Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބޯހިޔާވަހިކަމުގެ ސިޔާސަތު

ރައީސް ޔާމީންގެ ފެއިލްވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ގަސްދުގައި އިހުމާލު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2018 | އަންގާރަ 17:14
މާލޭގައި އަޅާފައިވާ ފްލެޓްތަކުގެ ތެރެއިން ފްލެޓެއް

މާލޭގައި އަޅާފައިވާ ފްލެޓްތަކުގެ ތެރެއިން ފްލެޓެއް

ރިޔާސީ ދައުރު ހަމަވާން 10 ވަރަަށް މަހަށް ވެފައިވާއިރު ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ އެތައް ވައުދެއް ވަނީ ނުފުއްދިއެވެ. ބެޔަސް ނުބެޔަސް، ކޮންމެ އަލަތު ކައިވެންޏަކާ އެކު ފްލެޓެއް، އަދި ދިވެހިންނަށް ރިސޯޓް ހިއްސާ ދޭން ވެވަޑައިގެންނެވި ވައުދުތައް ނުފުއްދުނު ތާނގައި އެ ވާހަކަ ދެއްކުން ވެސް ސަރުކާރުން ވަނީ ހުއްޓާލާފައެވެ. ދެން ކުރެވުނު ކަމަށް ދައުވާކުރާ މަދު ކަންތައްތަކަކީ ވެސް ރައީސް ޔާމީނުގެ މަސައްކަތްޕުޅެއް ނޫނެވެ. ބައެއް މިސާލުތަކަށް ބަލާލަމާތޯއެވެ.

މި ސަރުކާރު އެންމެ ބޮޑަށް ފެއިލްވެފައި ވަނީ، ފަސް އަހަރުގެ ތެރޭގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައެވެ. މިއީ ސީދާ ގަސްދުގައިވާ އިހުމާލެއް ކަމަށް ބެލުމުގެ ޖާގަ ވެސް އެބައޮތެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް އެމަނިކުފާނު ފައްޓަވައި ދެއްވިއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި މަސައްކަތް ނިމުނު، ގާކޮށި، އަދި އަރަބިއްޔާ ކޮށީގެ ފްލެޓްތަކަކީ ރައީސް ނަޝީދުގެ ވެރިކަމުގެ މަސައްކަތެވެ. ޗައިނާ އިން ރާއްޖެއަށް ގެނައި އެންމެ ފުރަތަމަ ބިޔަ ޕްރޮޖެކްޓް ވެސް ގެނެސްދެއްވީ ވެސް ރައީސް ނަޝީދެވެ. އެއީ އެކި ފޭސްތަކަށް ބަހާލައިގެން ގެނައި އެތައް ހާސް ހައުސިންގ ޔުނިޓްތަކެކެވެ. އެންމެ ފަހުން ހުޅުމާލޭގައި ވެސް އެ ނިމުނީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، 2013 ވަނަ އަހަރު ސޮއިކުރެވުނު ފްލެޓްތަކެކެވެ.

މި ދައުރުގައި ހައުސިންގ އަށް އެއްވެސް ލޯނެއް ނުނަގާއިރު، ރައީސް ޔާމީން ސޮއިކުރެއްވި އެއްވެސް ހައުސިންގ ޕްރޮޖެކްޓެއް ނުނިމެއެވެ. އަމިއްލަ ފަރާތްތަކަށް ދީގެން އަޅާ ފްލެޓްތައް ރައްޔިތު މީހާގެ އަތްނުފޯރާ ފަށުގައި ހުރިއިރު، އެއިން އެއްވެސް ތަނެއް ނުނިމެއެވެ. ރައީސް ޔާމީން 2014 ވަނަ އަހަރު ބިންގާ އަޅުއްވައި ދެއްވި ފްލެޓް ބަރި އަދިވެސް ނުނިމެއެވެ. ޒުވާނުންގެ ނަމުގައި ހެދި ސިޓީ އިން ގޯތި ވިއްކީ ޒުވާނުންނަކަށް ނޫނެވެ. ބޮޑެތި މަހުޖަނުންނަށެވެ. ގޯތި ވިއްކީ، ޒުވާނުންނަށް އަދި މިދައުރުގައި އަލަތު ކައިވެނި ކުރި އެއްވެސް ދެމަފިރިއަކަށް އަތްފޯރާނެ އަގަކަށެއް ވެސް ނޫނެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ނުލިބުނަސް ރައީސް ޔާމީން ވަނީ ގޯތި ލާޖައްސަވައި، ބޮޑު ގޯއްޗެއް ހޯއްދަވައިގެން ބުރިބުރީގެ އިމާރާތެއް ހަދަން ފައްޓަވާފައެވެ. އެހެންކަމުން ރައީސް ޔާމީނު ވެސް ޚިޔާރުކުރައްވާފާދައި އެ ވަނީ، ގެ ކުއްޔަށް ދޫކުރައްވައިގެން، އަތޮޅުތަކުގެ ރައްޔިތުން އުމުރަށް ބޮޑު ކުލީގައި އަޅުވެތި ކުރުވާ ވިޔަފާރިއެވެ. އެހެންކަމުން ސަރުކާރުން ގިނަ ފްލެޓްތަކެއް އަޅައި، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ރައީސް ޔާމީން އެދިވަޑައިގަންނަވާނެ ކަމެއް ކަމަށް ގަބޫލުކުރާނެ ތަނެއް ނެތެވެ.

ރައީސް ނަޝީދުގެ ސަރުކާރުން އެޅި ފްލެޓްތަކަކީ އަމިއްލައަށް އެޅި ފްލެޓްތަކެއް ކަމަށް މި ސަރުކާރުން ދެކޭއިރު، އިންސާފުވެރިކަމާ އެކު ފްލެޓްތައް ބަހާ ވެސް ނުލެވުނެވެ. މިހުރިހާ ކަމަކުން އެނގިގެދަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ރައީސް ޔާމީން ފެއިލްވެފައިވާ މިންވަރެވެ. ރައްޔިތުންނަށް ހެޔޮ އެދިގެން ބޯހިޔާވަހިކަން ފޯރުކޮށްދިނީ، ހަމަ ރައްޔިތުންގެ "ފްލެޓް ދޮންބެ" ކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު