Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމައްލާ ޅަތުއްތު

މައްލާގެ ހަށިގަނޑު މާލެ ގެނެސް، ޖަނާޒާ މިރެއަށް

17 އޯގަސްޓު 2024 | ހޮނިހިރު 03:18

ކުރީގެ ރެފްރީގެ މައްޗަށް ކަށު ނަމާދުކުރުން އޮންނާނީ މިރޭ މަޢްރިބް ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ. އެއަށްފަހު ވަޅުލަން ހަމަޖައްސާފައިވަނީ ގަލޮޅު ސަހަރާގަ އެވެ.

ރާއްޖެ އެމްވީ | 17 އޯގަސްޓު 2024 | ހޮނިހިރު 03:18
މައްލާ އޭނާ އަށް ލިބުނު ރެފްރީ ބެޖްތަކާއެކު

މައްލާ އޭނާ އަށް ލިބުނު ރެފްރީ ބެޖްތަކާއެކު

އިންޑިގައި ބުރާސްފަތި ދުވަހު އަވަހާރަވި ރާއްޖޭގެ އެންމެ ފުރަތަމަ ފީފާ ރެފްރީ މައްލާ ޅަތުއްތުގެ ހަށިގަނޑު މިއަދު މާލެ ގެނެސް މިރޭ ޖަނާޒާ ބާއްވަން ނިންމައިފި އެވެ.

މެދުނުކެނޑި ބައިގަރުނު ދިވެހި ކުޅިވަރަށް ހިދުމަތްކުރެއްވި 76 އަހަރުގެ ކުރީގެ ރެފްރީގެ މައްޗަށް ކަށު ނަމާދުކުރުން އޮންނާނީ މިރޭ މަޢްރިބް ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ. އެއަށްފަހު ވަޅުލަން ހަމަޖައްސާފައިވަނީ ގަލޮޅު ސަހަރާގަ އެވެ.

ރަސްމީ ވަޒީފާއެއްގެ ގޮތުން އަހަރުތަކެއް ވަންދެން ޕަބްލިކް ވާކްސް އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ވެސް މަސައްކަތް ކުރެއްވި މައްލާ އަކީ ކުޅިވަރަށް ހިދުމަތް ކުުމުގެ ގޮތުން ހާއްސަކޮށް ރެފްރީކަމުގެ ރޮނގުން ސަރުކާރުން ދެއްވާ ހިތްވަރުގެ ދިނުމުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމް ވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި އޭނާގެ އަގުވަޒަންކޮށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޕްރެޒިޑެންޓްސް އެވޯޑް ވެސް ވަނީ 2018 ވަނަ އަހަރު ދީފަ އެވެ. އޭނާ އަވަހާރަވުމާ ގުޅިގެން ސަރުކާރުން ވަނީ މައްލާގެ އާއިލާ އަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

1968 ވަނަ އަހަރުން ފެށިގެން ގައުމީ ފެންވަރުގެ މެޗުތަކަށް ނުކުނަންމުން އައި މައްލާގެ ރެފްރީކަމުގެ ކެރިއަރު ނިމުމަކަށް އައީ 1993 ވަނަ އަހަރު އެވެ. އެއަށްފަހު އޭނާ މަސައްކަތް ކުރެއްވީ އެފްއޭމުގެ ރެފްރީޒް ޑިޕާޓްމަންޓާއި ރެފްރީން އުފެއްދުމުގަ އެވެ.

އޭނާގެ ބޭފުޅުންގެ ތެރެއިން އަހުމަދު ފިރާޒް މޫސާ (ކުޑަމައްލާ) އަކީ ގައުމީ ޓީމާއި ވިކްޓަރީ އަދި ވެލެންސިއާ އަށް ކުޅުނު ޑިފެންޑަރެކެވެ. އަދި އާމިނަތު ޝަހުރުނާޒް މޫސާ އަކީ ގައުމީ ބެޑްމިންޓަން ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

24 އެޕްރީލު 2017
ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި
13 އެޕްރީލު 2017

ނިއު ބަލިނުވުމުގެ ސިލްސިލާ އަށް މާޒިޔާއިން ނިމުން ގެނެސްފި

13 އެޕްރީލު 2017
ނިއު ބަލިނުވުމުގެ ސިލްސިލާ އަށް މާޒިޔާއިން ނިމުން ގެނެސްފި
05 އެޕްރީލު 2017

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
14 ޖެނުއަރީ 2017

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް