Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖަރުމަނު ޤައުމީ ޓީމު

ޤައުމީ ކެރިއަރު ނިންމާލަން ގުންޑޮގާން ނިންމައިފި

ގުންޑޮގާން ބުނެފައި ވަނީ، ޤައުމީ ކެރިއަރު ނިންމާލަން ނިންމާފައި ވަނީ އެކަމާ މެދު ވަރަށް ފުންކޮށް ވިސްނުމަށްފަހު ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 އޯގަސްޓު 2024 | އަންގާރަ 07:16
ޖަރުމަނުގެ ޑިފެންޑަރު ގުންޑޮގާން

ޖަރުމަނުގެ ޑިފެންޑަރު ގުންޑޮގާން

ޖަރުމަނު ޤައުމީ ޓީމަށް ކުޅެމުން އައި ތަޖުރިބާކާރު ޑިފެންޑަރު އިލްކާއީ ގުންޑޮގާން، ޤައުމީ ކެރިއަރު ނިންމާލައިފި އެވެ.

އުމުރުން 33 އަހަރުގެ ގުންޑޮގާން އެކަން ހާމަކޮށްފައި ވަނީ އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ގުންޑޮގާން ބުނެފައި ވަނީ، ޤައުމީ ކެރިއަރު ނިންމާލަން ނިންމާފައި ވަނީ އެކަމާ މެދު ވަރަށް ފުންކޮށް ވިސްނުމަށްފަހު ކަމަށެވެ. ގުންޑޮގާން ބުނީ 2011 ވަނަ އަހަރު ޖަރުމަނު ޤައުމީ ޓީމަށް ކުޅެން ފެށިއިރު، ޤައުމީ ޓީމުގައި 82 މެޗު ކުޅެވޭނެ ކަމަށް އުންމީދު ވެސް ކޮށްފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ގުންޑޮގާން ބުނެފައި ވަނީ އޭނާ އަށް ލިބޭ އެންމެ ޚާއްސަ ކަމަކީ، ދާދި ފަހުން އަމިއްލަ ޤައުމުގައި އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޤައުމީ ޓީމުގެ ކެޕްޓަންގެ ޙައިސިއްޔަތުން ޓީމު ލީޑު ކުރުމުގެ ފުރުސަތު ލިބުން ކަމަށެވެ. އަހަރުތަކަކަށްފަހު ޤައުމަށް އުފާވެރި ކަމެއް ކޮށްދިނުމުގެ އިޙުސާސް ކުރެވޭ ކަމަށާއި، އެކަމާ މެދު ވަރަށް ފަޚުރުވެރިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމި ނަމަވެސް، ޤައުމީ ޓީމުގެ ސަޕޯޓަރެއްގެ ގޮތުގައި ދެމި ހުންނާނެ ކަމަށެވެ. އަދި މީގެ ދެ އަހަރު ފަހުން، 2026 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރާނެ ޓީމުތަކުގެ ތެރޭގައި ޖަރުމަނު ހިމެނުމަށް ހުއްޓުމެއް ނާންނާނެ ކަމަށް ވެސް ގުންޑޮގާން ބުންޏެވެ. ޚާއްސަކޮށް އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން އަކީ މޮޅު މީހެއް ކަމަށާއި، ޖަރުމަނުގައި އޮތީ ވަރުގަދަ ޓީމެއް ކަމަށް ވެސް އޭނާ ބުންޏެވެ. ގުންޑޮގާން ވަނީ އޭނާ އަށް އެހީތެރިވެދިން ފަރާތްތަކަށް ޝުކުރު ވެސް އަދާ ކޮށްފަ އެވެ.

ޤައުމީ ޓީމުގައި ހޭދަކޮށްފައިވާ 13 އަހަރުގެ ތެރޭގައި ގުންޑޮގާން ވަނީ ޖަރުމަނަށް ކުޅެދިން 82 މެޗުގައި 18 ލަނޑު ޖަހައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ

ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ

22 އެޕްރީލު 2017
މިއަދަކީ ފުޓުބޯޅަ ކެރިއަރުގައި އެންމެ ލަދުގަތް ދުވަސް: ސުޒޭން

މިއަދަކީ ފުޓުބޯޅަ ކެރިއަރުގައި އެންމެ ލަދުގަތް ދުވަސް: ސުޒޭން

13 އެޕްރީލު 2017
ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި

ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި

12 އެޕްރީލު 2017
މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި

މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި

23 މާރިޗު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު