Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރްޑީސީގެ މައްސަލަތައް

މަޖިލިސް އިންތިޚާބާ ދިމާކޮށް 131 މިލިއަން ރުފިޔާ 4 ކުންފުންޏެއްގެ މައްޗަށް ބަހާލާފައިވޭ: މޫކޭ

އޭގެ ތެރޭގައި މިހާރުގެ ނައިބްރައީސާ ގުޅުން އޮތް ކުންފުންޏަކާއި، ޗައިނާގެ ކުންފުނިތަކެއްވެސް ހިމެނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 އޯގަސްޓު 2024 | އާދީއްތަ 07:57
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މަޖިލިސް އިންތިޚާބާ ދިމާކޮށް އާރްޑީސީގެ ބަޖެޓުން 131 މިލިއަން ރުފިޔާ ތަފާތު 4 ކުންފުންޏަކަށް ބަހާލާފައިވާކަމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަހުމަދު މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޫކޭ ވިދާޅުވީ، މަޖިލިސް އިންތިޚާބާ ދިމާކޮށް 131 މިލިއަން ރުފިޔާ 4 ކުންފުންޏެއްގެ މައްޗަށް ބަހާލާފައިވާކަމަށާއި، އޭގެ ތެރޭގައި މިހާރުގެ މަޖިލީހުގެ ނައިބްރައީސާ ގުޅުން އޮތް ކުންފުންޏަކާއި، ޗައިނާގެ ކުންފުނިތަކެއްވެސް ހިމެނޭކަމަށެވެ.

މޫކޭ ވިދާޅުވީ، މި ވާހަކަތައް އާރްޑީސީން ހިއްސާ ކޮށްދޭ ފަރާތްތައްވެސް ތިބޭ ކަމަށާއި، ނަމަވެސް އެކަމުގެ ސަބަބުން މުވައްޒަފުންނަށްވެސް ބިރުވެރިކަން ކުރިމަތި ކުރުވަމުންދާ ކަމަށެވެ.

އޭގެ އިތުރުންވެސް 500 މުވައްޒަފުން އާރްޑީސީން ވަކި ކުރުމަށް ނިންމައި، އޭގެ ތެރެއިން 300 މުވައްޒަފުންނަށް އެކަމުގެ ލިއުން ދީފައިވާ ކަމަށެވެ.

އަދި މުވައްޒަފުން ވަޒީފާގައި ބައިތިއްބަން ޖެހޭ ސަބަބު ބަޔާންކޮށް ވެރިންނަށް "އާދޭސް ދަންނަވަން" މުވައްޒަފުންނަށް މަޖުބޫރު ކުރަމުންދާކަމަށްވެސް މޫކޭ ވިދާޅުވިއެވެ.

މޫކޭ އިތުރަށް ވިދާޅުވީ، އެއްވެސް އުސޫލެއް ނެތި މަޤާމުތަކަށް މީހުން އައްޔަނު ކުރަމުންދާ ކަމަށާއި، މިވީ މުއްދަތުގައި 4 ކޮންސަލްޓުން ނަގައި އޭގެ ތެރެއިން އެކަކު ދާއިމީވެސް ކޮށްފައިވާ ކަމަށެވެ.

ކަން އެހެން އޮއްވައި އާރްޑީސީގެ ކުރީގެ މެނޭޖްމަންޓަށް މަޖިލީހުގައި ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވަނީ ހަގީގަތް އޮޅުވާލައި މި ވައްކަންތައް ފޮރުވުމަށް ކަމަށާއި، މަޖިލީހަށްވެސް ކަންކަން ސާފު ކޮށްދޭން ބޭނުންވާކަމަށް މޫކޭ ވިދާޅުވިއެވެ.

އެހެންނަމަވެސް މިހާތަނަށް މަޖިލީހުން ޖަވާބެއް ދީފައިނުވާ ކަމަށާއި، ކޮމިޓީގެ މުޤައްރިރު ގުޅުއްވައި، އެ މައްސަލަ ތާވަލު ކުރަން ކެރިވަޑައިނުގެން އުޅުއްވާކަމަށް ވިދާޅުވިކަންވެސް މޫކޭ ފާހަގަ ކުރެއްވިއެވެ.  

މޫކޭ ވަނީ މި ސަރުކާރުން ކަންކަމުގެ ހަގީގަތް އޮޅުވާނުލުމަށް ގޮވާލައްވާފައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު