Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދިރާގުން ވާވޭ މޭޓްގެ ޕްރީ އޯޑަރ ނެގުން

ދިރާގުން ވާވޭ މޭޓް 20 އަދި 20 ޕްރޯގެ ޕްރީ އޯޑަރު ނަގަނީ

ފޯން ނަންގަވާ ފަރާތްތަކަށް ހަމަސްވަންދެން ފަސް ޖީބީގެ ހިލޭ އިންޓަނެޓު ލިބޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 ޑިސެމްބަރު 2018 | ބުރާސްފަތި 15:08
ޕްރީ އޯޑަރަށް ހުޅުވާލާފައިވަނީ ޑިސެމްބަރު 6 ވަނަ ދުވަހު

ޕްރީ އޯޑަރަށް ހުޅުވާލާފައިވަނީ ޑިސެމްބަރު 6 ވަނަ ދުވަހު

ވާވޭގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު، ވާވޭ މޭޓް 20 އަދި 20 ޕްރޯގެ ޕްރީ އޯޑަރަށް ދިރާގުން ހުޅުވާލައިފިއެވެ.

ދިރާގުން ބުނީ ޕްރީ އޯޑަރ ކުރުމަށް ޑިސެމްބަރު 6 ވަނަ ދުވަހު ހުޅުވާލާފައިވާ ކަމަށާއި ޕްރީ އޯޑަރ ނަގާނީ ލިމިޓެޑުކޮށް ކަމަށެވެ.

އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ޕްރީ އޯޑަރު ދިރާގުން ބަލައިގަންނައިރު ފޯން ނަންގަވާ ފަރާތްތަކަށް ހަމަސްވަންދެން ފަސް ޖީބީގެ ހިލޭ އިންޓަނެޓު ލިބޭނެކަމަށް ވެސް ދިރާގުން ބުންޏެވެ. އަދި ވާވޭ މޭޓް 20، 128 ޖީބީގެ ފޯނަކަށް އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ދައްކަން ޖެހެނީ 2999 ރުފިޔާ އެވެ. މަހަކަށް ދައްކަންޖެހެނީ 988 ރުފިޔާއެވެ.

ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ޕްރީ އޯޑަރު ދީގެން ފޯނު ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެގޮތުން މޭޓް 20 އަށް އެޑްވާންސް ޕޭމެންޓުގެ ގޮތުގައި 10،999 ރުފިޔާ އަދި މެޓް 20 ޕްރޯ އަށް 15،999 ރުފިޔާ ދައްކަން ޖެހެއެވެ. ދިރާގުން ބުނީ ޕްރީ އޯޑަރަށް ފޯނު ގަންނަ ކަސްޓަމަރުންނަށް ހިލޭ ހަދިޔާއެއްގެ ގޮތުގައި ފްލިޕް ކަވަރެއް އަދި މެޓް 20 ޕްރޯ ގަންނަ ކަސްޓަމަރުންނަށް ފްލިޕް ކަވަރާއެކު ވަޔަލަސް ޗާޖަރެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ހަދިޔާތައް ދޭނީ ސްޓޮކް ހުސްވަންދެން ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ވާވޭ މޭޓް 20 ސީރީޒްގައި ދުނިޔޭގެ އެންމެ ފުރަތަމަ 7 އެންއެމް މޮބައިލް އޭއައި ޗިޕްސެޓް ހިމަނާފައިވާއިރު އެ ފޯނުގައި އަލްޓްރާ ވައިޑް ތިން ކެމެރާ ލެންސް ހިމެނެއެވެ. އަލަށް ތައާރަފުކުރި ވާވޭ މޭޓް 20 އާއި ވާވޭ މޭޓް 20 ޕްރޯ އަކީ މަތީ ފެންވަރުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޮޑު ސްކްރީނަކާ އެކު ޑިޒައިން ކޮށްފައިވާ ފޯނެކެވެ. މި ފޯނުތަކަކީ ދުނިޔޭގެ އެންމެ ފުރަތަމަ 7 ނެނޯމީޓަރުގެ އޭއައި ޗިޕް އެކުލަވާލައިގެން އުފައްދާފައިވާ ފޯނެވެ. އަދި މި ދެ ފޯނުގެ ކެމެރާ ފަރުމާ ކުރީ ދުނިޔެ އަށް މަޝްހޫރު ލެއިކާ ކުންފުންޏާ ވާވޭ ގުޅިގެންނެވެ.

އަލަށް ވާވޭއިން ތައާރަފް ކުރި މޭޓް 20 ގެ ލިބެން ހުންނަނީ މިޑްނައިޓް ބްލޫ އަދި ކަޅު ކުލައެވެ. އަދި ވާވޭ މޭޓް 20 ޕްރޯ 128 ޖީބީގެ މެމޮރީ އާއެކު، ކަޅު، ޓުވައިލައިޓް ކުލަ އަދި އެމަރަލްޑް ގްރީން ކުލައިގައި ވެސް ލިބެން ހުރެއެވެ.

އިތުރަށް ކިޔާލަން

04 ޖުލައި 2017

ދިރާގުން "މައިކްރޯ ސޮފްޓު 365" ރާއްޖެއަށް ތައާރަފުކޮށްފި

04 ޖުލައި 2017
ދިރާގުން "މައިކްރޯ ސޮފްޓު 365" ރާއްޖެއަށް ތައާރަފުކޮށްފި
25 ޖޫން 2017

ދިރާގުން އީދު ހަދިޔާ ބަހައިފި

25 ޖޫން 2017
ދިރާގުން އީދު ހަދިޔާ ބަހައިފި
05 ޖޫން 2017

ދިރާގުން އަނެއްކާ ވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ފަށައިފި

05 ޖޫން 2017
ދިރާގުން އަނެއްކާ ވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ފަށައިފި
24 މެއި 2017

އުރީދޫއިން ހުވާވޭ "ޕީ10" އަދި "ޕީ10 ޕްލަސް" ފޯނު ބާޒާރަށް ނެރެފި

24 މެއި 2017
އުރީދޫއިން ހުވާވޭ "ޕީ10" އަދި "ޕީ10 ޕްލަސް" ފޯނު ބާޒާރަށް ނެރެފި
12 މެއި 2017

އޭޕްރީލް މަހު މީރާއަށް 1.1 ބިލިއަން ރުފިޔާ

12 މެއި 2017
އޭޕްރީލް މަހު މީރާއަށް 1.1 ބިލިއަން ރުފިޔާ
25 އެޕްރީލު 2017

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

25 އެޕްރީލު 2017
ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި
21 އެޕްރީލު 2017

ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި

21 އެޕްރީލު 2017
ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
16 ފެބުރުއަރީ 2017

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު