Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ އާއި ސައުދީ

އެމެރިކާ އާއި ސައުދީ އިން ތާރީޚީ އެއްބަސްވުންތަކަކާ ދިމާލަށް

މި އެއްބަސްވުންތަކުގެ ތެރޭގައި އަސްކަރީ، ސްޓްރެޓެޖިކް އަދި އިގްތިސާދީ ގުޅުން ވަރުގަދަ ކުރުމާއި، އިޒްރޭލާ ސައުދީގެ ގުޅުން އުފެއްދުން ހިމެނެއެވެ.

ރާއްޖެ އެމްވީ | 26 އޯގަސްޓު 2024 | ހޯމަ 16:07
ސަޢޫދީ ޢަރަބިއްޔާގައި ހުންނަ އެމެރިކާގެ ސަފީރު މައިކަލް ރެޓްނީ އަދި ސައުދީގެ ޑެޕިއުޓީ މިނިސްޓަރ ފޮރ ޕްރޮޓޮކޯލް އެފެއާޒް

ސަޢޫދީ ޢަރަބިއްޔާގައި ހުންނަ އެމެރިކާގެ ސަފީރު މައިކަލް ރެޓްނީ އަދި ސައުދީގެ ޑެޕިއުޓީ މިނިސްޓަރ ފޮރ ޕްރޮޓޮކޯލް އެފެއާޒް

ސަޢޫދީ ޢަރަބިއްޔާ އާއި އެމެރިކާ އިން ގުޅިގެން ތާރީޚީ އެތައް އެއްބަސްވުމެއްގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ސައުދީ އަރަބިއްޔާ އަށް އެމެރިކާ އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ.

މި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ އާއި ސަޢޫދީ ޢަރަބިއްޔާގެ ސްޓްރެޓީޖިކް ގުޅުން އަދި އަސްކަރީ ގުޅުންތައް ހަރުދަނާކުރުމާއި، އިޤްތިޞާދީ ގުޅުން ވަރުގަދަކުރުމާއި، ސަޢޫދީ ޢަރަބިއްޔާ އާއި އިޒްރޭލުގެ ގުޅުން ގާއިމް ކުރުމާއި، އަދި މިކަންކަމުގެ ތެރޭން މިނިވަން ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމަށް އިތުބާރު ހުރި މަގެއް ތަނަވަސް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރެޓްނީ މި އެއްބަސްވުންތައް ނިންމުމަށް ވަކި ތާރީޚެއް ވިދާޅެއް ނުވެއެވެ. ނަމަވެސް އޭނާ ވިދާޅުވީ ވޮޝިންގްޓަން އަދި ރިޔާޟަށް "މާދަމާވެސް މިކަން ކުރެވޭ ނަމަ ރަނގަޅު" ކަމަށެވެ.

އޭނާ ވިދާޅުވީ ވީހާވެސް އަވަހަކަށް އެއްބަސްވުންތައް ނިންމުމަށް ދެފަރާތުންވެސް މަސައްކަތް ކުރަމުން އަންނަ ކަމުގައެވެ.

ވައިޓް ހައުސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޭކް ސަލިވަން މެއި މަހު ސަޢޫދީ ޢަރަބިއްޔާގެ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާނާ އެކު ބައްދަލުވުންތަކެއް ވަނީ ބާއްވަވާފައެވެ. މި ބައްދަލުވުންތަކުގައި ވޮޝިންގްޓަން އާއި ރިޔާޟާ ދެމެދު "ގާތްގަނޑަކަށް ނިމިފައިވާ" އެއްބަސްވުމެއްގެ ޑްރާފްޓަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ސަޢޫދީ ޕްރެސް އޭޖެންސީން އޭރު ބުނެފައިވެއެވެ.

އެމެރިކާސައޫދީ އަރަބިއްޔާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު