Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަތުހަރުގެ ހާލު ސީރިއަސްވުން

ކަސްޓޯޑިއަލްގައި ހުއްޓައި ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ އަތުހަރުގެ މައްސަލަ ކޮމިޝަންތަކުން ތަހުގީގު ކުރަނީ

މިމައްސަލަ އެންއައިސީ އާއި އެޗްއާރްސީއެމްއިން ދަނީ ބަލަމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2024 | ހޯމަ 09:42
މާލޭގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނު ކުރި މައްސަލައިގައި އަނިޔާވި އާދަމް އަތުހަރު

މާލޭގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނު ކުރި މައްސަލައިގައި އަނިޔާވި އާދަމް އަތުހަރު

ފުލުހުންގެ ކަސްޓޯޑިއަލްގައި ހުއްޓައި ހާލު ސިރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ އާދަމް އަތުހަރުގެ މައްސަލަ މިނިވަން ކޮމިޝަންތަކުން ތަހުގީގު ކުރަން ފަށައިފިއެވެ.

މާލޭގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނު ކުރި މައްސަލައިގައި، އުމުރުން 32 އަހަރުގެ އަތުހަރު ހައްޔަރު ކޮށްފައި ވަނީ ހާދިސާ ހިނގި ސަރަހައްދުން 2024 އޯގަސްޓު 29 ވީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ރަހީނު ކުރި އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން ކުރި މަސައްކަތުން އަތުހަރަށް ވަރަށް ބޮޑަށް އަނިޔާވެ، 30 އޯގަސްޓް 2024 ވީ ހުކުރު ދުވަހު އައިޖީއެމްއެޗުގައި ފަރުވާ ދީފައިވެ އެވެ. އަތުހަރަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު، ހުކުރު ދުވަހުގެ ހެނދުނު ވަނީ ކަސްޓޯޑިއަލް ޖަލަށް ގެންގޮސްފަ އެވެ. ނަމަވެސް، އެ ދުވަހުގެ ހަވީރު ހާލު ސީރިއަސް ވުމާއެކު، އައިޖީއެމްއެޗުގައި އަނެއްކާ ވެސް އޭނާ އެޑްމިޓު ކުރި އެވެ. އަދި ހޮނިހިރު ދުވަހުގެ ހެނދުނު އޭނާ ސްޓޭބަލް ވުމާ އެކީ، ފުލުހުންގެ ބެލުމުގެ ދަށަށް އަނެއްކާ ވެސް ގެންދިޔަ އެވެ.

އާދިއްތަ ދުވަހު ފުލުހުން ބުނީ އޭނާ އަމިއްލަ އަށް މަރުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، ހާލު ސިރިއަސް ވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ.

އަތުހަރަށް ފުލުހުން އިހުމާލުވެފައިވާ ކަމަށް އާއިލާއިން ބުނެފައިވާއިރު، މިމައްސަލައާ ގުޅިގެން ހޯމަ ދުވަހު ފުލުހުން ބުނީ މިކަން ހިނގާދިޔަ ގޮތް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ގެންދަނީ ބަލަމުންދާ ކަމަށެވެ.

ކޮމިޝަންތަކުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އިތުރަށް ހާމަކުރަންޖެހޭ މައުލޫމާތު ކޮމިޝަންތަކުން ހާމަ ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން މިމައްސަލައިގެ ތަހުގީގާ ގުޅޭ މައުލޫމާތާއި އެހެނިހެން މައުލޫމާތު އެންއައިސީ އާއި އެޗްއާރްސީއެމްއިން އޮޅުން ފިލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

ރާއްޖެއެމްވީއަށް އަތުހަރުގެ އާއިލާއިން ބުނީ އޭނާގެ ހާލަތާއި ގުޅޭގޮތުން އާއިލާއަށް ވެސް ފުލުހުން މައުލޫމާތު ދިނުމަށް ދެކޮޅު ހަދަމުންދާ ކަމަށެވެ. މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، އަތުހަރުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެ، އޭނާގެ ބޮލުގައި ރެދުލާފައިވާ ކަމަށް އާއިލާއިން ބުނެއެވެ.

ޑޮކްޓަރާއި ހަވާލާދީ އާއިލާއިން ބުނީ އަތުހަރުގެ ސިކުނޑި މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށާއި، ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

މީގެ އިތުރުން އާއިލާއިން ބުނީ އަމިއްލައަށް މަރުވާ އުޅުނު ކަމަށް ފުލުހުން ބުނާއިރު، އެކަމުގެ އެއްވެސް ހެއްކެތް ދެއްކިފައިނުވާ ކަމަށެވެ. އަދި އަމިއްލައަށް މަރުވުމަށް މަސައްކަތް ކޮށްފައިވަނީ އަތުހަރު ލައިގެން ހުރި ސޯޓުގައިއިން ރަބަރުގަނޑު ކަރުގައި އައްސައިގެން ކަމަށް ފުލުހުން ބުނާ ކަމަށާއި، އެއީ ގަބޫލުކުރަން ދަތި ވާހަކައެއް ކަމަށް އާއިލާއިން ބުނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދޮރުން ދޮރަށް ކެމްޕޭނުން ރައްޔިތުންގެ ހާލު ދެނެގަނެވޭ، މުޅި ރާއްޖޭގައި ހަރަކާތް ހިންގާނަން: ހަސަން ހަތީފް

ދޮރުން ދޮރަށް ކެމްޕޭނުން ރައްޔިތުންގެ ހާލު ދެނެގަނެވޭ، މުޅި ރާއްޖޭގައި ހަރަކާތް ހިންގާނަން: ހަސަން ހަތީފް

23 ފެބުރުއަރީ 2017
އިބްތިހާލު މަރުވީ ނޭވާ ނުލެވޭވަރަށް ކަރުގައި ހިފާ، ހަށިގަނޑުގެ ތެރެއަށް ލޭ އެޅިގެން: ޑޮކްޓަރ

އިބްތިހާލު މަރުވީ ނޭވާ ނުލެވޭވަރަށް ކަރުގައި ހިފާ، ހަށިގަނޑުގެ ތެރެއަށް ލޭ އެޅިގެން: ޑޮކްޓަރ

19 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު