Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލާމަރުކަޒީ ނިޒާމް

"ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާ އަކީ ޤާނޫނު އަސާސީގެ ދަށުން އުފެއްދޭނެ މިނިސްޓްރީ އެއް ނޫން"

އެމްޑީޕީ އަކީ ލާމަރުކަޒީކޮށް އިދާރާތައް ހިންގަން ބާރު އަޅާ ފިކުރެއް ކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 8 އޯގަސްޓު 2024 | ބުރާސްފަތި 13:49
ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ

ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާ އަކީ ޤާނޫނު އަސާސީގެ ދަށުން އުފެއްދޭނެ މިނިސްޓްރީ އެއް ނޫންކަމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވި ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ރާއްޖޭގައި އޮތީ ދެ ފިކުރު ކަމަށާއި އެއީ އެމްޑީޕީގެ ފިކުރާއި އެއާއި އިދިކޮޅު ފިކުރު ކަމަށެވެ. އޭގެ ތެރޭގައި ޑީއާރްޕީ، ޕީޕީއެމް އަދި ޕީއެންސީ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ކަން މިހެން އޮތް އިރު އެމްޑީޕީ އަކީ ލާމަރުކަޒީކޮށް އިދާރާތައް ހިންގަން ބާރު އަޅާ ފިކުރެއް ކަަމަށާއި ދެން އޮތީ ބާރުތައް ހިފަހައްޓާ، މަރުކަޒީ ވިސްނުމުގެ ފިކުރެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ލާމަރުކަޒީ ނިޒާމް މަސައްކަތް ކުރަން ކެނޑިނޭޅި މަސައްކަތްކުރަމުން އައި ފިކުރެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކުރިންޕީޕީއެމްގެ ވެރިކަމުގައި، ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ރައީސްކަމުގައި ކައުންސިލްތަކަށް ބޮޑެތި ގޮންޖެހުންތަކާއި ދިމާވި ކަމަށް އޭނާ ވިދާޅުވިއެވެ. އޭރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ހައުސިން މިނިސްޓަރކަމުގައި ހުންނަވައިގެން ކައުންސިލްތަކުގެ ބާރުތައް އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައިވާ ކަމަށާއި، ސަހަރާ ބެލެހެއްޓުމާއި ވިހާ މަރުވާ މީހުންގެ ހިސާބުތައް ބެލެހެއްޓުން ނޫން ހުރިހާ ކަމެއް އެ ވުޒާރާގެ ދަށަށް ބަދަލުކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިން ވެސް ޕީޕިއެމްގެ ވެރިކަމުގައި ކައުންސިލްތަކަށް ނިކަމެތިކަން ދީފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިހާރު ސަރުކާރުން މަސައްކަތް ކުރަނީ އަވަސް އަރުވާލައިގެން ލާމަރުކަޒީ ޤާނޫނަށް ބަދަލުތައް ގެންނަން ކަމަށާއި އެއީ ސުވާލު އުފެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޚަރަދު ކުޑަކުރުމަށް އެ ބަދަލުތައް ގެންނަ ކަމަށް ވިދާޅުވާ އިރު ސަރުކާރުގެ މަތި ބަރުކޮށް ހިންގުން ހުއްޓާލުން ކީއްތޯ އޭނާ ވަނީ ސުވާލުކުރައްވާފައެވެ. މި ސަރުކާރުން އިންތިޚާބީ މަޤާމުތަކާއި މެދު ޢަމަލުކުރާ ގޮތަށް އޭނާ ވަނީ ފާޑު ވިދާޅުވެފައެެވެ.

އިތުރަށް ކިޔާލަން

15 މެއި 2017

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ ހުލާސާ ރިޕޯޓް އާންމުކުރާނީ މައްސަލަ ޕީޖީ އަށް ފޮނުވުމަށް ފަހު: އޭސީސީ

15 މެއި 2017
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ ހުލާސާ ރިޕޯޓް އާންމުކުރާނީ މައްސަލަ ޕީޖީ އަށް ފޮނުވުމަށް ފަހު: އޭސީސީ
18 އެޕްރީލު 2017

ވޯޓާސް ލިސްޓް އާންމުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ޚިލާފަށް، ސޮޔެއް ނުކުރާނަން: އެމްޑީޕީ

18 އެޕްރީލު 2017
ވޯޓާސް ލިސްޓް އާންމުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ޚިލާފަށް، ސޮޔެއް ނުކުރާނަން: އެމްޑީޕީ
06 އެޕްރީލު 2017

ރައުދާގެ ކްރައިމް ސީން ވީޑިއޯ އާންމުކޮށްފި

06 އެޕްރީލު 2017
ރައުދާގެ ކްރައިމް ސީން ވީޑިއޯ އާންމުކޮށްފި
05 އެޕްރީލު 2017

އާންމުންގެ ފާޑުކިޔުމަކީ ހަގީގަތެއް ނޫން ކަމަށް މީރާއިން ބުނެފި

05 އެޕްރީލު 2017
އާންމުންގެ ފާޑުކިޔުމަކީ ހަގީގަތެއް ނޫން ކަމަށް މީރާއިން ބުނެފި
30 މާރިޗު 2017

އެޗްވަންއެންވަން އާންމު ހާލަތަށް

30 މާރިޗު 2017
އެޗްވަންއެންވަން އާންމު ހާލަތަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު