Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގައި ފަސް މެމްބަރުން، ޗެއާމަނަކަށް ޒުހޫރު

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލު ކުރަން ނިންމައި ފަސް މެމްބަރުންގެ ކޮމިޓީގެ ޗެއާމަންކަން ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ޒުހޫރަށް ދީފި އެވެ.

ރާއްޖެ އެމްވީ | 19 އޯގަސްޓު 2024 | ހޯމަ 19:05
ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ޒުހޫރު

ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ޒުހޫރު

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލު ކުރަން ނިންމައި ފަސް މެމްބަރުންގެ ކޮމިޓީގެ ޗެއާމަންކަން ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ޒުހޫރަށް ދީފި އެވެ.

ފީފާއިން މިހާރު ވަނީ މިކަން ދިވެހިރާއްޖޭގެ އެފްއޭއެމަށް އަންގައިފަ އެވެ. މި ކޮމިޓީގައި ޒުހޫރުގެ އިތުރުން ހިމެނެނީ ފަރީހާ ޝަރީފް އާއި އިސްމާއީލް ސިމާން އާއި ގާނޫނީ ވަކީލު އަހުމަދު މުއިއްޒު އާއި އަހްމަދު އަލީ އެވެ.

ފީފާއިން މިއަދު ޓިއުނީޝިޔާ އާއި ދިވެހިރާއްޖޭގެ އެފްއޭ ހިންގަން ކޮމިޓީއަކާ ހަވާލުކުރި ރާއްޖޭގެ އެފްއޭއެމުގެ ކަންކަން ހަމަޔަކަށް އަޅުވައި އައު އިންތިހާބު ބާއްވައި އައު ރައީސަކު ހޮވަން ޖެހޭ ފަހު މުއްދަތަކަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހެވެ.

ޒުހޫރަކީ ކުރީގެ ރައީސް އަބަދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަމުގެ އިތުރަށް ހެލްތް މިނިސްޓަރުކަމާއި ކުޅިވަރާ ބެހޭ ވަޒީރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ މި ސަރުކާރުގެ އެޗްޑީސީގެ ޗެއާމަނަކެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ މަގާމުގައި ފަސް މަސް ހޭދަކުރުމަށްފަހު މިދިޔަ ޖޫން މަހު އެވެ. މިވަގުތު ޒުހޫރު ހުންނެވީ އޮސްޓްރޭލިޔާގަ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީ އަށް ފީފާއިން ވަނީ ވަރަށް ގިނަ ބާރުތަކެއް މަތިކޮށްފަ އެވެ. މީގެ ތެރޭގައި އެފްއޭއެމުގެ ވެރިން ހިޔާނާތްވެފައިވާ ފައިސާ ރާއްޖޭގެ ގާނޫނޫ އޮނިގަނޑުގެ ތެރެއިން އަނބުރާ ހޯދުމާއި ފީފާގެ އޮޑިޓް އަދި ކޮމްޕްލަޔަންސް ކޮމިޓީގެ ފާހަގަކޮށް އަންގާފައިވާ ކަންކަން ތަންފީޒުކުރުމާއި އެފްއޭއެމުގެ އަސާސީ ގަވާއިދު އިސްލާހުކޮށް އިންތިހާބު ބޭއްވުން ހިމެނެ އެވެ.

ފީފާއިން ނޯމަލައިޒޭޝަން އައްޔަންކުރަނީ ގިނަވަގެން އެއް އަހަރު ދުވަހަށެވެ. މި ކޮމިޓީގެ މެމްބަރުންގެ މުސާރައަކަކީ 4000 ޑޮލަރާއި 6000 ޑޮލަރާ ދެމެދެވެ. އެފްއޭއެމް ނޯމަލައިޒް ކުރަން ނިންމީ އެ އިދާރާގެ އިންތިހާބު ދެ ފަހަރު މަތިން ނުބޭއްވި ގޮސް ގާނޫނީ އަދި އެޑްމިނިސްޓްރޭޓިވް ހުސްކަމަކަށް އައުމާއި މާލީ އޮތުން އެފްއޭއެމަށް ކޮރަޕްޝަނުގެ ތުހުމަތު ކުރެވި، ފީފާއިން ދީފައިވާ 1 މިލިއަން ޑޮލަރުގެ ލޯނު ފައިސާގެ މައްސަލާގައި ރައީސް ބައްސާމް އަދީލް ޖަލީލް ސަސްޕެންޑްކުރުމާއެކުގަ އެވެ.

ކޮރަޕްޓް ވެފައިވާ ރާއްޖޭގެ ފުޓްބޯޅަ ހިންގަން ހަވާލުވާ ނޯމަލައިޒޭޝަން ކޮމިޓީ އަކީ ވަރަށް ގިނަ ބާރުތަކެއް ލިބިފައިވާ ކޮމިޓީއެކެވެ. މި ގޮތުން ފީފާއިން ވަނީ މި ކޮމިޓީގެ މެމްބަރުންނަށް މައިގަނޑު ގޮތެއްގައި ހަ ކަމެއް މަތިކުރަން ނިންމައިފަ އެވެ. އެއީ:

މިއީ ފީފާއިން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ނޯމަލައިޒްކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ކުރީ 2014 ވަނަ އަހަރު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި

މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި

21 ފެބުރުއަރީ 2017
އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017
އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު