Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަނުގެ ހޫތީން ހަމަލާދިނުން

ގަލްފް އޮފް އަދަން އާއި ރަތްކަނޑުން ދަތުރުކުރި ދެ ބޯޓަކަށް ޔަމަނުގެ ހޫތީން ހަމަލާދީފި

ޔަމަނުގެ ހޫތީންގެ އަސްކަރިއްޔާގެ ތަރުޖަމާނު ބުނެފައިވަނީ، އެ ޤައުމުގެ ކަނޑުގެ ޔުނިޓްތަކުން ޣައްޒާ ގެ މުސްލިމުންނާ ބައިވެރިވެ ހިތްވަރު ދިނުމުގެ ގޮތުން ހިންގާ ކަނޑުމަތީގެ ކެމްޕޭނުގެ ތެރެއިން އިޒްރޭލާ ގުޅުންހުރި ދެ އުޅަނދަކަށް ވަކިވަކިން ހަމަލާދީފައިވާ ކަމަށެވެ.

ރާއްޖެ އެމްވީ | 23 އޯގަސްޓު 2024 | ހުކުރު 12:48
ރަތް ކަނޑުގެ ބަނދަރު ކަމަށްވާ ހުދައިދާގައި ހުރި އުޅަނދުތައް

ރަތް ކަނޑުގެ ބަނދަރު ކަމަށްވާ ހުދައިދާގައި ހުރި އުޅަނދުތައް

ބުރާސްފަތި ދުވަހުގެ ރޭ ޔަމަނުގެ ވެރިރަށް ސަނާ އިން ޓީވީން ވަގުތުން ފޮނުވި ބަޔާނެއްގައި ބްރިގޭޑިއަރ ޖެނެރަލް ޔަޙްޔާ ސާރީ ވިދާޅުވީ، ޔަމަނުގެ ބާރުތަކުން ރަތްކަނޑުގައި ދަތުރުކުރަމުންދިޔަ "ސައުނިއަން" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަކަށް ހަމަލާދީފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މި އުޅަނދަށް ދިން ހަމަލާ ކާމިޔާބު ކަމަށާއި މިހާރު އެ އުޅަނދު ފެތިގެންދިޔުމުގެ ނުރައްކާ އޮތް ކަމަށެވެ.

ސާރީ ފާހަގަކުރެއްވި ގޮތުގައި ސައުނިއަން ނިސްބަތްވަނީ އިޒްރޭލާ ގުޅުންހުރި ކުންފުންޏަކަށް ކަމަށާއި، އިޒްރޭލުން ހިފާފައިވާ ފަލަސްޠީނުގެ ބަނދަރުތަކަށް ވަނުން މަނާކޮށް ޔަމަނުން ކޮށްފައިވާ އަމުރާ އެ އުޅަނދުން ޚިލާފުވެފައިވާ ކަމަށެވެ.

ރަތްކަނޑުގައި ޔޫރަޕިއަން ޔޫނިއަނުން ހިންގާ މިޝަން "އެސްޕިޑެސް" އިން ބުރާސްފަތި ދުވަހު ކަށަވަރުކޮށްދީފައިވާ ގޮތުގައި ރަތްކަނޑުގައި އޮތް ގްރީސްގެ ދިދަ ނަގާފައިވާ ތެޔޮ ޓޭންކަރަށް ހަމަލާ ދިނުމާ ގުޅިގެން އެ އުޅަނދުން ފަސިންޖަރުން ހުސްކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ސައުނިއަނަށް މިސައިލް ހަމަލާތައް ދީފައިވަނީ ބުދަ ދުވަހުއެވެ.

މިއީ މި މަހުގެ ތެރޭގައި އެތެންސްގެ ޑެލްޓާ ޓޭންކަރުން އޮޕަރޭޓްކުރާ ތިން ވަނަ އުޅަނދަށް ރަތްކަނޑުގައި ދިން ހަމަލާއެވެ.

ޑެލްޓާ ޓޭންކަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާގެ ސަބަބުން އުޅަނދުގައި އަލިފާން ރޯވެފައިވާ ކަމަށާއި، ނަމަވެސް ފަޅުވެރިން އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އޭޖެންސީން ބުދަ ދުވަހު ބުނެފައިވަނީ މި ހަމަލާގެ ސަބަބުން އުޅަނދުގެ އިންޖީނުގެ ބާރު ކެނޑިފައިވާ ކަމަށެވެ. ބުރާސްފަތި ދުވަހު ޔޫކޭއެމްޓީއޯ އިން ބުނެފައިވަނީ އުޅަނދު މިހާރު އޮތީ ނަގިލިލާފައި ކަމަށާއި އޭގެ ހުރިހާ ފަޅުވެރިން ޓޭންކަރުން ފައިބައިފައިވާ ކަމަށެވެ.

ރޮއިޓާސް އިން ބުނާ ގޮތުގައި މި އުޅަނދު މިހާރު ނަގިލިލާފައި އޮތީ ޔަމަނާއި އެރިތްރިއާއާ ދެމެދުގައެވެ.

ޔަމަނުން ދިން ދެވަނަ ހަމަލާ އާ ގުޅޭ ގޮތުން ތަރުޖަމާނު ވިދާޅުވި ގޮތުގައި، ހަމަލާ ދިން ދެވަނަ ބޯޓަކީ އިޒްރޭލާ ވިޔަފާރީގެ ގުޅުން އޮންނަ ކުންފުންޏަކަށް ނިސްބަތްވާ އެސްޑަބްލިއު ނޯތު ވިންޑް 1 ނަމަކަށް ކިޔާ އުޅަނދެއް ކަމަށެވެ.

މި ބޯޓަށް ހަމަލާ ދިނީ އަދަން ކަނޑުން ދަތުރު ކުރަނިކޮށް ކަމަށާއި މި ހަމަލާވެސް ޓާގެޓަށް ވާސިލްވި ކަމަށެވެ.

ޔޫކޭއެމްޓީއޯ އިން ބުނި ގޮތުގައި، އެސްޑަބްލިއު ނޯތު ވިންޑް 1 އުޅަނދުގެ ކައިރިން އެއްޗެއް ގޮވި ކަމަށް އެ ބޯޓުން ރިޕޯޓް ކޮށްފައިވާ ކަމަށާއި، އޭގެ ސަބަބުން ކުޑަ ގެއްލުމެއް ލިބިފައިވާ ކަމަށް ބޯޓުން އަންގާފައިވާ ކަމަށެވެ.

ސާރީ ފާހަގަކުރެއްވި ގޮތުގައި، ޔަހޫދީ ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާ ދެމުން ގެންދާހާ ހިނދަކު އެ ސަރަހައްދުން ދަތުރުކުރާ އިޒްރޭލާ އެމެރިކާ އާ ގުޅުން ހުރި އުޅަނދު ފަހަރަށް ޔަމަން ސިފައިން ހަމަލާ ދެމުން ގެންދާނެއެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި

22 ފެބުރުއަރީ 2017
ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު