވިއިރު، ޚުދު މުއިއްޒުވެސް ސައިކަލް ލޭނެއްގެ ވާހަކަ އޮތީ އަމަލީ މަސައްކަތް ނުފެށެނީސް ދައްކަވާފައެވެ. އެހެން ވީމާ މިކަމުގައި މުއިއްޒު ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އިތުރުފުޅު ހައްދަވާފައެވެ.

މަޝްރޫގެ އަމަލީ މަސައްކަތް ފެށުމަށް އެމްއޯޔޫގައި ސޮއިކުރި ދުވަހު ބްރިޖްގައި ބައިސްކަލް ދުއްވާށާއި ހިނގާފައި އުޅޭ މީހުންނަށް ވަކި ދެ ލޭނު އޮންނާނެ ކަމަށް ވިދާޅުވިއިރު، ބްރިޖް ހުޅުވި އިރު މުއިއްޒު އެ ވިދާޅުވި ގޮތައް އެތަނުގައި ބައިސްކަލް ލޭނެއް ނެތެވެ. ފެންނަނީ ކުރިން ނެތް ކަމަށް ވިދާޅުވި ސައިކަލް ދުއްވާ ލޭނެކެވެ. ބްރިޖްގެ ދެކޮޅަށް ކޮޅަކަށް އެއް ބައިސްކަލް ލޭނު ހިމެނުނު ނަމަ މިހާރު މި ފެންނަ 6 ލޭނުގެ ބަދަލުގައި ބްރިޖުން 8 ލޭނު ފެންނާނެކަން ޔަގީނެވެ.

ކިތަންމެ ވަރަކަށް ކުރެހުން ތަކާއި މަންޒަރުތައް ދެއްކިޔަސް އެތާ ނެތް އެއްޗެއް އޮތް އެއްޗަކަށް ނުވާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތަހުޤީޤް ރިޕޯޓް އާންމުކުރުމަކީ ގޯހެއް!

ތަހުޤީޤް ރިޕޯޓް އާންމުކުރުމަކީ ގޯހެއް!

08 ސެޕްޓެމްބަރު 2019
ބްރިޖަށް 1 އަހަރު: ދިވެހިން އަދިވެސް ބުނަނީ ބްރިޖް އޯކޭ ކަމަށް، ވައްކަން އޯކޭ ނޫން ކަމަށް!

ބްރިޖަށް 1 އަހަރު: ދިވެހިން އަދިވެސް ބުނަނީ ބްރިޖް އޯކޭ ކަމަށް، ވައްކަން އޯކޭ ނޫން ކަމަށް!

30 އޯގަސްޓު 2019
ޖިންސީ ގޯނާ ރިޕޯޓް ކުރުމުން ރޯކޮށްލީ!

ޖިންސީ ގޯނާ ރިޕޯޓް ކުރުމުން ރޯކޮށްލީ!

20 އެޕްރީލު 2019
މަދުވަނީ އެންމެ މެމްބަރެއް، 66 ހަމަވުމުން އެމްޑީޕީއަށް ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ

މަދުވަނީ އެންމެ މެމްބަރެއް، 66 ހަމަވުމުން އެމްޑީޕީއަށް ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ

14 އެޕްރީލު 2019
ބްރިޖްގެ ކައިވެނި މިސަރުކާރުން އޮޅުވާލީތަ!

ބްރިޖްގެ ކައިވެނި މިސަރުކާރުން އޮޅުވާލީތަ!

01 ސެޕްޓެމްބަރު 2018

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު