Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ސާޖީ ރޮބާޓޯ، ބާސެލޯނާ ދޫކޮށްލާކަން އިއުލާން ކޮށްފި

ބާސެލޯނާ އިން ސީނިއާ ކެރިއަރު ފެށި ރޮބާޓޯ އަށް، ބާސެލޯނާގެ ފުރަތަމަ ޓީމުން ޖާގަ ލިބުނީ 2010 ވަނަ އަހަރު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 އޯގަސްޓު 2024 | ހޯމަ 08:34
ބާސެލޯނާ އަށް ކުޅެމުން އައި ސްޕެއިންގެ ސާޖީ ރޮބާޓޯ

ބާސެލޯނާ އަށް ކުޅެމުން އައި ސްޕެއިންގެ ސާޖީ ރޮބާޓޯ

ބާސެލޯނާ އަށް ކުޅެމުން އައި ސްޕެއިންގެ މިޑްފީލްޑަރު ސާޖީ ރޮބާޓޯ، އެ ކުލަބު ދޫކޮށްލާކަން ރަސްމީކޮށް އިއުލާން ކޮށްފި އެވެ.

އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާ ދޫކޮށްލަން ނިންމާފައި ވަނީ އެ ކުލަބާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންނެވެ. ބާސެލޯނާގެ އެއްބަސްވުން އެންމެ ފަހުން ރޮބާޓޯ އައު ކޮށްފައި ވަނީ މިދިޔަ އަހަރު އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވީ މިއަހަރު އެވެ.

ބާސެލޯނާ އިން ސީނިއާ ކެރިއަރު ފެށި ރޮބާޓޯ އަށް، ބާސެލޯނާގެ ފުރަތަމަ ޓީމުން ޖާގަ ލިބުނީ 2010 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ބާސެލޯނާ އަށް ކުޅެދިން 373 މެޗުގައި 19 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު ރޮބާޓޯ ވަނީ 20 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު، ކޮޕާ ޑެލް ރޭ، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ލީގު އަދި ފީފާ ކުލަބު ވޯލްޑް ކަޕް ހިމެނެ އެވެ.

ބާސެލޯނާ އިން ވަނީ ރޮބާޓޯ އަށް ޝުކުރު އަދާ ކުރުމުގެ ގޮތުން، އެކަމަށްޓަކައި ޚާއްސަ ވީޑިއޯ އެއް އެ ކުލަބުގެ ރަސްމީ އެކްސް އެކައުންޓުގައި ވެސް ޕޯސްޓު ކޮށްފަ އެވެ. މީގެ އިތުރުން ރޮބާޓޯ ވެސް ވަނީ ބާސެލޯނާ އާއެކު ހޭދަ ކުރި މުއްދަތުގައި އޭނާ އަށް އެހީތެރިކަން ދިން އެންމެނަށް ވެސް ޝުކުރު އަދާ ކުރާ ކަމަށް ބުނެފަ އެވެ.

ބާސެލޯނާ ދޫކޮށްލަން ރޮބާޓޯ ނިންމާފައިވާއިރު، އޭނާ ހޯދުމުގެ މަސައްކަތް ބައެއް ކުލަބުތަކުން އަންނަނީ ކުރަމުންނެވެ. އެގޮތުން އަޔެކްސް އާއި ފިއޮރެންޓީނާ އިން އަންނަނީ ރޮބާޓޯ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ސްޕެއިންގެ މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

08 އެޕްރީލު 2017

އެމްއޯސީގެ އާދައުރަކަށް ކުރިމަތިލާނެކަން އިއުލާންކޮށް ޝަވީދުގެ މެސެޖް އެސޯސިއޭޝަންތަކަށް

08 އެޕްރީލު 2017
އެމްއޯސީގެ އާދައުރަކަށް ކުރިމަތިލާނެކަން އިއުލާންކޮށް ޝަވީދުގެ މެސެޖް އެސޯސިއޭޝަންތަކަށް
30 މާރިޗު 2017

އަންހެން ފުޓުބޯޅަ ޓީމަށް ކޯޗެއް ހޯދަން އިއުލާންކުރުން އަންނަ މަހު

30 މާރިޗު 2017
އަންހެން ފުޓުބޯޅަ ޓީމަށް ކޯޗެއް ހޯދަން އިއުލާންކުރުން އަންނަ މަހު
19 މާރިޗު 2017

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!
16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު