Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އުތުރުު ކޮރެއާ -އެމެރިކާ

ނިއުކްލިއާ ރިއެކްޓަރެއްގެ މަސައްކަތް ދަނީ ހިނގަމުން! ކޮބައިބާ ލީޑަރު ކިމް ވެވަޑައިގަތް ވައުދުފުޅު؟

ޖޫން 12 ވަނަ ދުވަހު އުތުރު ކޮރެއާގެ ލީޑަރު ވަނީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލާނެ ކަމަށް ވައުދުވެވަޑައިގެންފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 28 ޖޫން 2018 | ބުރާސްފަތި 13:28
ޔޮންގްބިއޮން ނިއުކްލިއާ ރިސާޗް ފެސިލިޓީ ގައި އޮޕަރޭޝަންސް ހިނގާކަން ދައްކައިދޭ ސެޓަލައިޓް ފޮޓޯ

ޔޮންގްބިއޮން ނިއުކްލިއާ ރިސާޗް ފެސިލިޓީ ގައި އޮޕަރޭޝަންސް ހިނގާކަން ދައްކައިދޭ ސެޓަލައިޓް ފޮޓޯ

އެމެރިކާ އާއި އުތުރު ކޮރެއާ އަކީ ހަތުރުންނެވެ. އެހެނަސް ޖޫން 12 ގައި ދެގައުމުގެ ވެރިން ބޭއްވި ބައްދަލުވުމަށް ފަހު މިތުރުންނަށް ދެގައުމު ވާން އުޅޭ ކަހަލައެވެ. އެމެރިކާ އިން އުތުރު ކޮރެއާއާ މެދު ހިތްހަމަނުޖެހޭ މައިގަނޑު ސަބަބަކީ އުތުރު ކޮރެއާ އިން އެގައުމުގެ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހިންގާތީ އާއި މިސައިލްތައް ޓެސްޓްތައް ކުރަމުންދާތީއެވެ.

ކޮންމެއަކަސް ވަރަށް ބޮޑަށް ޑިޕްލޮމަސީ ކުރިއަށް ނެރެ، ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހު، އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިންގެ ބައްދަލުވުން ހަގީގަތަކަށް ވެއްޖެއެވެ. ސިންގަޕޫރުގައި ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބައްދަލުވުން ބޭއްވިއެވެ. ސުލްހަވެރި ދުނިޔެއަކާ ދިމާލަށް އިންސާނުން އަޅާ ބިޔަ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެވިފައިވާ މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ސިންގަޕޫރުގެ ކަޕެލާ ހޮޓެލްގައެވެ. ޖޫން 12 ވީ އަންގާރަ ދުވަހު، ސިންގަޕޫރު ގަޑިން ހެނދުނު 9 ޖެހިއިރު ރައީސް ޓްރަމްޕް އާއި ކިމް ޖޮން އުން ވަނީ ކަޕެލާ ހޮޓެލްގައި ބައްދަލުކުރައްވައި، ސަލާން ކުރައްވައިފައެވެ. އަދި ދެގައުމުގެ ވެރިން ވަނީ މަޝްވަރާތައް ބާއްވަވާފައެވެ.

ދެ ގައުމުގެ ވެރިންގެ ބައްދަލުވުމުން ހާސިލުވީ ކޮންކަމެއްތޯއެވެ؟ އެންމެ ބޮޑު ކަމަކަށް ފާހަގަވެގެން ދިޔަ ކަމަކީ އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިން ހާއްސަ ޖޮއިންޓް އެއްބަސްވުމެއްގައި ސޮއި ކުރެއްވުމެވެ. އެ އެއްބަސްވުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ދެ ގައުމުގެ ވެރިން ސޮއިކުރެއްވި އެއްބަސްވަމަކީ ވަރަށް "ރަނގަޅު އެއްބަސްވުމެއް ކަމަށެވެ." ދެގައުމުގެ ވެރިން ސޮއިކުރެއްވި މި އެއްބަސްވުމުގައި، ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަތިޔާރުން ސަލާމަތް ކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ވައުދުވެވަޑައިގެންފައި ވެއެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އުތުރު ކޮރެއާގެ ސަލާމަތާއި ރައްކާތެރިކަން އެމެރިކާ އިން ކަށަވަރު ކޮށްދޭނެއެވެ. އަދި އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރުގެ ހުރިހާ މަސައްކަތެއް ހުއްޓާލައި، މިހާރު ތައްޔާރުކޮށްފައި ހުރި ތަކެތި ނައްތާލުމަށް ވެސް އެއްބަސްވެފައިވެއެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ރައީސް ޓްރަމްޕް ދެއްވި ޕްރެސް ކޮންފަރެންސް އެއްގައި އެމަނިކުފާނު ވިދާޅުވީ ދެކުނު ކޮރެއާއާ ގުޅިގެން އެމެރިކާ އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތައް އެމެރިކާ އިން ހުއްޓާލާނެ ކަމަށާއި ދެކުނު ކޮރެއާ އާއި އެމެރިކާގެ އަސްކަރީ ތަމްރީންތަކަކީ ރުޅިއެރުވުމެއް ކަމަށެވެ. ރައީސް ޓްރަމްޕް ވިދާޅުވީ އުތުުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިވަގުތަށް ދެމި އޮންނާނެ ކަމަށެވެ. ދެ ކޮރެއާ އުފެދުނު ފަހުން ދެކުނު ކޮރެއާ ހިމާޔަތުގައި އެމެރިކާ އިން ގިނަ އަދަދެއްގެ ސިފައިން އެ ދެ ގައުމުގެ ސަރަހައްދީ ރޮނގުގައި ބައިތިއްބާއިރު، އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ކޮންމެ އަހަރަކު ވެސް އަސްކަރީ ތަމްރީންތައް ބާއްވައެވެ. އުތުރު ކޮރެއާ އިން އަބަދުވެސް ބުނަމުން ދަނީ އެމެރިކާ އާއި ދެކުނު ކޮރެއާގެ އަސްކަރީ ތަމްރީންތަކަކީ އުތުރު ކޮރެއާ އަށް ހުރި ބިރެއް ކަމަށެވެ.

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓްކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ. ކަންމިހެންހުރި އިރު، ޖޫން 12 ވަނަ ދުވަހު އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިން ބޭއްވި ބައްދަލުވުމަށް ފަހު، އެމެރިކާ އާއި އުތުރު ކޮރެއާގެ ބަސްމަގާއި އަމަލުތައް ފެނިގެން ދަނީ ސުލްހައާއި ދިމާލަށް މިސްރާބު ޖަހާ ތަނެވެ. އެއްގައުމުން އަނެއް ގައުމަށް "ހޫނު" ބަސްތައް ރައްދުކުރާ ތަނެއް ނުފެނެއެވެ. އަމަލުތައްވެސް ފެނިގެން ދަނީ މަޑުމައިތިރި ގޮތަކަށެވެ. އެހެންނަމަވެސް، ޖޫން 28 ވީ ބުރާސްފަތި ދުވަހު މީޑިއާގައި ރިޕޯޓު ކުރަމުންދާ ވާހަކައަކީ ސިއްސައިގެން ދާ ފަދަ ވާހަކައެކެވެ. މިހާތަނަށް ދެގައުމުންނާއި އަދި ދެކުނު ކޮރެއާ އާއި އަދިވެސް އެހެނިހެން ގައުމުތަކުން ޑިޕްލޮމަސީ ކުރިއަށް ނެރެ ކުރި މަސައްކަތް "ދިޔައީ ފެނަށް" ކަމަށް ބެލެވޭނެ ޖާގަވެސް އެބައޮތެވެ.

ޖޫން 28 ވީ ބުރާސްފަތި ދުވަހު އިވިގެން ދިޔަ ވާހަކައަކީ އުތުރު ކޮރެއާގެ ނިއުކްލިއާ ފެސިލިޓީ އެއްގައި މަސައްކަތްތަކެއް ކުރެވެމުންދާ ވާހަކައެވެ. މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނަމުން ދަނީ އުތުރު ކޮރެއާގެ ލީޑަރު ޖޫން 12 ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެކު ބޭއްވުނު ބައްދަލުވުމުގައި، އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލާނެ ކަމަށް ވައުދުވެވަޑައިގެންފައިވާއިރު، މިއީ އެއްވެސް ގޮތަކަށް ހިނގައިގެން ވާނެކަމެއް ނޫން ކަމަށެވެ. އުތުރު ކޮރެއާގެ ނިއުކްލިއާ ފެސިލިޓީ އެއްގައި މަސައްކަތްތަކެއް ކުރެވެމުންދާ ކަން ހާމަކޮށްފައި ވަނީ "38 ނޯތް" ނަމަކަށް ކިޔާ ބައެކެވެ. "38 ނޯތް" އަކީ އުތުރު ކޮރެއާގެ ކަންކަން ދިރާސާ ކުރުމުގައި ހަރަކާތްތެރިވާ އައުޓްލެޓެކެވެ. އެގޮތުން "38 ނޯތް"ގެ ތިން ރިސާޗަރުން ފަހުގެ ރިޕޯޓެއްގައި ބުނެފައި ވަނީ އުތުރު ކޮރެއާގެ "ޔޮންގްބިއޮން ނިއުކްލިއާ ރިސާޗް ފެސިލިޓީ" ގައި މަސައްކަތްތަކެއް ވަރަށް "ހަލުވި ދުވެއްޔެއްގައި ކުރެވެމުންދާ ކަމަށް" ސެޓެލައިޓް ފޮޓޯތަކުން ފެންނަ ކަމަށެވެ. ޖޫން 21 ގައި ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން ފެންނަ ފެނުންތަކާއި އަދި އުތުރު ކޮރެއާގެ ރިޕޯޓާ ބެހޭގޮތުން "38 ނޯތް" ގެ މެނޭޖިން އެޑިޓަރު ޖެނީޓައުން ޓްވިޓާ ގައި ވިދާޅުވީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމުގެ މައްސަލާގައި ބޭނުން ވަނީ ހަރުދަނާ އަދި ބުރަދަން ހުރި ޑީލެއް ކަމަށާއި "ކުރަން ބޭނުންވާ ކަންކަން ބަޔާންކޮށްފައިވާ ބަޔާނެއް ނޫން ކަމަށެވެ."

މިހާހިސާބުން ދެން އުފެދޭނެ ސުވާލަކީ ދެން ކަންކަން ބަދަލުވެގެން ދާނީ ކިހިނަކުންތޯއެވެ؟ އަނެއްކާވެސް ކަންކަން ހަލަބޮލިވެގެން ގޮސް ދެކޮރެއާ މަސްރަހު ހަލަބޮލިވެ އަދި އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން އިހުނަށްވުރެވެސް ގޯސްނުވާނެތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރެފިކްގަ ނުޖެހެންވެގެން އޮފީހަށް ދަނީ ފަތާފައި

ޓްރެފިކްގަ ނުޖެހެންވެގެން އޮފީހަށް ދަނީ ފަތާފައި

29 ޖުލައި 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

24 ޖުލައި 2017
މަޑުލަކުން މަޑުލަކުން ލުހިގެންދަނީ، ފަޅުވެރިން ހިކިފަސް ހޯދުމުގައި!

މަޑުލަކުން މަޑުލަކުން ލުހިގެންދަނީ، ފަޅުވެރިން ހިކިފަސް ހޯދުމުގައި!

06 ޖުލައި 2017
މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

18 ޖޫން 2017
ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު