Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖޫޑް ބެލިންހަމް

އެމްބާޕޭ އައުމުން ބެލިންހަމްގެ މުހިންމުކަން ކެނޑުނީތަ؟

ރެއާލް މެޑްރިޑުގައި އިނގިރޭސި އެޓޭކިން މިޑްފީލްޑަރު ޖޫޑް ބެލިންހަމްގެ މުހިންމުކަން ކުޑަނުވާނެ ކަމަށް ކޯޗު ކާލޯ އެންޗެލޯޓީ ބުނެފި އެވެ.

ރާއްޖެ އެމްވީ | 6 އޯގަސްޓު 2024 | އަންގާރަ 00:20
ރެއާލް އަށް ލަނޑު ޖެހުމަށްފަހު ބެލިންގހަމް ދުވަނީ: ފައިލް ފޮޓޯ

ރެއާލް އަށް ލަނޑު ޖެހުމަށްފަހު ބެލިންގހަމް ދުވަނީ: ފައިލް ފޮޓޯ

ރެއާލް މެޑްރިޑުގައި އިނގިރޭސި އެޓޭކިން މިޑްފީލްޑަރު ޖޫޑް ބެލިންހަމްގެ މުހިންމުކަން ކުޑަނުވާނެ ކަމަށް ކޯޗު ކާލޯ އެންޗެލޯޓީ ބުނެފި އެވެ.

އޭނާ މިހެން ބުނީ ހުސްވި ސީޒަނުގައި މޮޅަށް ކުޅުންތެރިޔާ އަށް ފޯނު ކުރުމުން އެ ފޯނަށް ޖަވާބު ނުދީ ހުރި މައްސަލަ ފެންމަތިވުމުންނެވެ. އެންޗެލޯޓީ ބުނީ މިވަގުތު ޗުއްޓީގައި ހުރި ބެލިންހަމަށް އޭނާ ފޯނު ކުރުމުން ޖަވާބު ނުދިނުމުގެ އިތުރަށް ފަހުން ނުވެސް ގުޅާ ކަމަށެވެ. ނަމަވެސް ބްރެޒިލްގެ ފޯވަޑް ވިނީޝިއަސް ލައްވައި ގުޅުމުން ސިކުންތުކޮޅެއްގެ ތެރޭގައި ބެލިންހަމް ފޯނު ނެގި ކަމަށާއި އޭނާ އަށް ބެލިންހަމާ ވާހަކަ ދެކެވުނީ އެ ފޯނު ކޯލުން ކަމަށެވެ.

އެންޗެލޯޓި ބުނީ ބެލިންހަމަކީ ހުސްވި ސީޒަނުގައި އެންމެ މޮޅަށް ކުޅުނު އެއް ކުޅުންތެރިޔާ ކަމަށާއި ޓީމުގައި އޮތް އޭނާގެ ދައުރަށް ބަދަލެއް ނާންނަ ކަމަށެވެ. ނަމަވެސް ސްޕޭނުގެ ބައެއް މީޑިއާތަކުން ބުނަނީ ފްރާންސްގެ ފޯވަޑް އަދި ކެޕްޓަން ކީލިއަމް އެމްބާޕޭ ރެއާލް އަށް އައުމުން ޓީމުގެ ކުރި އަތުރާނެ ގޮތަކާމެދު ބެލިންހަމް ކަންބޮޑުވެފައިވާ ކަމަށެވެ. މި ގޮތުން އޭނާ އެންމެ ބޮޑަށް ކަންބޮޑުވަނީ އެޓޭކިން ރޯލެއް ނުލިބިދާނެތީ އެވެ. ސަބަބަކީ ރެއާލްގައި އެޓޭކިން ކުޅުންތެރިން އާދަޔާ ހިލާފަށް އިތުރުވެފައިވާތީ އެވެ.

ނަމަވެސް އެންޗެލޯޓީ ބުނީ މިދިޔަ މަހު ނިމުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިނގިރޭސި ގައުމީ ޓީމުގައި ވެސް ފްރީ ރޯލެއް ދިނުމުން ބެލިންހަމް ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށާއި ރެއާލްގައި އޭނާގެ ރޯލަށް ބަދަލު އަންނާނެ ޖާގަ ނެތް ކަމަށެވެ.

މިދިޔަ ސީޒަނުގައި ބެލިންހަމް ވަނީ 23 ގޯލު ޖަހައިފަ އެވެ. އޭނާ އެންމެ ކުޅޭ ހިތްވަނީ ފޯވަޑެއްގެ ފަހަތުންނެވެ. ނަމަވެސް ރެއާލްގައި އެމްބާޕޭ އާއި ވިނީޝިއަސް އާއި ބްރެޒިލްގެ ފޯވަޑް ރޮޑްރީގޯ އާއި އެންޑްރިކް އަދި ތުރުކީގެ އަރްދާ ގުލާ އާއި ސްޕޭނުގެ ފޯވަޑް ހޮސެލޫ ފަދަ ކުޅުންތެރިން ތިބުމުން ބެލިންހަމަށް ލިބޭ ވަގުތު މަދުވެދާނެ ކަމުގެ ކަންބޮޑުވުން އޭނާ ގެންގުޅެ އެވެ.

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2017

އެމްބާޕޭއަށް މެސީއާ އަރާ ހަމަނުކުރެވޭނެ: ގާޑިއޯލާ

16 ސެޕްޓެމްބަރު 2017
އެމްބާޕޭއަށް މެސީއާ އަރާ ހަމަނުކުރެވޭނެ: ގާޑިއޯލާ
09 ސެޕްޓެމްބަރު 2017

ކުޓީނިއޯއާ އެއްވެސް މައްސަލައެއް ނެތް، އެނބުރި އައުމުން އުފާވޭ: ކްލޮޕް

09 ސެޕްޓެމްބަރު 2017
ކުޓީނިއޯއާ އެއްވެސް މައްސަލައެއް ނެތް، އެނބުރި އައުމުން އުފާވޭ: ކްލޮޕް
07 ސެޕްޓެމްބަރު 2017

ޕީއެސްޖީއާ ގުޅުނީ އާސެނަލް ރިޖެކްޓް ކުރުމަށްފަހު: އެމްބާޕޭ

07 ސެޕްޓެމްބަރު 2017
ޕީއެސްޖީއާ ގުޅުނީ އާސެނަލް ރިޖެކްޓް ކުރުމަށްފަހު: އެމްބާޕޭ
04 ސެޕްޓެމްބަރު 2017

ޕީއެސްޖީއަށް ބަދަލުވީ އަމިއްލަ ގައުމުގައި ހުރެގެން ކުރިޔަށް ދާން: އެމްބާޕޭ

04 ސެޕްޓެމްބަރު 2017
ޕީއެސްޖީއަށް ބަދަލުވީ އަމިއްލަ ގައުމުގައި ހުރެގެން ކުރިޔަށް ދާން: އެމްބާޕޭ
28 އޯގަސްޓު 2017

އޭޝިއާގެ އެއްވަނަ ހޯދި ޝާންޓެ ރަން މެޑަލާއެކު ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

28 އޯގަސްޓު 2017
އޭޝިއާގެ އެއްވަނަ ހޯދި ޝާންޓެ ރަން މެޑަލާއެކު ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
18 އޯގަސްޓު 2017

މިރޭ މެޓްޒްއާ ދެކޮޅަށް ކުޅޭ މެޗަށް މޮނާކޯއިން ނެގި ސްކޮޑުން އެމްބާޕޭ ބާކީކޮށްފި

18 އޯގަސްޓު 2017
މިރޭ މެޓްޒްއާ ދެކޮޅަށް ކުޅޭ މެޗަށް މޮނާކޯއިން ނެގި ސްކޮޑުން އެމްބާޕޭ ބާކީކޮށްފި
11 އޯގަސްޓު 2017

ޕީ.އެސް.ޖީއިން އެމްބާޕޭ ގެންދަން މަސައްކަތްކުރަނީ!

11 އޯގަސްޓު 2017
ޕީ.އެސް.ޖީއިން އެމްބާޕޭ ގެންދަން މަސައްކަތްކުރަނީ!
11 ޖުލައި 2017

ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ

11 ޖުލައި 2017
ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ
27 މެއި 2017

ބުފޮން އަށް "ބެލަންޑިއޯ" އެވޯޑް ހައްގު: އެމްބާޕޭ

27 މެއި 2017
 ބުފޮން އަށް "ބެލަންޑިއޯ" އެވޯޑް ހައްގު: އެމްބާޕޭ
05 އެޕްރީލު 2017

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު