Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ތެލުގެ ބާޒާރު

ތެޔޮ ނަގާ މިންވަރު އިތުރުކުރަން އޯޕެކުން ނިންމިނަމަވެސް ތެލުގެ އަގު މައްޗަށް!

ފީފާއެއްގެ އަގު ހުކުރު ދުވަސް ނިމުނުއިރު ހުރީ 74.60 ޑޮލަރުގައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 23 ޖޫން 2018 | ހޮނިހިރު 05:11
ސަޢޫދީ އަރަމްކޯގެ ތެޔޮ ސާފުކުރާ މަރުކަޒެއް

ސަޢޫދީ އަރަމްކޯގެ ތެޔޮ ސާފުކުރާ މަރުކަޒެއް

ދުނިޔޭގެ ބާޒާރުގެ ޑިމާންޑާއި އެއްވަރަކަށް ސަޕްލައިކުރުމަށް ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް އޯޕެކުން ނިންމައިފިއެވެ.

ތެޔޮ އެކްސްޕޯޓްކުރާ ޤައުމުތަކުގެ ޖަމްއިއްޔާ އޯޕެކްގެ ވަޒީރުންގެ ބައްދަލުވުމެއް ހުކުރު ދުވަހު އޮސްޓްރިއާގެ ވިއެނާގައި ބޭއްވުމަށްފަހު އޯޕެކްގެ އެންމެ ބާރުގަދަ އެއް ޤައުމުކަމަށްވާ ސަޢޫދީ ޢަރަބިއްޔާއިން ބުނީ މިނިންމުމާއެކު ދުވާލެއްގެ މައްޗަށް އިތުރު މިލިއަނެއްހާ ފީފާގެ ތެޔޮ އުފެއްދޭނެކަމަށެވެ. މިއީ ކޮންމެ ދުނިޔޭގެ ބާޒާރުގައި ދުވާލެއްގެ ތެޔޮ ސަޕްލައިގެ އެންމެ އިންސައްތައެކެވެ.

އެހެންނަމަވެސް އިރާޤުން ބުނީ މިލިއަނެއްހާ ފީފާގެ ތެޔޮ ދުވާލަކު އިތުރަށް ނުނެރެވޭނެކަމަށާއި، ބައެއް ޤައުމުތަކަށް ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ވަގުތު ބޭނުންވާނެކަމަށެވެ. އެހެންކަމުން ބާޒާރަށް ނެރެވޭނީ ދުވާލަކު 770،000 ފީފާގެ ތެޔޮކަމަށް އިރާޤުން ލަފާކުރެއެވެ.

ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް އޯޕެކްގެ ޤައުމުތަކުން ނިންމިނަމަވެސް، މި ނިންމުމާއި އެޖަމާޢަތުގެ މެމްބަރު ޤައުމުތަކުގެ ތެރެއިން 3 ވަނައަށް އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ޤައުމުކަމަށްވާ އީރާނުން ދެކޮޅު ހަދައެވެ. އެހެންކަމުން ވަޒީރުންގެ ބައްދަލުވުމަށްފަހު އޯޕެކުން ނިންމި ނިންމުމުގެ ސަބަބުން ބާޒާރަށް ނެރޭ ތެލުގެ މިންވަރު އިތުރުވުމުގެ ބަދަލުގައި، އެނިންމުމުގެ ސަބަބުން ވެގެންދާނެ ގޮތަކީ ބާޒާރުގައި ތެޔޮ ނެތް ދިމާތައް ފޫބެއްދުންކަމަށް މުހައްލިލުން ބުނެއެވެ.

ތެޔޮ ނަގާ މިންވަރު އިތުރުކުރުމަށް ސަޢޫދީއަށް ބާރު އެޅީ އޯޕެކްގައި ނުހިމެނޭ އެމެރިކާއިންނެވެ. އެހެން ނަމަވެސް ބާޒާރުގައި ތެޔޮ މަދުވެގެން އުޅެނީ ތެޔޮ ނަގާ މިންވަރު މަދުވެގެން ނޫންކަމަށާއި، މައްސަލައަކީ ތެޔޮ އުފައްދާ ބައެއް ޤައުމުތަކާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެޤައުމުތަކަށް ބައިނަލްއަޤްވާމީ ބާޒާރަށް ތެޔޮ ނުނެރެވުންކަމަށް އީރާނުން ބުނެއެވެ. އީރާނުން އިޝާރާތްކުރީ އެޤައުމާއި ވެނެޒުއޭލާއާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ލިބޭ އިޤްތިޞާދީ ގެއްލުންތައް ފޫބެއްދުމަށް ތެލުގެ ފައިދާއިން ލިބޭ އާމްދަނީ އެޤައުމަށް މުހިއްމެވެ. އަދި ތެލުގެ އާމްދަނީ އިތުރުކުރުމަށް ތެލުގެ އަގު ވެއްޓުނަ ނުދީ ހިފަހައްޓަން ތެޔޮ ނަގާ މިންވަރު އިތުރުކުރުމަށް އީރާނުން ދަނީ ދެކޮޅު ހަދަމުންނެވެ.

ދުނިޔޭގެ ބާޒާރުގައި 2014 ވަނަ އަހަރުން ފެށިގެން ތެލުގެ އަގު ހެޔޮވާން ފެށީ ތެޔޮ ނަގާ މިންވަރު އިންތިހާއަށް އިތުރުވުމާ ގުޅިގެންނެވެ. ތެޔޮ އުފައްދާ މިންވަރު މަދުކޮށް، ކޮންޓްރޯލްކުރުމަށް ޤައުމުތަކުން ނިންމީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ތެޔޮ ފީފާއެއްގެ އަގު 25 ޑޮލަރަށް ވެއްޓުމާއި ގުޅިގެންނެވެ. އަދި ތެޔޮ އުފައްދާ މިންވަރު ކޮންޓްރޯލްކުރުމަށް 2017ވަނަ އަހަރުގެ ޖެނުއަރީ މަހު އޯޕެކުން ނިންމައި، ބާޒާރުގައި ހުރި އިތުރު ތެޔޮ ހުސްކުރިއެވެ. މިގޮތުން ދުނިޔޭގެ ސަޕްލައި ޗެއިނުން ދުވާލެއްގެ މައްޗަށް 1.8 މިލިއަން ފީފާގެ ތެޔޮ އޯޕެކުން އުނިކުރިއެވެ. އަދި އެއާ އެކު ތެޔޮ ފީފާއެއްގެ އަގު 70 ޑޮލަރަށް ވުރެ މައްޗަށް ދިޔައެވެ.

އެހެން ނަމަވެސް ވެނެޒުއޭލާ، އެންގޯލާ އަދި ލީބިޔާއިން ތެޔޮ ނެގޭ މިންވަރު އިންތިހާއަށް ދަށްވުމާއި ގުޅިގެން ދުނިޔޭގެ ބާޒާރުން ދުވާލެއްގެ މައްޗަށް 2.8 މިލިއަން ފީފާގެ ތެޔޮ މަދުވިއެވެ. އަދި މިފަހަރު އޯޕެކުން އިތުރުކުރަން ނިންމީ އެ ހުސްތަން ފޫބެއްދުމަށް ނެރޭނެ ތެލުގެ ޝިޕްމަންޓެވެ.

އޯޕެކުން ހުކުރު ދުވަހު ނިންމި ނިންމުމުގައި ސުވާލު އުފެދޭ ބައެއް ކަންކަން ހުރުމުން ތެލުގެ އަގު ހުކުރު ދުވަހު މައްޗަށް ދިޔައެވެ. އެގޮތުން ތެޔޮ ފީފާއެއްގެ އަގު 74.60 އެމެރިކާ ޑޮލަރަށް ވަނީ އަރާފައެވެ. ތެލުގެ އަގު މައްޗަށް ދިޔައިރު، އޯޕެކުގެ ބައްދަލުވުމުގެ ކުރިން އެބައްދަލުވުމުން ރަނގަޅު ނަތީޖާއެއް ނިކުންނާނެކަމަށް ލަފާކުރެވޭތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކުޑަ ތަންކޮޅެއް ހެޔޮވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުން ލައިސެންސް ފީ ދެއްކުމަށް އެމްއެމްއޭ އިން އަންގައިފި

ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުން ލައިސެންސް ފީ ދެއްކުމަށް އެމްއެމްއޭ އިން އަންގައިފި

25 ޑިސެމްބަރު 2017
ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު 99 ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު 99 ޕަސެންޓް އިތުރުވެއްޖެ

19 ޑިސެމްބަރު 2017
ރާއްޖެ އާއި ޔޫއޭއީގެ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު 129.2 މިލިއަން ރުފިޔާއަށް އަރައިފި

ރާއްޖެ އާއި ޔޫއޭއީގެ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު 129.2 މިލިއަން ރުފިޔާއަށް އަރައިފި

08 ނޮވެމްބަރު 2017
ތެޔޮ ފީފާއެއްގެ އަގު 10 ޑޮލަރަށް ވެއްޓޭނެ!

ތެޔޮ ފީފާއެއްގެ އަގު 10 ޑޮލަރަށް ވެއްޓޭނެ!

16 އޮކްޓޯބަރު 2017
 އިމްޕޯޓު 7 އިންސައްތަ އިތުރުވެ، އެކްސްޕޯޓު ކުރި މިންވަރު 118 އިންސައްތަ އިތުރުވެއްޖެ

އިމްޕޯޓު 7 އިންސައްތަ އިތުރުވެ، އެކްސްޕޯޓު ކުރި މިންވަރު 118 އިންސައްތަ އިތުރުވެއްޖެ

10 ޖުލައި 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު