Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

12 އަހަރުގެ ތެރޭގައި ގެމްބާ ޓްރޮފީ މެޗުން ފުރަތަމަ ފަހަރަށް ބާސެލޯނާ ބަލިވެއްޖެ

މިއީ ބާސެލޯނާގެ ކޯޗުކަމާ ޖަރުމަނުގެ ހަންސީ ފްލިކް ހަވާލުވީ ފަހުން އެ ޓީމު ކުޅުނު ހަތަރު ވަނަ މެޗެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 އޯގަސްޓު 2024 | އަންގާރަ 06:35
ބާސެލޯނާ އާއި މޮނާކޯ ކުޅުނު މެޗުގެ ތެރެއިން

ބާސެލޯނާ އާއި މޮނާކޯ ކުޅުނު މެޗުގެ ތެރެއިން

ސީޒަން ފެށުމުގެ ކުރިން ސްޕެއިންގެ ބާސެލޯނާ އިން ކުޅެމުން އަންނަ ގެމްބާ ޓްރޮފީ މެޗުން އެ ކުލަބު ބަލިވެއްޖެ އެވެ.

ގެމްބާ ޓްރޮފީ މެޗުގައި ހޯމަ ދުވަހުގެ ރޭ ބާސެލޯނާ ނިކުތީ މޮނާކޯއާ ދެކޮޅަށެވެ. އެ މެޗުން ބާސެލޯނާ ބަލިވެފައި ވަނީ 3-0ންނެވެ. މިއީ 12 އަހަރުގެ ތެރޭގައި ގެމްބާ ޓްރޮފީ މެޗުން ބާސެލޯނާ ބަލިވި ފުރަތަމަ ފަހަރެވެ.

މެޗުގައި މޮނާކޯ އިން އެ ޓީމުގެ ތިން ލަނޑު ވެސް ޖެހީ ފަހު ހާފުގަ އެވެ. ފަހު ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި މޮނާާކޯ އަށް ލީޑު ނަގައިދިނީ ލަމީން ކަމަރާ އެވެ. އޭގެ ހަތް މިނެޓު ފަހުން މޮނާކޯގެ ދެ ވަނަ ލަނޑު ޖެހީ ބްރީލް އެމްބޮލޯ އެވެ. މެޗުގައި މޮނާކޯގެ ތިން ވަނަ ލަނޑު ކްރިސްޓިއަން މަވިސާ އެލެބީ ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގަ އެވެ.

މިއީ ބާސެލޯނާގެ ކޯޗުކަމާ ޖަރުމަނުގެ ހަންސީ ފްލިކް ހަވާލުވީ ފަހުން އެ ޓީމު ކުޅުނު ހަތަރު ވަނަ މެޗެވެ. އޭގެ ތެރެއިން ދެ މެޗުން ބާސެލޯނާ މޮޅުވެފައިވާއިރު، ދެ މެޗުން ވަނީ ބަލިވެފަ އެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު