Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާޒާއަށް ދިން ހަމަލާ އެންމެ ފަހުން ކުށްވެރިކޮށްފި

އެތައް ފަރާތްތަކަކުން ކުށްވެރިކުރި ފަހުން ގާޒާގެ ސްކޫލަކަށް އިޒްރޭލުން ދިން ހަމަލާ ރާއްޖޭގެ ފޮރިން މިނިސްޓްރީން ކުށްވެރިކޮށްފި

އީރާނުން ވަނީ އދ ގެ ސެކިއުރިޓީ ކައުންސިލް އިން އިޒްރޭލަށް ފިޔަވަޅު އެޅުމަށް ގޮވާލާފައި

ރާއްޖެ އެމްވީ | 10 އޯގަސްޓު 2024 | ހޮނިހިރު 17:26
އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ޖައިޝަންކަރު އާއި ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު

އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ޖައިޝަންކަރު އާއި ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު

ގެދޮރު ގެއްލިފައިވާ ފަލަސްތީން މީހުންގެ ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރާ ގާޒާ ގެ ސްކޫލަކަށް ފަތިސް ނަމާދަށް މީހުން ތިއްބާ ހޮނިހިރު ދުވަހު އިޒްރޭލް ސިފައިން ބޮން އަޅާ ހިންގި ގަތުލުއާއްމު ދުނިޔޭގެ އެތައް ގައުމަކުން ކުށްވެރި ކުރިފަހުން ރާއްޖޭގެ ޚާރިޖީ ވުޒާރާ އިން އެ ގަތުލުއާއްމު ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ.

ގަތުލުއާއްމު ހިންގިތާ 12 ގަޑީއިރަށްވުރެ ގިނައިރުވީ ފަހުން ހޮނިހިރުދުވަހުގެ ރޭ ރާއްޖޭގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނުގައި އިޒްރޭލުން ގާޒާ ސިޓީގެ އަލް-ތާބައީން ސްކޫލަށް ބޮންއެޅުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެފައިވެއެވެ.

ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތައް އާންމުންނާ ދެކޮޅަށް ހިންގާ މިފަދަ ގަތުލުއާއްމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާއި އދ ގެ ސެކިއުރިޓީގެ ކައުންސިލްގެ 2610 ވަނަ ނިންމުމާ ޚިލާފް އަމަލެއް ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މައުސޫމް އާއްމުންނާއި ދެކޮޅަށް ދޭ މިފަދަ ހަމަލާތައް ހުއްޓުވުމަށް ބައިނަލް އަގްވާމީ މުޖްތަމައު އަށް ދިވެހި ސަރުކާރުން ގޮވާލާ ގޮވާލުން ތަކުރާރު ކުރާ ކަމަށާއި ފަލަސްތީނަށް ދާއިމީ ސުލްހަ ގެނައުމަށް މަސައްކަތް ކުރުމަށް ގޮވާލާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

މި އަނިޔާވެރި ހަމަލާގައި 100 ށް ވުރެ ގިނަ މީހުން ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

އިޒްރޭލުގެ މި ލާއިންސާނީ އަމަލު އަރަބި އަދި މުސްލިމް ގައުމުތަކުގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގެ ހައި ރެޕްރެސެންޓެޓިވް އޮފް ދަ އީޔޫ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޖޯސެފް ބޮރެލް އަދި އދ ގެ ސްޕެޝަލް ރެޕަޓުއަރ އޮން ދަ އޮކިއުޕައިޑް ޕެލެސްޓީނިއަން ޓެރިޓަރީޒް ފްރެންސިސްކާ އަލްބެނީސް ވަނީ ކުށްވެރިކޮށްފައެވެ.

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2017

ވަކީލުން ސަސްޕެންޑް ކުރުމުން ނިގުޅައިގަނެވުނީ އެތައް ބައެއްގެ ހައްގުތައް: އިދިކޮޅު ކޯލިޝަން

12 ސެޕްޓެމްބަރު 2017
ވަކީލުން ސަސްޕެންޑް ކުރުމުން ނިގުޅައިގަނެވުނީ އެތައް ބައެއްގެ ހައްގުތައް: އިދިކޮޅު ކޯލިޝަން
01 ސެޕްޓެމްބަރު 2017

ހުޅުމާލެ ފެރީ ޓާރމިނަލް ތޮއްޖެހި، އެތައް ބަޔަކު ކިއުގައި!

01 ސެޕްޓެމްބަރު 2017
ހުޅުމާލެ ފެރީ ޓާރމިނަލް ތޮއްޖެހި، އެތައް ބަޔަކު ކިއުގައި!
30 އޯގަސްޓު 2017

އެތައް އުޅަނދެއް ހަލާކުވި ފަހުން އާ ނެރު ބަންދުކޮށްފި

30 އޯގަސްޓު 2017
އެތައް އުޅަނދެއް ހަލާކުވި ފަހުން އާ ނެރު ބަންދުކޮށްފި
26 ޖުލައި 2017

ފުލުހުން އެމްޑީޕީ ހަރުގެ ތެރެއަށް ވަދެ އެތައް ބަޔަކު ހައްޔަރުކޮށްފި

26 ޖުލައި 2017
ފުލުހުން އެމްޑީޕީ ހަރުގެ ތެރެއަށް ވަދެ އެތައް ބަޔަކު ހައްޔަރުކޮށްފި
11 ޖުލައި 2017

ވެށިފަހިމާލޭ ޕްރޮގްރާމްގެ ދަށުން އެތައްސަތޭކަ ރައްޔިތުންނަށް އަދިވެސް ފްލެޓް ލިބިފައި ނުވާތީ ހިތާމަކުރަން: މޭޔަރ ޝިފާ

11 ޖުލައި 2017
ވެށިފަހިމާލޭ ޕްރޮގްރާމްގެ ދަށުން އެތައްސަތޭކަ ރައްޔިތުންނަށް އަދިވެސް ފްލެޓް ލިބިފައި ނުވާތީ ހިތާމަކުރަން: މޭޔަރ ޝިފާ
11 އެޕްރީލު 2017

އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި

11 އެޕްރީލު 2017
އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި
06 އެޕްރީލު 2017

ރިލްވާނު ވަގަށް ނެގުން: އެތައް ސުވާލެއް، ފުލުހުންގެ ޖަވާބެއް ނެތި އަހަރެއް!

06 އެޕްރީލު 2017
ރިލްވާނު ވަގަށް ނެގުން: އެތައް ސުވާލެއް، ފުލުހުންގެ ޖަވާބެއް ނެތި އަހަރެއް!
02 އެޕްރީލު 2017

ސައުދު ނެންގެވި ފިޔަވަޅު ނަންގަވާނެ އެތައް މެމްބަރުން އެބަތިއްބެވި: ފާރިސް

02 އެޕްރީލު 2017
ސައުދު ނެންގެވި ފިޔަވަޅު ނަންގަވާނެ އެތައް މެމްބަރުން އެބަތިއްބެވި: ފާރިސް
25 ފެބުރުއަރީ 2017

ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

25 ފެބުރުއަރީ 2017
ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު