Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާ

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޯލާއެކު ޕީއެސްޖީ މޮޅުވެއްޖެ!

14 އޯގަސްޓު 2017 | ހޯމަ 04:35

ޕީއެސްޖީއިން މި މެޗު ކާމިޔާބު ކޮށްފައިވަނީ 1-3 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 14 އޯގަސްޓު 2017 | ހޯމަ 04:35
ނޭމާ ކަވާނީއާއިއެކު އުފާ ފާޅުކުރަނީ

ނޭމާ ކަވާނީއާއިއެކު އުފާ ފާޅުކުރަނީ

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޯލާއެކު ޕީއެސްޖީއިން ގެއިންގަމްޕްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ޕީއެސްޖީއިން މި މެޗު ކާމިޔާބު ކޮށްފައިވަނީ 1-3 ގެ ނަތީޖާއަކުންނެވެ. މި މެޗަކީ ދުނިޔޭގެ ރިކޯޑު ފީއަކަށް އެކްލަބަށް ބަދަލުވި ނޭމާ އެޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.

މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންއައީ ޕީއެސްޖީއިންނެވެ. އެހެން ނަމަވެސް ގެއިންގަމްޕްއިން ކުޅެމުންއައި ޑިފެންސިވް ގޭމްގެ ސަބަބުން އެޓީމުގެ ގޯލު ފޫއަޅުވާލެވޭނެ ގޮތެއް ޕީއެސްޖީއަކަށް ހޯދިފައެއް ނުވިއެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ 0-0 އަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ޕީއެސްޖީ ކޮޅަށް މެޗު އެބުރިގެން ދިޔައީ ގެއިންގެމްޕްގެ ޑިފެންޑާ އިކޯކޯ އަތުން މެޗުގެ 52 ވަނަ މިނުޓުގައި ބައިކޮޅަށް ގޯލެއް ވަނުމުންނެވެ. އޭގެ 10 މިނިޓު ފަހުން އިތުބާރު ފޯވާޑް އެޑިންސަން ކަވާނީވަނީ ނޭމާ ތަނަވަސްކޮށްދިން ފުރުސަތަކުން ޕީއެސްޖީގެ ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ 82 ވަނަ މިނުޓުގައި ނޭމާވަނީ ޕީއެސްޖީއަށް އޭނާގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވަނީ އޭނާއެވެ.

ގިނަބައެއްގެ އަމާޒު މި މެޗަށް ހުއްޓިގެން ގޮސްފައިވާއިރު މެޗަށް ފަހު ވާހަކަ ދައްކަމުން ނޭމާ ބުނެފައިވަނީ ޕީއެސްޖީއަށް ފުރަތަމަ މެޗު ކުޅެވެމުން ވަރަށް އުފާވާ ކަމަށާއި ބާސެލޯނާ ދޫކޮށްލި ކަމުގައި ވިޔަސް އޭނާގެ ކުޅުމަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ޕީއެސްޖީ އޮތީ ލިޔޯންގެ ފަހަތުން ފްރެންޗް ލީގުގެ ދެވަނައިގައެވެ. އެޓީމުގެ މެޗެއް ދެންއޮންނާނީ މިމަހުގެ 21 ދުވަހުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި

10 އެޕްރީލު 2017
ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި
08 އެޕްރީލު 2017

އަހަރެންނަކީ ދުނިޔޭގެ އެންމެ މޮޅު މިޑްފިލްޑަރެއް ނޫން: ކަންޓޭ

08 އެޕްރީލު 2017
އަހަރެންނަކީ ދުނިޔޭގެ އެންމެ މޮޅު މިޑްފިލްޑަރެއް ނޫން: ކަންޓޭ
06 އެޕްރީލު 2017

ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި

06 އެޕްރީލު 2017
ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި
03 އެޕްރީލު 2017

މިއާމީ އޯޕެންއަށް ފަހު ޖޮހޭނާގެ އަމާޒް ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާއަށް ވުމަށް

03 އެޕްރީލު 2017
މިއާމީ އޯޕެންއަށް ފަހު ޖޮހޭނާގެ އަމާޒް ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާއަށް ވުމަށް
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
09 މާރިޗު 2017

ޗެމްޕިއަންސް ލީގު: ޕީއެސްޖީ ލަދުގަންނުވާލުމަށްފަހު ބާސާ ކުއާޓާ އަށް

09 މާރިޗު 2017
ޗެމްޕިއަންސް ލީގު: ޕީއެސްޖީ ލަދުގަންނުވާލުމަށްފަހު ބާސާ ކުއާޓާ އަށް
15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
25 ޖެނުއަރީ 2017

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް