Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމޫސަލް އޮޕަރޭޝަން

މޫސަލްގައި އދ. އިން ކޭމްޕްތައް އިތުރުކޮށްދެނީ

އޮކްޓޯބަރު މަހު ފެށިފަހުން ޖުމްލަ 392،000 މީހުން ގެދޮރު ދޫކޮށް ގޮސްފައިވޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 5 އެޕްރީލު 2017 | ބުދަ 09:47
މޫސަލްގެ އާބާދީ ވަނީ ތިގްރީސް ކޯރުގެ ދެފަރާތަށް  ބެހިގެން ގޮސްފައި

މޫސަލްގެ އާބާދީ ވަނީ ތިގްރީސް ކޯރުގެ ދެފަރާތަށް ބެހިގެން ގޮސްފައި

އެމެރިކާގެ މަދަދާ އެކު އައިއެސްއާ ދެކޮޅަށް މޫސަލްގައި ކުރިޔަށްދާ އޮޕަރޭޝަން އަދިވެސް ނިމިފައި ނުވުމާއި ހަނގުރާމައިގެ ތެރޭގައި އޮތް އެ ސިޓީގައި ގެދޮރު ގެއްލުނު މީހުންގެ އަދަދު 300،000 އަށް އަރާފައި ވާތީ އެ ފަރާތްތަކަށް ޖަހާފައިވާ ކޭމްޕްތައް އިތުރުކުރަމުންދާކަމަށް އދ ން ބުނެފިއެވެ.

ޔޫއެން އޮފީސް ފޮރ ދި ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއަރސްއިން އަންގާރަ ދުވަހު ބުނީ މޫސަލްއިން އައިއެސް ފައްސާލުމުގެ އޮޕަރޭޝަން އޮކްޓޯބަރު މަހު ފެށިފަހުން ޖުމްލަ 392،000 މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށެވެ. މިހާތަނަށް އެނބުރި ގެދޮރަށް ގޮސްފައި ވަނީ 94،500 މީހުން ކަމަށް އެ އެޖެންސީން ބުނެއެވެ.

އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަންއިން ބުނާ ގޮތުގައި ގެދޮރު ދޫކޮށް ދިޔަ މީހުންގެ އަދަދު އުޅެނީ 302،400 ގައެވެ.

މޫސަލްއިން އައިއެސް ފައްސާލުމަށް ހިންގާ އޮޕަރޭޝަން ފެށުމުގެ ކުރިން އެ ސިޓީގެ އާބާދީއަކީ ދޮޅު މިލިއަނެއްހާ މީހުންނެވެ.

މޫސަލްގެ މެދުތެރެއިން ދަތުރުކޮށްފައި އޮންނަ ތިގްރީސް ކޯރުގެ ދެފަރާތަށް އެ ސިޓީގެ އާބާދީވަނީ ބެހިގެން ގޮސްފައެވެ.

ކޯރުގެ އިރުމަތިން އޮންނަ ފަޅި މިދިއަ ޖެނުއަރީ މަހު އިރާގުގެ ފައުޖުތަކުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އިރު އެމެރިކާއާ ގުޅިފައިވާ ފައުޖުތަކުން ވައިގެ މަގުންނާއި އެއްގަމު މަގުން ދޭ ހަމަލާތަކުގެ އެހީތެރިކަމާ އެކު ފެބްރުއަރީ މަހު ވަނީ މޫސަލް މިނިވަން ކުރުމުގެ އޮޕަރޭޝަނުގެ ދެވަނަ ފޭސް ފަށާފައެވެ.

އިތުރަށް ކިޔާލަން

26 މެއި 2017

މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ

26 މެއި 2017
މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
27 މާރިޗު 2017

މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި

27 މާރިޗު 2017
މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި
24 މާރިޗު 2017

އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން ދިން ހަމަލާތަކުގައި މޫސަލްގައި 230 މީހުން މަރުވެއްޖެ

24 މާރިޗު 2017
އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން ދިން ހަމަލާތަކުގައި މޫސަލްގައި 230 މީހުން މަރުވެއްޖެ
17 މާރިޗު 2017

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު