Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސްއަށް ސިހުރު ހެދިކަމުގެ ތުހުމަތު

ރައީސް މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި

ޝަމްނާޒުގެ އިތުރުން ދެ މީހަކު ހައްޔަރުކުރީ 23 ޖޫން 2024 ގައި

އަމްނާ އިމާދު
އަމްނާ އިމާދު | 14 އޯގަސްޓު 2024 | ބުދަ 13:20
ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންވަޔަރަމެންޓު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ

ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންވަޔަރަމެންޓު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނެފިއެވެ.

ރައީސް މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި އެންވަޔަރަމަންޓު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް، އޭނާގެ ކޮއްކޮ ހައްވާ ސަނާ އަދި އިތުރު މީހަކު 23 ޖޫން 2024 ގައި ހައްޔަރުކުރިއެވެ. ނަމަވެސް ޖުލައި މަހުގެ 13 ވަނަ ދުވަހު އެ ތިން މީހުން ފުލުހުން ވަނީ ދޫކޮށްލާފައެވެ. އަދި އެމީހުން ދޫކޮށްލީ އިތުރަށް ބަންދުގައި ބައިތިއްބަން ތަހުގީގަށް ނުފެންނާތީ ކަމަށް ފުލުހުން ބުނެފައިވެއެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް ބުދަ ދުވަހު ޕީޖީން ބުނީ ރައީސް މުއިއްޒަށް ސިހުރު ހެދިކަމަށް ތުހުމަތު ކުރެވޭ މީހުންނަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ވަރަށް ހެކި ނުލިބޭތީ ކަމަށެވެ.

މިމައްސަލައާ ގުޅިގެން މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ ޝަމްނާޒް ސިހުރުހެދިކަމަށް ތުހުމަތުކޮށް، ރައީސް މުއިއްޒުވެސް އަދި އެމަނިކުފާނުގެ އާއިލާ އިން ވެސް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާކަމަށެވެ. ޝަމްނާޒު ހައްޔަރުކޮށްފައިވަނީ ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ލީކުވި ކަރޯކޭ ވީޑިއޯ ރެކޯޑު ކުރިކަމުގެ ތުހުމަތު ކުރެވޭތީ ކަމަށް ވެސް ބައެއް އާއްމުން ބުނެފައިވެއެވެ. އަދި މިއީ ސިޔާސީ ކަމެއް ކަމަށް ބުނެ އާއްމުންނާއި ސިޔާސީ ފަރާތްތަކުން ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ކިޔާފައިވެއެވެ.

އެންވަޔަރމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން ޝަމްނާޒް ވަކިކޮށްފައި ވަނީ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް އައްޔަންކުރުމުގެ ކުރިން ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރުގެ މަގާމުގައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު