Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްކޭމްގެ މައްސަލަތައް

"ތަންފީޒުކުރަން ތިބިއްޔާ ޖިނައީ އިޖުރާއަތުގެ ޤާނޫނަށް ގެންނަ ބަދަލާއި އެކު ސްކޭމް މައްސަލަތައް ހައްލުވާނެ ކަމަށް ބެލެވޭ"

މުޅި ނިޒާމް ބަދަލުކޮށް ސްކޭމްގެ މައްސަލަތައް އެއްކޮށް އެ ޤާނޫނުން ނުހުއްޓުވޭނެ ކަމަށް އެ ބިލަށް ބަހުސްކުރައްވަމުން މެމްބަރުން ފާހަގަކުރެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 23 އޯގަސްޓު 2024 | ހުކުރު 15:04
ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

ތަންފީޒުކުރަން ތިބިއްޔާ ޖިނައީ އިޖުރާއަތުގެ ޤާނޫނަށް ގެންނަ ބަދަލާއި އެކު ސްކޭމް މައްސަލަތައް ހައްލުވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމަށް އޭނާ ހުށަހެޅުއްވުމުން އެކަމަށް ވަރަށް ގިނަ މެމްބަރުން ތާއީދުކުރެއްވި ކަމަށެވެ. 19 ވަނަ މަޖިލީހުގައި ވެސް ފުލުހުން ވަނީ ސްކޭމް މައްސަލަ އާއި މެދު ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މި މައްސަލަ އަށް ރަނގަޅު ހައްލެއް ލިބޭނީ ތަންފީޒީ އިދާރާތަކުގެ ޝަކުވާތައް ހައްލުވެގެން ކަަމަށް އޭނާ ވިދާޅުވިއެވެ. ސްކޭމް މައްސަލަތައް ހުއްޓުވުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޯޓު އަމުރެއް ނެތި އެކައުންޓަށް އެފަދަ މައްސަލަތަކުގައި ޖަމާވާ ފައިސާ ނުހިފެހެއްޓުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ބިލާއި މެދު މެމްބަރުން ވެސް ވަރަށް ރަނގަޅު ވާހަކަތަކެއް ދެކެވުނު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މުޅި ނިޒާމް ބަދަލުކޮށް ސްކޭމްގެ މައްސަތައް އެއްކޮށް އެ ޤާނޫނުން ނުހުއްޓުވޭނެ ކަމަށް އެ ބިލަށް ބަހުސްކުރައްވަމުން މެމްބަރުން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިހާރު މެމްބަރުންނަށް އޮތް ކަންބޮޑުވުމަކީ ފުލުހުންނަށް ބޮޑު ބާރެއް ދޭން ޖެހުމުން އެކަމުގެ ކަންބޮޑުވުމުގެ މައްސަލަ ކަމަށް ވެސް މެމްބަރުން ވިދާޅުވިއެވެ. އެކަމާއި ގުޅޭގޮތިން މެމްބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ ކޮމިޓީ މަރުހަލާގައި ބިލް ފާސްވާ އިރު އޮންނާނީ އެންމެ ރަނގަޅަށް ކަމަށް އިތުބާރު ކުރައްވާ ކަމަށެވެ. މިވަގުތު ފުލުހުންނަށް ސްކޭމް މައްސަލަތައް ހައްލުކުރުމުގައި ދިމާވާ ގޮންޖެހުންތައް މަޖިލީހުން ހައްލުކޮށްދޭން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިހާރު ޒަމާން ތަރައްޤީ ވެގެން އަންނަ އިރު ޤާނޫނު ހަދާ މަޖިލީހާއި، ނިޒާމަށް ވުރެ ކުރިއަށް ސްކޭމްތައް ހިންގާ މީހުން ކުރިއަރާފައިވާ ކަމަށާއި ފިޔަވަޅުތައް އެޅުމަށް ހުރި ހުރަސްތައް ނުނެތޭ ނަމަ އެފަދަ ޢަމަލުތައް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފެއްޓެވީ އަންގާރަ ދުވަހުއެވެ. މި ބިލު ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވެފައު ވަނީ މި ބިލުގެ ބޭނުމަކީ ސްކޭމް މައްސަލަތަކުގައި ބޭންކް އެކައުންޓްތަކުން ދައުރުވާ ފައިސާ ކޯޓު އަމުރަކާ ނުލާ ހުއްޓުވޭނެ ޤާނޫނީ ހައްލެއް ހޯދާދިނުން ކަމަށެވެ. އަދި އެއީ އެސްއޯއީ ކޮމިޓީގައި ފުލުހުން ދައްކާފައިވާ ވާހަކަތަކަށް ބިނާކޮށް ހުށަހެޅި ބިލެއް ކަމަށް ބަޔާންކޮށްފައިވެއެވެ. އެ ބިލް މިހާރު ކޮމިޓީ މަރުހަލާ އަށް ވަނީ ފޮނުވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ޖިނާއީ އިޖުރާއަތުގެ ގާނޫނުން ހަނު ހުންނަ މީހަކާއި އިތުރަކަށް ސުވާލެއް ނުކުރެވޭނެ: ޝަމީމް

ޖިނާއީ އިޖުރާއަތުގެ ގާނޫނުން ހަނު ހުންނަ މީހަކާއި އިތުރަކަށް ސުވާލެއް ނުކުރެވޭނެ: ޝަމީމް

02 ޖުލައި 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނުން ޖިނާއީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލު އަންނާނެ، ހެއްކާއި ބެހޭ ބިލް ފާސްވުން މުހިއްމު: އޭޖީ

ޖިނާއީ އިޖުރާއަތުގެ ގާނޫނުން ޖިނާއީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލު އަންނާނެ، ހެއްކާއި ބެހޭ ބިލް ފާސްވުން މުހިއްމު: އޭޖީ

02 ޖުލައި 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް ހުއްޓުމަކަށް!

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް ހުއްޓުމަކަށް!

02 ޖުލައި 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

02 ޖުލައި 2017
ޖިނާއީ އިޖުރާއަތުގެ ބިލް ގެންދަން މަޖުބޫރުވީ ޕީޕީއެމްގައި ތިބި އިހްލާސްތެރިންގެ ސަބަބުން: އަމީތު

ޖިނާއީ އިޖުރާއަތުގެ ބިލް ގެންދަން މަޖުބޫރުވީ ޕީޕީއެމްގައި ތިބި އިހްލާސްތެރިންގެ ސަބަބުން: އަމީތު

14 ޖޫން 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު