Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެފްއޭ އެވޯޑްސް

ޕީއެފްއޭ އެވޯޑް އިނގިރޭސި ދެ ކުޅުންތެރިންނަށް

ޕާމާ ޗެލްސީއަށް ބަދަލުވީ މިދިޔަ ސީޒަންގައެވެ.

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 21 އޯގަސްޓު 2024 | ބުދަ 07:08
ކޯލް ޕާމާ އެވޯޑާއެކު

ކޯލް ޕާމާ އެވޯޑާއެކު

ޕްރޮފެޝަނަލް ފުޓްބޯލާރސް އެސޯސިއޭޝަންގެ މުހިއްމު ދެ އެވޯޑްވެސް އިނގިރޭސި ގައުމީ ޓީމްގެ ދެ ކުޅުންތެރިންނަށް ލިބިއްޖެ އެވެ. އެއެސޯސިއޭޝަނުން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދިނި މެންޗެސްޓަރ ސިޓީގެ ފޯވާޑް ފިލް ފޮޑެން އަށެވެ. އަދި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ދިނީ ކުރިން ސިޓީއަށް ކުޅެ, މިދިޔަ ސީޒަންގައި ޗެލްސީއަށް ބަދަލުވި ކޯލް ޕާމާ އަށެވެ.

މިއީ 2009/2010 ގެ ސީޒަންގެ ފަހުން އިނގިރޭސި ކުޅުންތެރިންނަށް މި ދެ އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. އެސީޒަންގައި މޮޅު ކުޅުންތެރިއަކީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު ވޭން ރޫނީ އެވެ. ޒުވާން ކުޅުންތެރިއަކީ ޖޭމްސް މިލްނާ އެވެ. މޮޅު ކުޅުންތެރިޔަކަށް ހޮވި ފޮޑެން ވަނީ މިދިޔަ ސީޒަންގައި 35 މެޗުން 19 ގޯލް ޖަހާފައެވެ. ފޮޑެން ބުނީ މިއެވޯޑަކީ އޭނާއަށް ޚާއްޞަ އަދި ފަޚުރުވެރި އެވޯޑެއް ކަމަށެވެ. ވޯޓްދިން އެންމެންނަށް ޝުކުރު އަދާކޮ އޭނާ ބުނީ މިދިޔަ ސީޒަނަކީ ސިޓީގެ އެންމެންނަށްވެސް ޚާއްޞަ ސީޒަނެއް ކަމަށެވެ.

23 އަހަރުގެ ފޮޑެން އަކީ ހަ ޕްރިމިއަރ ލީގު ހޯދި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އޭނާއާ ސިޓީގެ މިހާރުގެ އަމާޒަނީ ވިދިވިދިގެން 5 ވަނަ ފަހަރަށް ލީގު ދިފާއު ކުރުމެވެ. މިދިޔަ ސީޒަންގެ ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިއަކީވެސް ފޮޑެން އެވެ. 

ޒުވާން ކުޅުންތެރިއަކަށް ހޮވުނު ޗެލްސީގެ ކޯލް ޕާމާ އަކީ މިދިޔަ ސީޒަންގައި ލީގުގައި ދެވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ޗެލްސީގައި ހޭދަކުރި ފުރަތަމަ ސީޒަންގައި ލީގުގައި 34 މެޗުން 22 ގޯލް ޖަހާފައެވެ. ޗެލްސީގައި ދެއްކި މޮޅު ކުޅުމާއެކު މިއަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ޓީމުންވެސް ޖާގަ ލިބުނެވެ. ބަދަލަކަށް ނިކުމެ އޭނާ ވަނީ ފައިނަލްގައި ސްޕެެއިން ކޮޅަށް ލަނޑުވެސް ޖަހާފައެވެ.

ޕީއެފްއޭ އިން އެކުލަވާލި މިދިޔަ ސީޒަންގެ ޓީމްގައި އެންމެ ގިނައީ ސިޓީއާއި އާސެނަލް ކުޅުންތެރިންނެވެ. އާސެނަލްގެ 5 ކުޅުންތެރިން އަދި ސިޓީގެ 4 ކުޅުންތެރިން ހިމެނެއެވެ. އެ ދެ ޓީމަށް ނިސްބަތް ނުވާ ދެ ކުޅުންތެރިންނަކީ ލިވަޕޫލްގެ ޑިފެންޑަރ ވެންޑައިކް އާއި އެސްޓަން ވިލާ ފޯވާޑް ވަޓްކިންސް އެވެ. ޕީއެފްއޭ ޓީމްގައި ހިމެނުނު ސިޓީގެ ކުޅުންތެރިންނަކީ ޑިފެންޑަރ ކައިލް ވޯކާ, މިޑްފީލްޑަރ ރޮޑްރީ, ފޯވާޑް ހާލަންޑް އަދި ފޮޑެން އެވެ. އާސެނަލް އިން ޓީމްގައި ހިމެނުނު ކުޅުންތެރިންނަކީ ކީޕަރު ޑޭވިޑް ރާޔާ, ޑިފެންޑަރ ގަބްރިއަލް, މިޑްފީލްޑަރ ޑެކްލަން ރައިސް, އަދި މާޓިން އޮޑެގާޑް އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސި އެފްއޭކަޕްގެ ފައިނަލަށް ޗެލްސީ

އިނގިރޭސި އެފްއޭކަޕްގެ ފައިނަލަށް ޗެލްސީ

23 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމާއެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހު

އަންހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމާއެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހު

18 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު