Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެދުއިރުމަތީގެ ހަމަނުޖެހުން

އެމެރިކާ އޮތީ އީރާނުގެ ހަމަލާ އަކުން އިޒްރޭލު ދިފާއު ކުރުމުގެ އަޒުމްގައި: އޮފިޝަލް

އީރާނުން ބޭނުން ވެއްޖެނަމަ ހަމަލާއެއް ދިނުމަށް އެ ގައުމު އޮތީ ތައްޔާރަށްކަން އެމެރިކާ އިން ގަބޫލުކުރޭ

ރާއްޖެ އެމްވީ | 27 އޯގަސްޓު 2024 | އަންގާރަ 20:10
އީރާންގެ އަންޑަރގްރައުންޑް ޑްރޯން ބޭސް

އީރާންގެ އަންޑަރގްރައުންޑް ޑްރޯން ބޭސް

އީރާނުން ހަމަލާއެއް ދީފިނަމަ އިޒްރޭލް ދިފާއުކުރުމަށް އެމެރިކާ އޮތީ ތައްޔާރަށް އެ އަޒުމުގައި ކަމަށް ވައިޓް ހައުސްގެ ނެޝަނަލް ސެކިއުރިޓީ ތަރުޖަމާނު ޖޯން ކާރބީ އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

ކާރބީ އިސްރާއީލްގެ ޗެނަލް 12 ގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، އީރާނުން ހަމަލާ ދީފާނެ ވަގުތެއް ލަފާކުރަން އުނދަގޫ ނަމަވެސް، އީރާނުން ހަމަލާ އާ ބެހޭ ގޮތުން ދައްކާ ވާހަކަ ވައިޓް ހައުސް އިން ސީރިއަސް ކޮށް ނަގާ ކަމަށެވެ.

"އީރާނުން ބޭނުން ވެއްޖެނަމަ ހަމަލާއެއް ދިނުމަށް އެ ގައުމު އޮތީ ތައްޔާރަށްކަން ގަބޫލުކުރަން، އެހެންވެ އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރުތައް އިތުރަށް ވަރުގަދަ ކޮށްފައި އެ ވަނީ،" އޭނާ ވިދާޅުވިއެވެ.

އީރާނަށް އެމެރިކާ އިން ދޭ މެސެޖަށް ބަދަލެއް ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އޭނާ ވިދާޅުވީ އެމެރިކާ އިން ދޭ ފުރަތަމަ މެސެޖަކީ އިޒްރޭލަށް ހަމަލާ ނުދިނުން ކަމަށެވެ. އޭނާ ވިދާޅުވީ ހާލަތު އިތުރަށް ގޯސްކޮށް މުޅި ސަރަހައްދުގައި ހަނގުރާމައެއް ފެށުމުގެ އެއްވެސް ސަބަބެއް ނެތް ކަމުގައެވެ. އަދި ދެވަނަ ކަމަކަށް އޭނާ ވިދާޅުވީ އީރާނުން ހަމަލާއެއް ދީފިނަމަ އިޒްރޭލް ދިފާއު ކުރުމުގައި އެމެރިކާ ދެމި އޮންނާނެ ކަމެވެ.

ޖުލައި މަހުގެ ފަހުކޮޅު ތެހެރާންގައި ހުންނަވަނިކޮށް ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލުމާ ގުޅިގެން ހަރުކަށި ރައްދެއް އިޒްރޭލަށް ދޭނެކަމަށް އީރާނުން ވަނީ ބުނެފައެވެ. އީރާނުން ބުނެފައިވަނީ ހަނިއްޔާ އަވަހާރަ ކޮށްލީ އިޒްރޭލުން ކަމަށެވެ. އިޒްރޭލުން ހަނިއްޔާ އަވަހާރަ ކޮށްލުމުގެ ޒިންމާ އުފުލާފައެއް ނުވެއެވެ. އެހެންނަމަވެސް އެ ތުހުމަތު ދޮގު ކޮށްފައެއްވެސް ނުވެއެވެ. އިޒްރޭލުން މި ހަމަލާ އާ ބެހޭ ގޮތުން ރަސްމީ ސިފައެއްގައި އެއްޗެއް ނުބުނި ނަމަވެސް އެމެރިކާގެ އޮފިޝަލުން ބުނެފައިވަނީ ހަނިއްޔާ އަވަހާރަ ކޮށްލުމުގެ ފަހަތުގައި އިސްރާއީލްގެ އަސްކަރިއްޔާ އޮތް ކަމަށެވެ.

އެމެރިކާ އިން އިޒްރޭލް ދިފާއު ކުރުމަށް މަތިންދާބޯޓު އުފުލާ ދެ މަނަވަރާއި، އިތުރު އެފް-22 ހަނގުރާމަމަތީ ޖެޓް ސްކޮޑްރަނެއް މެދު އިރުމައްޗަށް ވަނީ ގެނެސްފައެވެ. އޭގެ އިތުރުން އެތައް ހާސް އެމެރިކާގެ ސިފައިން މިހާރުވެސް އެ ސަރަހައްދުގައި ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކާރބީ ވިދާޅުވީ "އިޒްރޭލް ދިފާއުކުރުމަށާއި، އެމެރިކާގެ ސިފައިންނާއި ވަސީލަތްތައް ދިފާއުކުރުމަށް އެ ބާރުތައް ދަމަހައްޓަން ޖެހޭކަމަށް ފެންނަހާ މުއްދަތަކަށް" އެ ސަރަހައްދުގައި ބާރުތައް ދެމި އޮންނާނެ ކަމަށެވެ.

އީރާންއިޒްރޭލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު