Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑޯ ފުޓްސަލް ކޮމްޕްލެކްސް

ހުޅުމާލޭގައި ޤާއިމްކުރާ އިންޑޯ ފުޓްސަލް ކޮމްޕްލެކްސް އާއި އެކު މާލެ ސަރަހައްދުގައި ކުޅިވަރުކުޅުމަށް ތޮއްޖެހުން ނިމުމަކަށް އަންނާނެ - މިނިސްޓަރ

ބ.ކެންދޫގެ ފުޓުބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ މަޝްރޫޢު ނުފެށީ މަސައްކަތް ފަށާފަ ހުއްޓަން ބޭނުން ނުވާތީ ކަމަށް ވަޒީރު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 14 އޯގަސްޓު 2024 | ބުދަ 06:07
މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަލްފާޟިލް ޢަބްދުﷲ ރާފިޢު

މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަލްފާޟިލް ޢަބްދުﷲ ރާފިޢު

ހުޅުމާލޭގައި ޤާއިމްކުރާ އިންޑޯ ފުޓްސަލް ކޮމްޕްލެކްސް އާއި އެކު މާލެ ސަރަހައްދުގައި ކުޅިވަރުކުޅުމަށް ތޮއްޖެހުން ނިމުމަކަށް އަންނާނެ ކަމަށް މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ވަނީ ގަލޮޅުގައި ފުޓްސަލް ދަނޑެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެކަމަށް ހައްލު ހޯދާދިނުމަށް ކުރަނީ ކޮން ކަމެއްތޯ ސުވާލު ކުރެއްވިއެވެ. މިނިސްޓަރ ވަނީ އިންޑޯ ފުޓްސަލް ކޮމްޕްލެކްސް އެއްގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި އެކަން ނިމުމުން އެކަމަށް ލުއިކަމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަޝްރޫޢުގެ ސަބަބުން ކުޅިވަރު ކުޅޭ ތަންތަން ހޯދުމަށް ފަސޭހަ ވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ތަނުގައި 5 ފުޓްސަލް ދަނޑު ހަދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު މިނިސްޓަރ މަޖިލީހަށް ހާޒިރު ކުރީ، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު, މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ދަށުން ކުރީގެ ސަރުކާރުން ލައިޓް ޖަހަން ނިންމާފައިވާ ބ.ކެންދޫގެ ފުޓުބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ އިތުރުން ފުޓްސެލް ދަނޑެއް އަދި ހޭންޑްބޯލް ކޯޓެއް އެޅޭނީ ކޮންއިރަކުންތޯ ކުރެއްވި ސުވާލަށް ޖަވާބު ހޯއްދެވުމަށެވެ. ބ.ކެންދޫގެ ފުޓުބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ މަޝްރޫޢު ނުފަށާ އޮތީ މަސައްކަތް ފަށާފަ ހުއްޓެން ބޭނުން ނުވާތީ ކަމަށް މިނިސްޓަރ ވަނީ އެ ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވެފައެވެ.

ބ.ކެންދޫގެ ފުޓުބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ މަޝްރޫޢު 2023 ވަނަ އަހަރު އިޢުލާންކުރި ނަމަވެސް އެ މަސައްކަތް އެވާޑްކުރެވިފައި ނުވާ ކަމަށާއި އެ ޕްރޮޖެކްޓް އެވާޑްކުރާނީ މި އަހަރު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕްރޮޖެކްޓްގެ އަގަކީ 2.6 މިލިއަން ރުފިޔާ ކަމަށާއި އެ މަސައްކަތަށް ބަޖެޓްކުރެވިފައި ވަނީ 534،689 ރުފިޔާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ މަސައްކަތަށް ފަށަން ގަސްތުކޮށްފައި ވަނީ މި އަހަރުގެ ހަތަރުވަނަ ކުއާޓާގައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެ މަސައްކަތް އަހަރުގެ ކުރީކޮޅު ފެށި ނަމަ ހުއްޓޭނެ ކަމަށާއި ބޭނުން ވަނީ ލައިޓުގެ މަސައްކަތް ނުހުއްޓި ކުރިއަށްދާންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަހަރުގެ 4 ވަނަ ކުއާޓާގައި މަސައްކަތް ފަށައިފި ނަމަ އެ މަސައްކަތް ނުހުއްޓި ކުރިއަށް ދާނެ ކަަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ރަށުގެ ހޭންޑް ބޯލް ކޯޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކައުންސިލުން އިއުލާން ކުރި އަގަށް 20 ޑިސެމްބަރ 2022ގައި ހުއްދަ ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތުގެ އަގަށް ވާ 50% ފައިސާ، 735،320.42 ރުފިޔާ ކައުންސިލަށް ވާނީ ދޫކޮށްފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ހޭންޑްބޯލް ކޯޓު ހަވާލުކުރާ ބިން ކައުންސިލުން މަސައްކަތް ކުރާ ފަރާތާއި ހަވާލު ނުކޮށް ވާތީ އަމަލީ މަސައްކަތް ލަސްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ސައިޓް ހަވާލުކުރުން ލަސްވަނީ އެއި ޖަމިއްޔާއަކަށް ދޫކޮށްފައިވާ ބިމަކަށް ވާތީ ނިންމަން ޖެހޭ ކަންކަން ނިންމަން ކޯޓު މަރުހަލާއިން ލަސްވާތީ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެ ކޯޓުގެ ސައިޒް ސްޓޭންޑާޑް ހޭންޑް ބޯލް ކޯޓުގެ ސައިޒަށް ނުފެތޭ މައްސަލަ ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެކަން ހައްލުކުރުމަށް ކައުންސިލުން ނިންމި ގޮތެއް އަދި ލިޔުމުން ނިމިފައި ނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފުޓްސަލް ދަނޑު ނުފެށި ވަނީ އެ މަސައްކަތް ނުފެށި ވަނީ ބަޖެޓުގައި ނުހިމެނޭތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރަށް ވަޒީރާއި ސުވާލުކުރަން ލިބުނު ފުރުސަތުގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވަނީ ކުޅިވަރުގެ ދާއިރާއިން ކުރެއްވީ ކޮން މަސައްކަތެއްތޯ ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން، ދައުރު ފެށުނު އިރު ވަރަށް ގިނަ ޕްރޮޖެކްޓްތައް ހުރި ކަމަށާއި އިސްކަންދެއްވީ އެކަންކަން އަވަސްކުރުމަށާއި، ޕްރޮޖެކްޓްތަކަށް ނުދެއްކި ހުރި ފައިސާ ދެއްކުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ތެރެއިން ވަރަށް އިސްކަމެއް ދެއްވައިގެން އައްޑޫ ސްޓޭޑިއަމް ނިންމުމުގެ މަސައްކަތް ކުރިއަށް ގެންގޮސް އެ މަސައްކަތް ނިންމާލާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާއި ، ދެ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާއި ، ދެ މީހަކަށް އަނިޔާވެއްޖެ

09 ޖޫން 2017
ސިފައިންގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ މިއަދު ހުޅުމާލޭގައި

ސިފައިންގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ މިއަދު ހުޅުމާލޭގައި

28 އެޕްރީލު 2017
އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

22 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

30 މާރިޗު 2017
ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު