Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

ރޮޑްރީ އާއި ބުސްކެޓްސްއަށް ވާން ހުރި މިޑްފީލްޑަރު ލިވަޕޫލަށް ގެންދަނީ

ސްޕޭނުގެ ރެއާލް ސޮސިއެޑާޑްގެ މިޑްފީލްޑަރު މާޓިން ޒުބިމެންޑީ އިނގިރޭސިވިލާތުގެ ލިވަޕޫލަށް ގެންދަން މަސައްކަތް ފަށައިފި އެވެ.

ރާއްޖެ އެމްވީ | 8 އޯގަސްޓު 2024 | ބުރާސްފަތި 03:25
މާޓިން ޒުބިމެންޑީ

މާޓިން ޒުބިމެންޑީ

ސްޕޭނުގެ ރެއާލް ސޮސިއެޑާޑްގެ މިޑްފީލްޑަރު މާޓިން ޒުބިމެންޑީ އިނގިރޭސިވިލާތުގެ ލިވަޕޫލަށް ގެންދަން މަސައްކަތް ފަށައިފި އެވެ.

ޒުބިމެންޑީ އަކީ އެންމެފަހުގެ ޔޫރޯ ފައިނަލްގައި ސްޕޭނުގެ ރޮޑްރީ އަށް އަނިޔާވުމުން އޭނާގެ ބަދަލުގައި ކުޅެން ނުކުތެ ކުޅުންތެރިޔާ އެވެ. އިނގިރޭސިވިލާތާ ދެކޮޅަށް އޭނާ ވަނީ އެ ފައިނަލްގައި މޮޅަށް ކުޅެފަ އެވެ. އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ދޫކޮށްލަން ސޮސިއެޑާޑްއިން ހަމަޖައްސާފައިވާ އަގަކީ 51 މިލިއަން ޔޫރޯ އެވެ.

ސްޕޭނުގެ ގިނަ ކޯޗުން ގަބޫލުކުރާ ގޮތުގައި ޒުބިމެންޑީ އަކީ ސްޕޭނުގައި މިވަގތު ހުރި އެންމެ މޮޅު ޒުވާން މިޑްފީލްޑަރެވެ. އަދި ސްޕޭނުގެ ގައުމީ ޓީމުގައި މޮޅަށް ކުޅުނު ދެ ޑިފެންސިވް މިޑްފީލްޑަރުން ކަމަށްވާ ބާސެލޯނާގެ ކުރީގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް އާއި މެންޗެސްޓާ ސިޓީގެ ރޮޑްރީގެ މަގާމު ދެން އަދާކުރާނެ ކުޅުންތެރިއަކީ ވެސް ޒުބިމެންޑީ އެވެ. މި ގޮތުން ބާސެލޯނާގެ ކޯޗުކަމުގައި ޒަވީ ހުރިއިރު ޒުބިމެންޑީ ގަންނަން ވެސް މަސައްކަތް ކުރި އެވެ. އެކަން ނާކާމިޔާބުވީ ފައިސާ ނެތިގެންނެވެ.

ޒުބިމެންޑީއާ ބެހޭ ގޮތުން ބަޔާން ލެވަކޫސަންގެ ކޯޗު ސްޕޭނުގެ ޒަވީ އަލޮންސޯ ބުނެފައިވަނީ ޒުބިމެންޑީ އަކީ ކޮންމެ ކޯޗަކު ވެސް ބޭނުންވާނެ ފަދަ ކުޅުންތެރިއެއް ކަމަށެވެ. މި ދެ މީހުންނަކީ އެއް ސަރަހައްދަކަށް ނިސްބަތްވި އަދި އެއް އެޖެންސީ އެއް ތަމްސީލުކުރާ ދެ މީީހުންނެވެ.

ލިވަޕޫލުން އޭނާ އަށް ޝައުގުވެރިވަނީ އެ ޓީމުގައި ޖޯޑަން ހެންޑަސަނާއި ތިއާގޯ އަލްސަންޓާރާ ނެތްތަން ފޯބެއްދުމަށެވެ. އއު ކޯޗު އާނޭ ސްލޮޓް މި ސީޒަނަށް އަދި ކުޅުންތެރިއަކު ލައްވައި ސޮއިނުކުރުވަ އެވެ. އޭނާ އާއި ލިވަޕޫލްގެ ސްޕޯޓިން ޑިޕާޓްމަންޓުން ބޭނުންވަނީ ގިނަ ކުޅުންތެރިންތަކެއް ގެނައުމުގެ ބަދަލުގައި ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށްފަހު މޮޅު ކުޅުންތެރިން ގެނައުމަށެވެ.

ރެއާލް ސޮސިއެޑާޑަކީ ޒުބިމެންޑީ ކުޑައިރުއްސުރެ ކުޅެމުން އަންނަ ކުލަބެވެ. ލިވަޕޫލްގެ ހުށަހެޅުން ލިބުމާއެކު އޭނާ އަށް މިވަގުތު ޖެހިފައިވަނީ ވަރަށް އުނދަގޫ ނިންމުމެއް ނިންމަން ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު