Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

އޮލްމޯ ރަޖިސްޓާނުވި، މިރޭ ނުކުޅޭނެ

17 އޯގަސްޓު 2024 | ހޮނިހިރު 03:20

ފްލިކް ބުނީ ޓީމު ވަރުގަދަ މި ސީޒަނަށް ގެނެވުނު ހަމައެކަނި ކުޅުންތެރިޔާ ކަމަށްވާ އޮލްމޯ މި މެޗުގައި ކުޅެން ތައްޔާރު ނޫން ކަމަށެވެ.

ރާއްޖެ އެމްވީ | 17 އޯގަސްޓު 2024 | ހޮނިހިރު 03:20
ބާސެލޯނާގެ އޮލްމޯ

ބާސެލޯނާގެ އޮލްމޯ

ބާސެލޯނާ ވަރުގަދަ ކުރަން މި ސީޒަނުގައި ގެނައި ފޯވަޑް ޑެނީ އޮލްމޯ ސްޕެނިޝް ލީގުގައި ރަޖިސްޓާނުވުމުން މިރޭ ދަންވަރު ވެލެންސިއާއާ ދެކޮޅަށް ނުކުޅޭނެކަން ކަށަވަރުވެއްޖެ އެވެ.

ބާސެލޯނާ އަށް އޭނާ ރަޖިސްޓާ ނުކުރެވުނީ ދެ ސަބަބަކާހެދި އެވެ. ފުރަތަމަ ކަމަކީ ބާސެލޯނާގެ މާލީ ހާލަތު ހުރިގޮތުން ކުޅުންތެރިން ރަޖިސްޓާކުރުމަށް ދީފައިވާ ލިމިޓްގެ މައްސަލަ ދިމާވުމެވެ. ދެ ވަނަ ސަބަބަކީ މިރޭގެ މެޗަށް އޭނާ އަށް މުހިންމުކޮށް ރަޖިސްޓާކުރަން ބޭނުންވާ އެހެން ކުޅުންތެރިން ތިބުމެވެ. ކޯޗު ހަންސީ ފްލިކް ބޭނުންވީ މި މެޗަށް ކޮންމެހެން ވެސް ޑިފެންޑަރު އިނިގޯ މާޓިނޭޒް ރަޖިސްޓާ ކުރުމަށެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފްލިކް ބުނީ ޓީމު ވަރުގަދަ މި ސީޒަނަށް ގެނެވުނު ހަމައެކަނި ކުޅުންތެރިޔާ ކަމަށްވާ އޮލްމޯ މި މެޗުގައި ކުޅެން ތައްޔާރު ނޫން ކަމަށެވެ. ނަމަވެސް ސްޕޭނުގެ ނޫސްތަކުން ބުނަނީ ފްލިކް ބޭނުންވީ ބާސެލޯނާގެ މެނޭޖްމަންޓަށް ކުޅުންތެރިން ރަޖިސްޓާ ކުރަން ދިމާވެފައިވާ ދަތިތަކުގެ ވާހަކަ ނުދައްކަން ކަމަށެވެ.

ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މޮޅަށް ކުޅެ ރަންބޫޓު ހޯދި އޮލްމޯ އަކީ ޖަރުމަނުގެ ލައިޕްޒިކަށް 68 މިލިއަން ޔޫރޯ ދީފައި ބާސެލޯނާ އަށް ގެނައު ކުޅުންތެރިއެކެވެ. ބާސެލޯނާގެ ފޯވަޑް ލައިން އޭނާ ހިމެނުމުން ވަރުގަދަވި ނަމަވެސް މިރޭގެ މެޗުގައި ފޯވަޑް ލައިން ލީޑްކުރާނީ ރޮބަޓް ލެވޮންޑޯސްކީ އާއި ލަމީން ޔަމާލް އާއި ބްރެޒިލްގެ ރަފީނިއާ އެވެ.

މި މެޗަކީ ބާސެލޯނާގެ ކޯޗުކަމާ ހަވާލުވުމަށްފަހު ފްލިކް ރަސްމީ މެޗަަކަށް ނުކުންނަ ފުރަތަމަ ފަހަރެވެ. ޖަރުމަނުގެ ބަޔާން މިއުނިކާއި ޖަރުމަނުގެ ގައުމީ ޓީމަށް މީގެ ކުރިން ކޯޗުކޮށްދިން ފްލިކް އަކީ ބަޔާންގައި ގިނަ ކާމިޔާބީތަކެއް ހޯދި ކޯޗެކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

08 އޯގަސްޓު 2017

ރެއާލް އާއި މެންޗެސްޓާ ޔުނައިޓެޑު ބައްދަލުކުރާ ޔޫއެފާ ސުޕަކަޕް މެޗު މިރޭ

08 އޯގަސްޓު 2017
ރެއާލް އާއި މެންޗެސްޓާ ޔުނައިޓެޑު ބައްދަލުކުރާ ޔޫއެފާ ސުޕަކަޕް މެޗު މިރޭ
18 ޖުލައި 2017

މިރޭ ނިކުންނަ ބޮޑު މެޗުގެ ކުރިން ނިޒާމްބެ އަދި ސުޒެއިންގެ ބަސް މިއޮތީ!

18 ޖުލައި 2017
މިރޭ ނިކުންނަ ބޮޑު މެޗުގެ ކުރިން ނިޒާމްބެ އަދި ސުޒެއިންގެ ބަސް މިއޮތީ!
29 މެއި 2017

ބޫޓާން މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމުގެ ފަރިތަކުރުން މިރޭ ފަށަނީ!

29 މެއި 2017
ބޫޓާން މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމުގެ ފަރިތަކުރުން މިރޭ ފަށަނީ!
27 މެއި 2017

އެފްއޭކަޕް: ލީގު ޗެމްޕިއަން ޗެލްސީ އާއި އާސެނަލް ކުރިމަތިލާ ވަރުގަދަ ފައިނަލް މިރޭ

27 މެއި 2017
އެފްއޭކަޕް: ލީގު ޗެމްޕިއަން ޗެލްސީ އާއި އާސެނަލް ކުރިމަތިލާ ވަރުގަދަ ފައިނަލް މިރޭ
17 މެއި 2017

ސައުތްހެމްޓަނާ ދެކޮޅަށް ކުޅޭ މެޗުގައި ޕޮގްބާ ނުކުޅޭނެ: މޮރީނިއޯ

17 މެއި 2017
ސައުތްހެމްޓަނާ ދެކޮޅަށް ކުޅޭ މެޗުގައި ޕޮގްބާ ނުކުޅޭނެ: މޮރީނިއޯ
10 މެއި 2017

މިރޭގެ މެޗަށް ސަމާލުވާން ޖެހޭ، ފައިނަލް ޔަގީނެއް ނޫން: ޒިދާން

10 މެއި 2017
މިރޭގެ މެޗަށް ސަމާލުވާން ޖެހޭ، ފައިނަލް ޔަގީނެއް ނޫން: ޒިދާން
20 އެޕްރީލު 2017

ސެރީނާ މިއަހަރުދެން އިތުރު މުބާރާތެއް ނުކުޅޭނެ

20 އެޕްރީލު 2017
ސެރީނާ މިއަހަރުދެން އިތުރު މުބާރާތެއް ނުކުޅޭނެ
12 އެޕްރީލު 2017

މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ

12 އެޕްރީލު 2017
މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ
12 އެޕްރީލު 2017

ފަސްކުރި ޑޯޓްމަންޑު މޮނާކޯ މެޗު މިރޭ!

12 އެޕްރީލު 2017
ފަސްކުރި ޑޯޓްމަންޑު މޮނާކޯ މެޗު މިރޭ!
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް