Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަގުމަތީގެ ރައްކާތެރިކަން

މަގުތައް އެއްވަރުކޮށް ޒަމާނީ ފެންވަރަށް ހަދަނީ ރައްޔިތުންނަށް ފަސޭހަކުރަން، އެއްގޮތަކަށް ވެސް ރޭސް ޖަހާކަށް ނޫން - ސީޕީ

އަޑިގުޑަން މަގުތައް އެއްވަރުކޮށް ބޮޑު ހަރަދުކޮށްގެން ޒަމާނީ ފެންވަރަށް ސަރުކާރުން ހަދަނީ އެއްގޮތަކަށް ވެސް ރޭސް ޖަހަން ނޫން ކަމަށް ސީޕީ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 11 އޯގަސްޓު 2024 | އާދީއްތަ 08:06
"ރައްކާ" ރޯޑް ސޭފްޓީ ޕްރޮގްރާމްއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމިއްޔާތަށް ނައިބު ރައީސް ވަޑައިގަތުމުން ސީޕީ އެ މަނިކުފާނަށް މަރުޚަބާ ދަންނަވަނީ

"ރައްކާ" ރޯޑް ސޭފްޓީ ޕްރޮގްރާމްއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމިއްޔާތަށް ނައިބު ރައީސް ވަޑައިގަތުމުން ސީޕީ އެ މަނިކުފާނަށް މަރުޚަބާ ދަންނަވަނީ

އަޑިގުޑަން މަގުތައް އެއްވަރުކޮށް ބޮޑު ހަރަދުކޮށްގެން ޒަމާނީ ފެންވަރަށް ސަރުކާރުން ހަދަނީ، އޭގެ ސަބަބުން މަގުތައް ބޭނުންކުރާ ފަރާތްތަކާއި މަގު ބޭނުންކުރާ އުޅަނދުތައް ދުއްވަން ފަސޭހަކުރުމުގެ ގޮތުން ކަމަށާއި އެކަން ކުރަނީ ރޭސްޖަހަން ނޫންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ "ރައްކާ" ރޯޑް ސޭފްޓީ ޕްރޮގްރާމްއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެކްސިޑެންޓުތަކުގައި ބޮޑެތި އަނިޔާތައްވާ މީހުން ނުކުޅެދުންތެރިކަމާއެކު އުމުރުގެ ބާކީ ބައި ހޭދަކުރަންޖެހިފައިވާއިރު، އެ ފަރާތްތަކާއި އާއިލާތައް ތަހައްމަލުކުރަމުންދާ ވޭނަށް ލުއިކަމެއް ހޯދައިނުދެވޭނެ

Advertisement - newsAdvertisement

ސީޕީގެ ވާހަކަފުޅުގައި، 100 ވަނަ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމު ފުވައްމުލަކުގައި ހިންގަން ނިންމި ސަބަބަށް ވަނީ އަލިއަޅުވާލައްވާފައެވެ. އެ ޕްރޮގްރާމް އެ ސިޓީގައި ހިންގާ މައިގަނޑު ސަބަބަކީ މާލެ ސަރަހައްދު ފިޔަވައި އެއްރަށެއްގައި އެންމެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ އެއްރަށަކީ ފުވައްމުލަކު ސިޓީ ކަމަށް ވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ސީޕީ ވަނީ އެ ސިޓީގައި ހިނގާފައިވާ އެކްސިޑެންޓުތަކުގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން 1 ޖުލައި 2023ން 31 ޖުލައި 2024ށް ފުވައްމުލަކު ސިޓީގައި 163 އެކްސިޑެންޓް ހިނގާފައިވާ ކަމަށާއި، މި އެކްސިޑެންޓްތަކުގައި ދެ މީހަކު ނިޔާވެފައިވާ ކަމަށެވެ. އަދި އަށް މީހަކަށް ވަރަށް ބޮޑަށް އަނިޔާވެ، ދިގުމުއްދަތަކަށް ފަރުވާކުރަންޖެހިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. 

2023 ވަނަ އަހަރު މި ސިޓީގައި ހިނގާ ޓްރެފިކް އެކްސިޑެންޓްތައް، އޭގެ ކުރީ އަހަރުތަކަށްވުރެ ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން، ވިދާޅުވީ އެކްސިޑެންޓްތައް މަދުކުރެވޭނީ ސިޓީގެ މަގުތައް ބޭނުންކުރާ އެންމެހާ ފަރާތްތަކުން ހެދިފައިވާ ޓްރެފިކް ގަވާއިދުތަކަށް ޢަމަލުކޮށްގެން ކަމަށެވެ. ސްކޫލު ދަރިވަރުންނަށް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމު ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ޓްރެފިކް ގަވާއިދުތަކަށް ބޯލަނބާ ޖީލެއް އުފެއްދުން ކަމަށް ވިދާޅުވިއެވެ.  

އެމަނިކުފާނު ވަނީ ދަރިވަރުން ބޮޑެތިވެ އުޅަނދުތައް ދުއްވަން ފެށުމުން، ޓްރެފިކް ފުލުހެއް ފެންނަން ނެތް ކަމުގައި ވިޔަސް، ދަރިވަރުން އުޅަނދު ދުއްވާނީ ގަވައިދުތަކާ އެއްގޮތަށް ކަމަށާއި މަގު ހުރަސްކުރާ ފަރާތްތަކަށް ޖާގަ ދިނުމަށް އިލްތިމާސްކުރައްވާފައެވެ. ހަމައެހެންމެ އެކްސިޑެންޓްތައް މަދުކޮށް، އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުން މަދުކުރެވޭނީ މި ޕްރޮގްރާމުން ދަސްވި ކަންކަން އަބަދުވެސް ތަންފީޒުކޮށްގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެކަންކަން މައިންބަފައިންނާއި ޢާއިލާގެ މީހުންނަށާއި އެހެން މީހުންނަށް ދަސްކޮށްދޭން ޖެހޭކަަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން، ގަވައިދާ ޚިލާފަށް ދުއްވާ މީހުންނަށް ފިޔަވަޅު އެޅޭ ކަމަށާއި، އުޅަނދުތައް ޓޯވްކޮށް، އެކްސިޑެންޓްވާ އުޅަނދުތަކުގެ މައްސަލަ ބަލައި، އެ އުޅަނދުތަކަށް ބަދަލު ހޯދައިދެވޭ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، އެކްސިޑެންޓްތަކުގައި މަރުވާ މީހުން އަނބުރާ ނުގެނެވޭނެ ކަމަށާއި، ބޮޑެތި އަނިޔާތައްވާ މީހުން ނުކުޅެދުންތެރިކަމާއެކު އުމުރުގެ ބާކީ ބައި ހޭދަކުރަންޖެހިފައިވާއިރު، އެ ފަރާތްތަކުގެ އާއިލާތައް ތަހައްމަލުކުރަމުންދާ ވޭނަށް ލުއިކަމެއް ހޯދައިނުދެވޭނެ ކަމަށް ވިދާޅުވިއެވެ. ކޮންމެ މީހަކުވެސް ވެހިކަލް ދުއްވާއިރު މިކަންކަމާމެދު ވިސްނާލަންވީ ކަމަށާއި، ކަމެއް ބަދަލުކުރަން ބޭނުންވާނަމަ ފުރަތަމަ އެ ބަދަލެއް ގެންނަންވީ އަމިއްލަ ނަފްސަށް ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޙައްޖުގެ އިންތިޒާމުތައް ހުރީ ހަމަޖެހިފައި، މިނިސްޓްރީން ހަދަނީ ދޮގު: ޙައްޖު ގްރޫޕްތައް

ޙައްޖުގެ އިންތިޒާމުތައް ހުރީ ހަމަޖެހިފައި، މިނިސްޓްރީން ހަދަނީ ދޮގު: ޙައްޖު ގްރޫޕްތައް

13 ޖޫން 2017
ކަނޑަށް އަޅާ ޕްލާސްޓިކް އެއްކުރުމަށް ޕްލާސްޓިކް ކަލެކްޝަން ޕޮއިންޓްތަކެއް ހަދަނީ!

ކަނޑަށް އަޅާ ޕްލާސްޓިކް އެއްކުރުމަށް ޕްލާސްޓިކް ކަލެކްޝަން ޕޮއިންޓްތަކެއް ހަދަނީ!

07 ޖޫން 2017
އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ތޯރިގް

އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ތޯރިގް

17 މެއި 2017
ހުއްދަ ނުހޯދާ އިމާރާތް ކުރާ ފަރާތްތައް އެއް މިލިޔަން ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަަދަކުން ޖޫރިމަނާ ކުރެވޭ ގޮތް ހަދަނީ

ހުއްދަ ނުހޯދާ އިމާރާތް ކުރާ ފަރާތްތައް އެއް މިލިޔަން ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަަދަކުން ޖޫރިމަނާ ކުރެވޭ ގޮތް ހަދަނީ

12 އެޕްރީލު 2017
ސަޢޫދީ ރަސްގެފާނު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދު ކުރަނީ

ސަޢޫދީ ރަސްގެފާނު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދު ކުރަނީ

15 މާރިޗު 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު