Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންގެ މަޖިލިސް

އޮޅުވާލަން މަސައްކަތް ކުރެއްވި ނަމަވެސް، ބަދަލު ނުވާނެ ހަގީގަތް!

އެ ދުވަހު ވެސް ހުންނެވީ އެ ޤާސިމް އެވެ. މިއަދު ވެސް ހުންނެވީ ޤާސިމް އެވެ. އެ ދުވަހު ނުދައްކަވާ ވާހަކަ، މިއަދު ދައްކަން ޖެހުނު ސަބަބެއް ނުވިސްނުނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 އޯގަސްޓު 2024 | ބުދަ 11:02
ޤާސިމް އިބްރާހީމް

ޤާސިމް އިބްރާހީމް

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް ދެއްކި ވާހަކަ އަކުން ކުޑަކޮށް ރުޅި ގަދަވި އެވެ. މާލިއްޔަތު ކޮމެޓީގެ މުޤައްރިރުކަން ވެސް ކުރައްވަމުން ގެންދަވާ ޤާސިމް އެ ވިދާޅުވި ވާހަކަ އިން ރުލި ގަދަ ވާނީ ހަމައެކަނި އަޅުގަނޑެއް ނޫނެވެ. ރާއްޖޭގައި މި ހިނގާ ކަންކަން އިނގޭ ހަމަ ކޮންމެ މީހަކު ވެސް ރުޅި އަންނާނެ އެވެ. ނުރުހުން ވެސް ފާޅު ކުރާނެ އެވެ.

ކޮމެޓީގައި ވާހަކަ ދައްކަމުން ޤާސިމް ވިދާޅުވީ، ރާއްޖެ އަށް މާލީ ގޮތުން ދަތި ޙާލަތެއް އައިސްގެން އުޅެނީ ކޮން އިރަކު ނަގާފައިވާ ލޯނު ތަކެއްގެ ސަބަބުންކަން މާލީ ވަޒީރު އަރިހުން އައްސަވަން ބޭނުންވާ ކަމަށެވެ. އެކަންކަން ދިވެހި ރައްޔިތުންނަށް ސާފު ކޮށްދެއްވަން ޖެހޭކަން ފާހަގަ ކުރައްވައި ޤާސިމް ވިދާޅުވީ، ހިތި ބޭހެއް ބޯން ޖެހުމާއެކު، އާސަންދަ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހިގެން އުޅޭ ސަބަބު ވެސް ރައްޔިތުންނަށް ސާފު ކޮށްދޭން ޖެހޭ ކަމަށެވެ.

ބިލިއަނުން ދައްކަން ޖެހިފައިވާ ފައިސާތައް ނުދެއްކިގެން އުޅޭ ކަމަށާއި، އެއީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނަގާފައިވާ ލޯނު ތަކެއްގެ ސަބަބުން ވެގެން އުޅޭ ކަމެއްތޯ ވެސް ބައްލަވަން ޖެހޭ ކަމަށް ޤާސިމް ވިދާޅުވި އެވެ. ޓެކްސް ބޭސް ފުޅާ ކުރުމުގެ ވާހަކަ އާއި ދެން ވެސް ކުރަން ހުރި ކަންކަމުގެ ވާހަކަ ދައްކަން ޖެހިގެން އުޅެނީ މި ސަރުކާރުން ނަގާފައިވާ ލޯނުތަކެއް ސަބަބުންތޯ ވެސް ޤާސިމް ވިދާޅުވި އެވެ. އެކަން ފާހަގަ ކުރައްވައި ޤާސިމް ވިދާޅުވީ ދަތިތަކެއް ކުރިމަތިވެގެން އުޅެނީ މިއަދުގެ ސަރުކާރުން ކޮށްފައިވާ ނުވަތަ ކުރި ކަމެއްގެ ސަބަބުން ނޫން ކަމަށެވެ.

ޖުމުލަ ގޮތެއްގައި ޤާސިމް އެ ވިދާޅުވީ ކުރީ ސަރުކާރުގެ ވާހަކަ އެވެ. 2018ން 2023ށް އޮތް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ވާހަކަ އެވެ. ޤާސިމް ބުނެދޭން ބޭނުންފުޅު ވެގެން އެ އުޅެނީ، މިއަދު މާލީ ގޮތުން ދަތިތަކެއް ތަހަންމަލު ކުރަން ޖެހިގެން މި އުޅެނީ އެ ސަރުކާރުގައި ނަގާފައިވާ ލޯނު ތަކުގެ ސަބަބުން ކަމަށެވެ. އެކަންކަމުގައި ރައީސް މުޢިއްޒުގެ ސަރުކާރުން ކޮށްގެން އުޅޭ އެއްވެސް ކަމެއް ނެތްކަން ސާބިތުކޮށްދެއްވަން ޤާސިމް އުޅުއްވީ އެވެ.

އެހެން ނަމަވެސް، އެ ވާހަކަތައް ފަހަށް ބާއްވާލުމަށްފަހު، އަޅުގަނޑު ފާހަގަ ކުރަން ބޭނުންވި ނުކުތާ ކުރުކޮށް ދަންނަވާލާނަމެވެ. 2018 ވަނަ އަހަރު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމެއް ވުޖޫދުވެގެން އައީ ޤާސިމްގެ ވެސް ބައިވެރިވުމާ އެކު އެވެ. ގިނަ ޕާޓީތަކެއް އެކުލެވޭ އިންތިހާދަކުން ވެރިކަން ކުރިއިރު، އެމްޑީޕީ ފިޔަވައި އިއްތިހާދުގެ އެންމެ ބޮޑު އިންސައްތައެއް ޙިއްސާ ކުރީ ޤާސިމް ލީޑަރުކަން ކުރައްވާ ޖުމްހޫރީ ޕާޓީ އެވެ. ވަޒީރުންގެ މަޖިލީހުގައި އެމްޑީޕީ ފިޔަވައި، ދެން އެންމެ ގިނަ ވަޒީރުން ވެސް ތިބީ ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގަ އެވެ.

އެވެރިކަމުގައި ޤާސިމްގެ އަނބިކަނބަލުންނަށް ވެސް ވަޒީރުކަން ދެއްވި އެވެ. ފަސް އަހަރުގެ ދައުރު ނިމުނުއިރު ވެސް އެކަމަނާ އިންނެވީ ވަޒީރު ކަމުގަ އެވެ. ޤާސިމް ހުންނެވީ މަޖިލިހުގެ މެމްބަރަކަށެވެ. ފަސް އަހަރުގެ އެ ދައުރު ނިމިގެން ދިޔައިރު، ކޯވިޑްގެ ބަލި މަޑު ކަމުގެ ސަބަބުން ޤައުމަށް މާލީ ގޮތުން ދަތިތަކެއް ކުރިމަތިވިޔަ ނުދިނުމަށް ސަރުކާރުން އޭރު އެޅި ފިޔަވަޅުތަކަށް އެންމެ ފުރިހަމަ އަށް ތާއީދު ކުރައްވައި، ތައުރީފު ކުރެއްވި އެއް ބޭފުޅަކީ، މިއަދު މާލިއްޔަތު ކޮމެޓީގެ މުޤައްރިރަކަށް އިންނެވި ޤާސިމް އެވެ. ސަރުކާރުން ކުރަމުން އައި މަސައްކަތަށް ފަށް ފަށުން ތައުރީފު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އެވެ.

ސަރުކާރުގެ އެންމެ ފަހު އަހަރު، ރިޔާސީ އިންތިޚާބަށް މަދު ދުވަސް ކޮޅަކަށް ވެފައި ވަނިކޮށް، އިންތިހާދުން ވަކިވެ ރިޔާސީ އިންތޚާބުގައި ވާދަކުރައްވަން ޤާސިމް ނިންމެވި އެވެ. އިންތިޚާބުގައި ވާދަކުރައްވަން ޤާސިމް ނިންމެވީ، އިންތިހާދާ އެކު ކުރިއަށް ދިޔުމުގެ ދައުުވަތު ވެސް އޮއްވަ އެވެ. އެ ޙާލަތުގައި ވެސް، ޤާސިމްބެ އަނބިކަނބަލުންނާއި، ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ވަޒީރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ނައިބު ވަޒީރުންނާއި، ކުންފުނި ތަކުގެ މެނޭޖިން ޑައިރެކްޓަރުން އަދި ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުން ވެސް ތިއްބެވީ ހަމަ ސަރުކާރުގަ އެވެ. ދުރަކަށް ވަޑައެއް ނުގަންނަވަ އެވެ. ޤާސިމްގެ ނިންމުމާ ދެކޮޅަށް ބައެއް ބޭފުޅުން ސަރުކާރާ ގުޅި ވަޑައިވެސް ގެންނެވި އެވެ.

އެމްޑީޕީގެ ފަސް އަހަރު ދުވަހުގެ ވެރިކަން ނިމުނުއިރު ވެސް، ސަރުކާރުގެ ތެރެއިން ޤާސިމަށް ލިބެން ޖެހުނު އިންސައްތަ ލިބުނެވެ. އެ ދުވަހު، ޤާސިމް މި ވާހަކަތަކެއް ނުދައްކަވަ އެވެ. އެހެން ނަމަވެސް، މާލިއްޔަތު ކޮމެޓީގެ މުޤައްރިރު ކަމަށްޓަކައި، ކުއްލި އަކަށް ޤާސިމް މި ވާހަކަތައް ދައްކަވަން ފެށުމުން އަޅުގަނޑު ހިތަށް ހަމަ އެރީ އެވެ. މިވާހަކަ ދައްކަން ޤާސިމް މިއީ އެންމެ އެކަށީގެންވާ ބޭފުޅާބާ އެވެ؟ ނޫން ނަމަ މި އުޅެނީ ސިޔާސީ ގޮތުން މަންފާތަކެއް ޙާސިލު ކުރަން ނޫންބާ އެވެ؟ ޔަގީންވާ އެއް ކަމެއް އެބަ އޮތެވެ. އެ ދުވަހު ވެސް ހުންނެވީ އެ ޤާސިމް އެވެ. މިއަދު ވެސް ހުންނެވީ ޤާސިމް އެވެ. އެ ދުވަހު ނުދައްކަވާ ވާހަކަ، މިއަދު ދައްކަން ޖެހުނު ސަބަބެއް ނުވިސްނުނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
ގއ ވިލިނގިލި ބަދަލުވެއްޖެ!

ގއ ވިލިނގިލި ބަދަލުވެއްޖެ!

20 އެޕްރީލު 2017
ބަލި ނޭނގި ބޭސްދޭ އުސޫލުން ހިންގާ ތަހުގީގު! ހައިރާނެއް ފަހެ ނުވާނެތަ؟

ބަލި ނޭނގި ބޭސްދޭ އުސޫލުން ހިންގާ ތަހުގީގު! ހައިރާނެއް ފަހެ ނުވާނެތަ؟

18 އެޕްރީލު 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު