Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހި އަސްކަރިއްޔާ

މިއަދަކީ ސިފައިންގެ ލަޝްކަރު އަލުން ރުކުރުވާލަންވީ ދުވަސް: މިނިސްޓަރު ޣައްސާން

3 ނޮވެމްބަރު 2025 | ހޯމަ 08:13

ދިވެހި އަސްކަރީއްޔާ އިން ހޯދާފައިވާ ކުރިއެރުންތަކާ މެދު ފަޚުރުވެރި ވާން ޖެހޭ ކަމަށް ޣައްސާނު ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 3 ނޮވެމްބަރު 2025 | ހޯމަ 08:13
ނަސްރު ދުވަހުގެ ޖަލްސާ ގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން ވާހަކަ ދައްކަވަނީ

ނަސްރު ދުވަހުގެ ޖަލްސާ ގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން ވާހަކަ ދައްކަވަނީ

މިއަދަކީ ސިފައިންގެ ލަޝްކަރު އަލުން ރުކުރުވާލަންވީ ދުވަސް ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ނަސްރު ދުވަހުގެ ޖަލްސާ ގައި، ރައީސް ޑރ.މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވިދާޅުވީ ފާއިތުވެ ދެ އަހަރެއް ދުވަހު ދިވެހި އަސްކަރިއްޔާ ކުރިއެރުވުމަށް ގިނަ މަސައްކަތް ތަކެއް ކުރެވިފައިވާ ކަމަށާއި، ގިނަ ލަނޑުދަނޑިތަކެއް ހާސިލް ކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް ފަށާފައިވާ ކަަމަށާއި، އެމްއެންޑީއެފް މެރީންކޯގެ ގާބިލީއްޔަތު އިތުރު ކުރުމުގެ މަސައްކަތާއި، ކޯސްޓް ގާޑުގެ ގާބިލިއްޔަތުކަން ދެގުނަ ކުރެވިފައިވާ ކަމަށް މިނިސްޓަރު ޣައްސާން ވިދާޅުވި އެވެ. މީގެ އިތުރުން ޝަހީދުވި އަބްޠާލުންގެ ހަނދާން ނައްތާނުލާ ގައުމަށް ކުޅަދާނަވީ މިންވަރަކުން، ޝަހީދުންގެ އާއިލާތަކަށް އިނާޔަތް ދިނުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް މިނިސްޓަރު ޣައްސާން ވިދާޅުވި އެވެ.

3 ނޮވެންބަރަށް އިޝާރާތް ކުރައްވައި މިނިސްޓަރު ޣައްސާން ވިދާޅުވީ މިއަދަކީ ލަޝްކަރު އަލުން ރުކުރުވާލަންވީ ދުވަސް ކަމަށާއި، ތިބޭފުޅުންގެ ފަހުރާއި ޝަރަފު އިސް އުފުލާ ދުނިޔެ އަށް ދައްކާލަންވީ ދުވަސް ކަމަށެވެ.

މިއަދަކީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 3 އަކުން މިއަހަރުުގެ ނޮވެންބަރު މަހުގެ 3 އަކަށް ސިފައިންގެ އެންމެ މަތީވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޅުގަނޑުމެންނަށް ހޯއްދަވައިދެއްވި ކުރިއެރުންތަކާ ފަހުރުވެރިވާ ހާލުގައި ލަޝްކަރު އަލުން ރުކުރުވާލަންވީ ދުވަސް. ތިބޭފުޅުންގެ ފަހުރާއި ޝަރަފު އިސް އުފުލާ ދުނިޔެއަށް ދައްކާލަންވީ ދުވަސް. ނަފްސަށް ވުރެ ގައުމު އިސްކުރަންވީ އަޒުމް އައު ކުރަންވީ ދުވަސް. މިފުރުސަތުގައި ވެސް ގައުމީ ދިފާއީ ބާރުގެ އަސްކަރީ ގާބިލިއްޔަތުގެ އިތުރު ކޮށްދެއްވަން ކެނޑިނޭޅި ރެއާ ދުވާލު ވަރަށް ގާތުން ބައްލަވާގެން ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކޮށް ދެއްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކޮށް އެންމެހައި ފަހުރުވެރި ސިފައިންގެ ނަންފުޅުގައި އިހްލާސްތެރި ކަމާއެކު ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން.
ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން

މިނިސްޓަރު ޣައްސާން ވިދާޅުވީ ދިވެހި އަސްކަރީއްޔާ އިން ހޯދާފައިވާ ކުރިއެރުންތަކާ މެދު ފަޚުރުވެރި ވާން ޖެހޭ ކަމަށެވެ. އަދި މިދިޔަ 15 އަހަރު ދުވަހު ވަޠަނުގެ ދިފާއަށް ގޮވާލަމުން ދިޔަ ގޮވާލުމަށް އަޅާނުވެލި އޮތުމަށްފަހު މިއަދު ގައުމުގެ މިނިވަންކަން ދިފާއު ކުރެވޭ ފަދަ އަސްކަރިއްޔާ އަކަށް ދިވެހި އަސްކަރިއްޔާ ހެދުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ޣައްސާން މިމެމޭރުން ވާހަކަ ދެއްކެވި ނަމަވެސް މިދިޔަ ސަރުކާރު ތަކުގައި އަސްކަރިއްޔާގެ ގާބިލިއްޔަތުގެ އިތުރު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކޮށްފައިވެ އެވެ. އަސްކަރިއްޔާ އަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ އިތުރުން ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދީ، ސިފައިންގެއަށް އިންސާނީ ވަސީލަތް އިތުރު ކުރުމަަށް ގިނަ މަސައްކަތްތައް ކޮށްފައިވެ އެވެ.

އޭގެ އިތުރުން ރާއްޖޭގެ އިގްތިސާދީ ހާލަތާ ނުބައްދަލު ބޮޑެތި ބޭކާރު ޚަރަދުތައް އަސްކަރިއްޔާ ކުރިއެރުވުމުގެ ނަމުގައި މުއިއްޒުގެ ސަރުކާރުން ކުރަމުން ގެންދާތީ އާންމުން ދަނީ އެކަމަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

މުޙައްމަދު ޣައްސާން މައުމޫންނަސްރުގެ ދުވަސް3 ނޮވެންބަރުއެމްއެންޑީއެފް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް