Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފްލެޓާއި ގޯތި މުޒާހަރާ

ފްލެޓާއި ގޯތި ނުދީ މި ސަރުކާރުން ލަސްކުރާތީ އާއްމުން ކުރަމުންދާ މުޒާހަރާގައި ބައެއް މަޖިލިސް މެމްބަރުންގެ އިސްތިއުފާއަށް ގޮވާލައިފި

23 އޯގަސްޓު 2024 | ހުކުރު 21:50

މިއީ ރައްޔިތުންނަށް އަނިޔާވެރި، ގައުމިއްޔަތެއް ނެތް ސަރުކާރެއް ކަމަށް އާއްމުން ވަނީ ބުނެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 އޯގަސްޓު 2024 | ހުކުރު 21:50
ނިމިދިޔަ ސަރުކާރުން ދިން ފްލެޓާއި ގޯތި ނުދީ މި ސަރުކާރުން ލަސްކުރާތީ އާއްމުން ކުރަމުންދާ މުޒާހަރާ

ނިމިދިޔަ ސަރުކާރުން ދިން ފްލެޓާއި ގޯތި ނުދީ މި ސަރުކާރުން ލަސްކުރާތީ އާއްމުން ކުރަމުންދާ މުޒާހަރާ

ނިމިދިޔަ ސަރުކާރުން ދިން ފްލެޓާއި ގޯތި ނުދީ މި ސަރުކާރުން ލަސްކުރާތީ އާއްމުން ކުރަމުންދާ މުޒާހަރާގައި ބައެއް މަޖިލިސް މެމްބަރުންގެ އިސްތިއުފާއަށް ގޮވާލައިފިއެވެ.

އެގޮތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާންގެ އިސްތިއުފާ އަށް އާއްމުން ވަނީ ގޮވާލާފައެވެ. ސަބަބަކީ އޭނާ މަޖިލީހުގެ ތަޅުމުގައި ދައްކާ ވާހަކަ އާއި މަޖިލީހުގެ ކޮމިޓީގައި ދައްކާ މަންޒަރު ދިމާ ނުވުން ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން އައިފާން ވަނީ މާލޭ ރައްޔިތުންނަށް ވެސް ގޯތި ލިބެން ޖެހޭ ކަމަަށާއި އެއީ ބަޔަކު ނުރުހުން ވިޔަސް ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މަޖިލީހުގެ ޕެޓިޝަން ކޮމިޓީ އަށް މި މައްސަލައިގައި އާއްމުން ހުށަހެޅި ޕެޓިޝަން ބޭރުކޮށްލީ އެ ކޮމިޓީގެ ނައިބު މުގައްރިރުކަން ވެސް ކުރައްވާ އައިފާން އިސްވެ ހުންނަވައިގެން ކަމަށް އާއްމުން ވަނީ ބުނެފައެވެ. އެހެންކަމުން މާލޭގެ ރައްޔިތުންގެ މަސްލަހަތު އައިފާން އިސް ނުކުރައްވާ ކަމަށް ބުނެ އާއްމުން ވަނީ އޭނާ އަށް ފާޑު ކިޔާފައެވެ.

މީގެ އިތުރުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ފްލެޓް ލިބުނު މީހުންނަކީ ވަގުންކަމަށް ގޮވާފައިވާ ކަމަށް ފާހަގަކޮށް އާއްމުން ވަނީ އޭނާގެ އިސްތިއުފާ އަށް ގޮވާލާފައެވެ. މެމްބަރުންގެ ތެރެއިން ބައެއް މީހުން މާލޭގެ ރައްޔިތުންނަށް ގޯތި ލިބެން ނުޖެހޭނެ ކަމަށް ވަކާލާތު ކުރާތީ އެކަމަަަށް އާއްމުން ވަނީ ފާޑުކިޔާފައެވެ. މިއީ ރައްޔިތުންނަށް އަނިޔާވެރި، ގައުމިއްޔަތެއް ނެތް ސަރުކާރެއް ކަމަށް އާއްމުން ވަނީ ބުނެފައެވެ. ރައްޔިތުން ވަނީ ވޯޓުގެ ނާޖާއިޒު ފައިދާ ނުނެގުމަށާއި، ރައީސް މުޢިއްޒު ކެމްޕެއިން ތެރޭގައި ދެއްކެވި ވާހަކަތަކަށް އިޚްތިރާމް ކުރެއްވުމަށް މި ސަރުކާރަށް ގޮވާލާފައެވެ.

ފްލެޓާއި ގޯތި ދިނުން ލަސްވާތީ އާއްމުން ދަނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ ރާޅުގަނޑު ސަރަހައްދުގައި މުޒާހަރާކުރަމުންނެވެ. ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުން ދިން ގޯއްޗާއި ފްލެޓް ހަވާލުކުރުން ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތަކުގައި ބައިވެރިން ވަނީ އެކި ކަހަލަ ލިޔުންތައް ލިޔެފައިވާ ޕޯސްޓަރުތަކުގައި ޝުއޫރު ފާޅުކޮށްފައެވެ. އެގޮތުން ގިރާވަރު ފަޅާއި ގުޅީ ފަޅު ހިއްކުމަށް ގޮވާލާފައިވާއިރު، ހައްޤުވެރިންނަށް ފްލެޓްތައް އަވަހަށް ހަވާލު ކުރުމަށް ވެސް ވަނީ ގޮވާލާފައިވެއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް