Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު19 އަހަރުން ދަށުގެ ޓީމް

"މިއީ ރާއްޖޭގެ އެންމެ ވަރުގަދަ ޓީމެއް ނޫން، ނެގެން އޮތް އެންމެ ވަރުގަދަ ޓީމް"

މުބާރާތް ފަށާނީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 14 އޯގަސްޓު 2024 | ބުދަ 06:10
ކޯޗު އަހުމަދު ޝާކިރު

ކޯޗު އަހުމަދު ޝާކިރު

މިމަހު ނޭޕާލްގައި އޮންނަ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ ރާއްޖޭގެ އެންމެ ވަރުގަދަ 19 އަހަރުން ދަށުގެ ޓީމް ނޫން ކަމަށް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފި އެވެ.

މުބާރާތަށް ފުރުމުގެ ކުރިން ޝާކިއްޓެ ބުނީ މުބާރާތަށް ދަނީ ލިބެން ތިބި ކުޅުންތެރިންނަށް ބަލާއިރު އެންމެ ވަރުގަދަ ޓީމް ކަމަށެވެ. ލިބެން ތިބި ކުޅުންތެރިންނާއެކު ޓީމެއް އެކުލަވާލާ މިދިޔަ ދޮޅު މަސްދުވަހު ރަނގަޅަށް ޕްރެކްޓިސް ކުރެވުނު ކަމަށް އޭނާ ބުންޏެވެ. 19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕަށްފަހު ޓީމެއް އެކުލަވާލަން ބެލިއިރު ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށް ބުނީ ރަށްރަށުގައި ތިބި މޮޅު ކުޅުންތެރިން ފާހަގަކުރި ނަމަވެސް އެކުޅުންތެރިން މާލެ އައިސް ކުޅެން ހުރަސްތަކެއް ހުރި ކަމަށެވެ. އެކުޅުންތެރިންގެ ބެލެނިވެރިންނާ ވާހަކަ ދެއްކި ނަމަވެސް ތަފާތު ސަބަބުތަކާހުރެ މާލެ ފޮނުން ކުރިމަތިވި ހުރަސްތަކުގެ ސަބަބުން އެންމެ ވަރުގަދަ ޓީމެއް އެކުލަވާލަން އުނދަގޫވި ކަމަށް ޒުވާން ޓީމްތަކަށް ކާމިޔާބީ ހޯދައިދީފައިވާ ކޯޗު ބުންޏެވެ.

މީގެއިތުރުން މިދުވަސްވަރަކީ މިއުމުރުގެ ކުދިންގެ އޭލެވެލް އިމްތިހާނު ދުވަސްވަރަށް ވުމުންވެސް އުނދަގޫތައް ކުރިމަތިވާ ކަމަށާއި, އެކަމަކުވެސް ރަނގަޅު ޕްރެކްޓިސްތަކަކާއެކު މުބާރާތަށް ދާނީ ނަތީޖާ ނެރެން ކަމަށް ކޯޗު ޝާކިއްޓޭ ބުންޏެވެ. އޭނާ ބުނީ މިވަގުތުގެ ހާލަތާއި, ލިބެން ހުރި ވަސީލަތްތަކަށް ބަލާއިރު މިދިޔަ ދޮޅުމަސް ދުވަހު ޓީމެއް އެކުލަވާލައިގެން ރަނގަޅަށް ޕްރެކްޓިސް ކުރެވުނު ކަމަށެވެ. ގޮންޖެހުންތައް އެއްފަރާތްކޮށް މަސައްކަތް ކުރަނީ ރާއްޖޭގެ ބޯޅައިގެ ހާލަތަށްވެސް ވިސްނައިގެން ކަމަށް ޝާކިއްޓޭ ބުންޏެވެ. 

ކޯޗު ޝާކިއްޓެ ބުނީ އޭނާ ކޯޗަކަށްހުރެ ހަމަ ކުޅެލަން މުބާރާތަކަށް ނުދާނެ ކަމަށާއި, ޗެލެންޖްތަކާއެކީވެސް ދަނީ ތަށި ހޯދުމުގެ އަޒުމުގައި ކަމަށެވެ. މުބާރާތް އޮންނާނީ މިމަހުގެ 18-28 އަށެވެ. އޭގެފަހުން އަންނަ މަހު 21-30 އަށް 20 އަހަރުން ދަށުގެ އޭއެފްސީ އޭޝިޔަން ކޮލިފިކޭޝަންގައިވެސް މިޓީމް ވާދަކުރާނެ އެވެ. ކޮލިފިކޭޝަން އޮންނާނީ އިންޑޮނޭޝިޔާގައެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
05 ފެބުރުއަރީ 2017

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު