Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫމަޑި މައްސަލަ

"ނޫމަޑި މައްސަލައިގައި ދައުލަތުގެ ހެކިން ދައުލަތާ ދެކޮޅަށް ހެކިބަސް ދިނީމައި ދެން އަޅުގަނޑުމެން ހައިކޯޓުގައި ކީކޭތޯ ކިޔާނީ؟"

މުއިއްޒުގެ މައްޗަށް އުފުލީ ދޮގު ބަޔާނެއް ދިނުމުގެ ކުށުގެ ދައުވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 އޯގަސްޓު 2024 | އަންގާރަ 09:39
ޕީޖީ ހުސައިން ޝަމީމް

ޕީޖީ ހުސައިން ޝަމީމް

ނޫމަޑި މައްސަލައިގައި ދައުލަތުގެ ހެކިން ހެކިބަސް ދީފައިވަނީ ދައުލަތާ ދެކޮޅަށްކަމަށާއި، މައްސަލަ އިސްތިއުނާފު ނުކުރެއްވީ ހައިކޯޓުގައި ދައްކާނެ އިތުރު ވާހަކައެއް ނެތުމުންކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ޝަމީމް ވިދާޅުވީ، އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ދިޔައިރު ދައުލަތުގެ ހެކިވެރިން ހަނދާން ނެތް ކަމަށް ބުނުމާއި، ސާފުކޮށް ފެންނަން އޮންނަ ކަންކަމުގައިވެސް ނޭނގޭކަމަށް ބުނިކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އޭރު ޑރ މުއިއްޒުގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 520 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ ދަށުން އުފުލީ ދޮގު ބަޔާނެއް ދިނުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާ ދައުލަތުން ކުރި ދައުވާގައި ބުނެފައިވަނީ ޑރ މުޙައްމަދު މުޢިއްޒު، 25 ޖޫން 2019 ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިންގ ޔުނިޓް މަޝްރޫޢާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކުރާގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާތީކަމަށެވެ.  

މި ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވެއެވެ. އަދި އެ ނިންމެވުން އިސްތިއުނާފު ނުކުރުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.

 އިސްތިއުނާފު ނުކުރުމަށް ނިންމި ނިންމުން ބިނާވާ ސަބަބުތަކާ ގުޅޭގޮތުން ޕީޖީ އޮފީހުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މުޢިއްޒު އާރބިޓްރޭޝަނަށް ދިން ބަޔާނަށް އޭނާ އިންކާރުކުރާއިރު، އެ ބަޔާން ތަޙުލީކުކުރެވި، ޑޮކިއުމަންޓް އެގްޒެމިނޭޝަނެއް ހެދިފައިނުވާ ކަމަށެވެ.  

ޕީޖީ އޮފީހުން މައުލޫމާތު ދިން ގޮތުގައި އެ ޑޮކިއުމަންޓް ތަޙުލީލުކުރެވިފައިނުވަނީ އެ ޑޮކިއުމަންޓްގެ އަސްލު ތަޙުޤީޤަށް ލިބިފައިނުވާތީއެވެ. ޑޮކިއުމަންޓް އެގްޒެމިނޭޝަން ހެދެނީ އަސްލު ލިޔުންތަކުގެއެވެ.

އޭގެ އިތުރުން، މުޙައްމަދު މުޢިއްޒު އެ ބަޔާނަށް އިންކާރުކުރާ ޙާލަތުގައި، އެ ބަޔާނުގެ ޞައްހަކަން ސާބިތުކުރުމަށް އިތުރު ހެކި ބޭނުންވާކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ކަނޑައެޅުއްވި ކަނޑައެޅުއްވުމުގައި ގޯހެއް އޮތްކަމަށް ނުފެންނަކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ. ވަކިން ޚާއްސަކޮށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ޝަރީޢަތުގެ މަރުޙަލާގައި ރަނގަޅަށް ލިބިފައި ނުވުމާއި،  ސާބިތުނުވާކަމަށް ނިންމެވި ޤާނޫނީ އަދި ވާޤިއީ ސަބަބުތަކަށް ބަލާއިރު، ކޮށްފައިވާ ދަޢުވާ އިސްތިއުނާފުކޮށްގެން ވަކި ތަފާތު ނަތީޖާއެއް ނެރެވިދާނެ ފުރުޞަތެއް އޮތްކަމަށް ނުފެނުމަކީވެސް އިސްތިއުނާފު ނުކުރި ސަބަބެއްކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްނޫމަޑި މައްސަލަ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

02 ނޮވެމްބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025
ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

19 އޮކްޓޯބަރު 2025
ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި

ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި

29 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު