Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު

ޑޮލަރުގެ ލިމިޓު އުވާލައްވާނެ ކަމަށް ވިދާޅުވި ވައުދު ޖައްވަށް!

އަޑަށް ބާރު ލައްވާފައި ވިދާޅުވީ އަމާޒަކީ އެ ލިމިޓު ނައްތާލުން ކަމަށާއި، އެ ލިމިޓު ނައްތާލުމާ ހަމައަށް ވަޑައިގަންނަވާނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 އޯގަސްޓު 2024 | އާދީއްތަ 08:30
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، ޑޮލަރުގެ ލިމިޓު އުވާލުމަކީ ރިޔާސީ ވައުދެއް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، ޑޮލަރުގެ ލިމިޓު އުވާލުމަކީ ރިޔާސީ ވައުދެއް

އެއީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 25 ވަނަ ދުވަހެވެ. އޭރު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި، އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ގެންދެވީ ރިޔާސީ ކެމްޕެއިން ކުރައްވަމުންނެވެ. ވެރިކަން ހޯއްދެވުމުގެ ބޭނުމުގައި މުޢިއްޒު ގިނަ ވައުދުތަކެއް ވަމުން ގެންދިޔައިރު، އެއީ ރައްޔިތުންގެ ލޮލުގައި އަޅުވާލާ އަނދުނެއްކަން ދެނަހުރީ މަދު މީހެކެވެ. އޭގެ ފަހުން ސެޕްޓެމްބަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ވެރިކަަމަށް ވަޑައިގެންނެވީ މުޢިއްޒު އެވެ.

ރައީސް މުޢިއްޒުގެ ވެރިކަަމަށް އަހަރެއްވާން ކައިރިވެފައިވާއިރު، ވެވަޑައިގެންނެވި ގިނަ ވައުދުތައް ދަނީ ފަނު ފުލުންނެވެ. ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި މުހިންމު ކަންކަން އޮތީ ފުރިހަމަ ނުވެ އެވެ. ސަރުކާރަށް ނުވަ މަސް ދުވަސް ވެގެން ދިޔައިރު، ރައްޔިތުން އިންތިހާ އަށް މާޔޫސްވެއްޖެ އެވެ. އެ މާޔޫސްކަން މަތީ ރައްޔިތުން ތިއްބާ، އާދިއްތަ ދުވަހު ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމާއެކު، ރައްޔިތުންގެ އުދާސްތައް ބަންޑުންކޮށްލީ ތިޔަހެނަކުން ނޫނެވެ.

އޭރު ރައީސް މުޢިއްޒު ވިދާޅުވީ ބޭރުގައި ކިޔަވަން ތިބޭ ކުދިން އަދި ޚާއްސަކޮށް ބޭރުގައި އުޅޭ ދިވެހިންނަށް އޮންނަ ކާޑު ލިމިޓު ރަނގަޅު ނޫން ވާހަކަ އެވެ. އަޑަށް ބާރު ލައްވާފައި ވިދާޅުވީ އަމާޒަކީ އެ ލިމިޓު ނައްތާލުން ކަމަށާއި، އެ ލިމިޓު ނައްތާލުމާ ހަމައަށް ވަޑައިގަންނަވާނެ ކަމަށެވެ. އެ ހިސާބަަށް ދެވޭނީ "ސްޓެޕް ބައި ސްޓެޕް" ކަމަށް ވިދާޅުވެ، ދެން ވިދާޅުވީ އެކަން ކުރެވޭނީ މިހާރު ހުރި ކަންކަން ޚަރުދަނާ ކޮށްގެން ކަމަށެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އޭރު އޮތް ލިމިޓު ބޮޑު ކުރައްވައި، ދެން ދަމުން ދަމުން ގޮސް އުވާލައްވާނެ ކަމަށް ވިދާޅުވި އެވެ.

އާދިއްތަ ދުވަހު ބޭންކުން ވަނީ ކާޑުން ކުރެވޭ ޑޮލަރު މުއާމާލާތްތައް ސަސްޕެންޑު ކޮށްފަ އެވެ. އެ ގެނެވުނު ބަދަލުތަކަށް މި ވަގުތުން ފެށިގެން އަމަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ބޭންކުން މައުލޫމާތު ދޭ ގޮތުގައި މި ބަދަލު ގެނެސްފައި ވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދިޔަ ނަމަވެސް، ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ އެވެ.

ކާޑު ލިމިޓުތަކަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި، މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތައް، ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ، ރާއްޖެ އިން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ އެވެ. އާދީއްތަ ދުވަހުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް، ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ، ރާއްޖެ އިން ބޭރުގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ އެވެ. އަދި މިހާރު ދޫކޮށްފައިވާ ސްޓޭންޑާޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް، މަހެއްގެ މައްޗަށް ކުރެވޭ ރާއްޖެ އިން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކޮށްފައިވެ އެވެ.

ކަން މިހެން އޮތް ނަމަވެސް، ސަރުކާރުގެ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސައީދު މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގައި ޑޮލަރުގެ ޙާލަތު ހަމައަކަށް އަޅުވާނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ އެއީ ކަމަށް ވެސް ސައީދު ވިދާޅުވެފައިވާއިރު، އެ އަމާޒު ޙާސިލު ނުތި ތަނުގައި، ސަރުކާރުގެ ޑޮަލަރުގެ ވައުދު ގޮސް މި އެރީ ފަރަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދާލަތު ޕާޓީގެ ވައުދު: އިސްލާމީ އިޤްތިސޯދެއް ބިނާކޮށް އިސްލާމީ ފައިނޭސްގެ ނިޒާމެއް ޤާއިމް ކުރާނަން

އަދާލަތު ޕާޓީގެ ވައުދު: އިސްލާމީ އިޤްތިސޯދެއް ބިނާކޮށް އިސްލާމީ ފައިނޭސްގެ ނިޒާމެއް ޤާއިމް ކުރާނަން

29 ޖުލައި 2018
އެމްޑީޕީގެ ޖަޒީރާ ދިރިއުޅުމުގެ ވައުދުން ތަރައްގީ އާއި ހިތްހަމަޖެހުން

އެމްޑީޕީގެ ޖަޒީރާ ދިރިއުޅުމުގެ ވައުދުން ތަރައްގީ އާއި ހިތްހަމަޖެހުން

05 ޖުލައި 2018
ނިއުކްލިއާ ރިއެކްޓަރެއްގެ މަސައްކަތް ދަނީ ހިނގަމުން! ކޮބައިބާ ލީޑަރު ކިމް ވެވަޑައިގަތް ވައުދުފުޅު؟

ނިއުކްލިއާ ރިއެކްޓަރެއްގެ މަސައްކަތް ދަނީ ހިނގަމުން! ކޮބައިބާ ލީޑަރު ކިމް ވެވަޑައިގަތް ވައުދުފުޅު؟

28 ޖޫން 2018
އިބޫ އާއި ޝިފާޒު ވިދާޅުވި ވައްކަމުގެ ބިނާ ދެކިބަލަ!

އިބޫ އާއި ޝިފާޒު ވިދާޅުވި ވައްކަމުގެ ބިނާ ދެކިބަލަ!

31 މާރިޗު 2018
ހުތް ކިބައެއްހެން ގާސިމް ފެލާލުން- ރައީސް ޔާމީންގެ ބޮޑު ވައުދު؟

ހުތް ކިބައެއްހެން ގާސިމް ފެލާލުން- ރައީސް ޔާމީންގެ ބޮޑު ވައުދު؟

22 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު