Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯކޮށް ވާރޭވެހި ފެންބޮޑުވުން

ބޯ ވިއްސާރަ އާ އެކު ރާއްޖޭގެ އެތައް ރަށެއް ފެނުއަޑީގައި

ވިއްސާރައިގައި ގެއްލުންވަމުންދާ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ރައީޒް މުއިއްޒު ދެއްވާފައިވޭ

ރާއްޖެ އެމްވީ | 13 އޯގަސްޓު 2024 | އަންގާރަ 12:56
ރާއްޖެއަށް ކުރާ ވިއްސާރަ، މާލެ ސިޓީ (ފައިލް ފޮޓޯ)

ރާއްޖެއަށް ކުރާ ވިއްސާރަ، މާލެ ސިޓީ (ފައިލް ފޮޓޯ)

އަންގާރަ ދުވަހުގެ ފަތިހުން ފެށިގެން ރާއްޖޭގެ ބައެއް ހިސާބުތަކަށް ވެހެމުންދިޔަ ބޯ ވާރޭ އާއެކު އެތައް ރަށެއްގައި ފެން ބޮޑުވެ، މީހުންގެ މުދަލައް ގެއްލުން ލިބިއްޖެއެވެ.

ވެރިރަށް މާލެ އަށް ކުރަމުންދާ ވިއްސާރައިގައި މާލޭގެ ހުރިހާ ސަރަހައްދެއްގައި ފެން ބޮޑުވެ، މަގުތަކުގައި އެއްޗެހި ދުއްވުމަށާއި ހިނގާބިނގާވެ އުޅުމަށް ވަނީ ދަތިތައް ކުރިމަތިވެފައެވެ.

Advertisement - newsAdvertisement

މާލޭގެ ބައެއް ސަރަހައްދުތަކުގައި ކަކޫތާފެނަން ފެން ބޮޑުވެފައިވާކަން ފާހަގަ ކުރެވެއެވެ. އޭގެ ސަބަބުން ހިނގާބިނގާވެ އުޅުމަށާއި އާއްމު ދިރިއުޅުމަށް އެތައް ބަޔަކަށް ދަތިތައް ވަނީ ކުރިމަތިވެފައެވެ.

ހެނދުނުން ފެށިގެން މާލެ އަށް ވެހެމުންދާ ބޯ ވާރޭގައި މަގުތަކުގައި ފެންބޮޑުވެ، އެތައް ބަޔަކަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. މާލޭގައި ގާތްގަނޑަކަށް ހުރިހާ މަގެއްގައި މިހާރު ވަނީ ފެންބޮޑުވެފަ އެވެ.

ހުއްޓާނުލާ ރެއިން ފެށިގެން އަންގާރަ ދުވަހު އަސްރުން ތިރިވި އިރުވެސް ބައެއް ރަށްރަށް ވާރޭ ވެހެމުން ދިޔައިރު ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް އޮރެންޖު އެލާޓް ވަނީ ނެރެފައެވެ. އަދި ހއ. އަތޮޅުން ފެށިގެން ލ އަތޮޅަށް ރީނދޫ އެލަޓް ވަނީ ނެރެފައެވެ.

ފެން ބޮޑުވި ބައެއް ރަށްރަށުގައި ފުލުހުންނާއި އެމްއެންޑީއެފް އިން ވަނީ ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ. ބައެއް ރަށްރަށުގައި އާންމުން ނުކުމެ ގޭގެޔަށް ފެންވަނުން ކޮންޓްރޯލް ކުރުމަށް ވަނީ މަސައްކަތް ކޮށްފައެވެ.

މިގޮތުން ހއ.ބާރަށާއި ކުޅުއްދުއްފުށި ސިޓީގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާތީ ފުލުހުން ވަނީ ސިނަމާލެ ބްރިޖު އަދި ހައިވޭއިން ދަތުރުކުރާއިރު ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން "ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުންނުކުރުމަށާ އަދި ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށް އިލްތިމާސްކުރަން" ފުލުހުން އެކްސްގައި މޫސުމަށް ސަމާލުވުމަށް ދީފައިވާ އިރުޝާދުގައި ވެއެވެ.

ފުލުހުން ބުނެފައިވަނީ 'ބޯކޮށް ވާރޭ ވެހޭއިރު އުޅަނދު ދުއްވާނަމަ ހެޑް ލައިޓް ދިއްލައިގެން ދުއްވުމަކީ ރައްކާތެރި ވުމަށް އެޅިދާނެ ފިޔަވަޅެއް،" ކަމަށެވެ.

ވިލިމާލޭގައިވެސް މަގުތަކުގައި ފެން ބޮޑުވެފައި ވުމާއެކު ފެން ހިންދުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ވިލިމާލެ ފަޔަރ ސްޓޭޝަނުގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

އެމްއެންޑީއެފް އިން ހާމަ ކޮށްފައިވާ މައުލޫމާތައް ބަލާއިރު އަންގާރަ ދުވަހުގެ ހަވީރާ ހަމަ އަށް ވާރޭ ވެހި މާލޭގައި ފެން ބޮޑުވެފައިވާ 10 ސަރަހައްދެއްގައި ފެން ހިންދުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ފެންބޮޑުވެ، މާލޭގެ ބައެއް ގޭގެ އަށް ފެންވަންނާތީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވެސް ސިފައިން ކޮށްފައިވާ ކަމަށެވެ.

މާލެ އަށް އަންގާރަ ދުވަހު ކުރި ވިއްސާރައިގައި އައިޖީއެމްއެޗް ސަރަހައްދާއި، ވެސްޓް ޕާކް، ޕިއްޒާބޯނާ، ބޮޑުވަޅު، ދިރާގު އަދި ދަރުބާރުގެ ސަރަހައްދުގައި ފެންހިންދުމަށް އެމްއެންޑީއެފް އިން ވަނީ ހަރަކާތްތެރިވެފައެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖީގެ ރެކޯޑް ތަކުން ދައްކާގޮތުގައި ހޯމަ ދުވަހު ރެކޯޑް މިންވަރަކަށް ހއ. ކެލައަށް ވާރޭވެހިފައިވެއެވެ. މެޓުން ބުނެފައިވަނީ އެއީ އޮޓަމެޓިކް ވެދަރ ސްޓޭޝަން އިން ސައުވީސް ގަޑިއިރަކަށް ރެކޯޑް ކުރެވިފައިވާ އެންމެ މަތީ އަދަދު ކަމަށެވެ. ކެލައަށް ހޯމަ ދުވަހު 223.5 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. ހޯމަ ދުވަހު އެންމެ ވައިގަދަ ވެފައިވަނީ ފ. ނިލަންދޫ އަށް ކަމަށްވެސް މެޓުން ވަނީ ބުނެފައެވެ. ނިލަންދޫ އަށް ވައިޖެހިފައިވަނީ 46 މޭލަށެވެ.

ވިއްސާރައާ ފެންބޮޑުވުމާ ގުޅިގެން ރަސްފަންނު ސަރަހައްދު ބަންދުކޮށްފައިވާ ވުމާއެކު އާރްޓީއެލް އޯކިޑް ރޫޓް (އާރު10) ބަހާއި އަމީނީ ރޫޓް (އާރު11)ގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ. އަދި ވެސްޓް ޕާކް އާއި ހުޅުމާލެ (އާރު1) ބަހާއި، ވެސްޓް ޕާކާއި ވީއައި ރޫޓް (އާރު3) އަދި ހުޅުމާލެ ފޭސް 2 އާއި ވެސްޓް ޕާކް (އާރު7) ރޫޓްގައި ބަސް ހުއްޓާ އެންމެ ފަހު ސްޓޮޕްއެއްގެ ގޮތުގައި މާފަންނު ބަސް ޓާމިނަލް ހަމަޖައްސައިފައިވާ ކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ މާލޭގެ މަގުތަކުން ފެން ހިނދި އާއްމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދު މާލޭގެ މަގުތަކުގައި ނުދުއއްވުމަށާއި ހަތަރުފުރޮޅުލީ އުޅަނދު ރަޒޫރީ ބޭނުމެއްގައި ނޫނީ ނުދުއްވުމަށް އިލްތިމާސް ކޮށްފައެވެ. ހަމަ އެހެންމެ ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށް ވެސް ފުލުހުން އިލްތިމާސް ކުރެއެވެ.

މިހާރު ރާއްޖޭގެ އެކި އަތޮޅުތަކާއި މާލެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުންވަމުންދާ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވީ، މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ފަށާ މަޝްރޫއުގެ އެންމެ މުހިއްމު އެއް އަމާޒަކީ މާލޭގައި ފެން ބޮޑުވުން ޙައްލުކުރުން ކަމަށެވެ.

އޭގެ އިތުރުން ޑރ މުއިއްޒު ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަގުހެދުމުގެ މަޝްރޫއު ކޮންމެ އަހަރަކުވެސް ޕްލޭން ކޮށްފައިވާ ގޮތަށް، އިސްކަންދީގެން ކުރިޔަށް ގެންދެވުމުން އެ ރަށްރަށުގައިވެސް ފެން ބޮޑުވުމުގެ މައްސަލަ އަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

މެޓް އޮފީހުން މައުލޫމާތު ދީފައިވަނީ ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ކަނޑު ގަދަވާނެ ކަމަށެވެ. މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑީގައި އުދަ އެރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ މާލޭގެ މަގުތަކުން ފެން ހިނދި އާއްމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދު މާލޭގެ މަގުތަކުގައި ނުދުއއްވުމަށާއި ހަތަރުފުރޮޅުލީ އުޅަނދު ރަޒޫރީ ބޭނުމެއްގައި ނޫނީ ނުދުއްވުމަށް އިލްތިމާސް ކޮށްފައެވެ. ހަމަ އެހެންމެ ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށް ވެސް ފުލުހުން އިލްތިމާސް ކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު