ކ. މާލެ
|
21 އޯގަސްޓް 2024 | ބުދަ 00:32
ލޭންޑިންގ ކްރާފްޓް
ލޭންޑިންގ ކްރާފްޓް
އެމްއެންޑީއެފް
ބޯޓެއް އޮޔާދަނީ
ސްރީލަންކާގެ މަސްބޯޓެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި
ބޯޓު އޮޔާ ދަނީ ހއ.ވަނގާރުގެ ހުޅަނގުން 39 ނޯޓިކަލް މޭލު ބޭރުން ކަމަށް ކޯސްޓް ގާޑުން ބުނޭ

ހއ.ވަނގާރުގެ ހުޅަނގުން 39 ނޯޓިކަލް މޭލު ބޭރުން ސްރީލަންކާގެ މަސްބޯޓެއް އޮޔާދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ މި ބޯޓަކީ އިންޖީން މައްސަލައެއް ޖެހުމުގެ ސަބަބުން އޭގެ ފަޅުވެރިން ދޫކޮށްލާފައިވާ މަސްބޯޓެއް ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރަކަށްވެފައި ވައި ޖެހެނީ ހުޅަނގާއި ހުޅަނގުއުތުރުން ކަމަށްވާތީ މި ބޯޓް، އޮޔާއެކު ދިވެހިރާއްޖެއަށް ކައިރިވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުނެފައިވެއެވެ. 

"މި ސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް ކޯސްޓްގާޑުން އިލްތިމާސްކުރަމެވެ،" އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

އަދި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

- ކޮމެންޓް