Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކިލިއަން އެމްބާޕޭ

އެމްބާޕޭއަށް މެސީއާ އަރާ ހަމަނުކުރެވޭނެ: ގާޑިއޯލާ

ގާޑިއޯލާ ވަނީ އެމްބާޕޭ އަދި މެސީ އަޅާކިޔާ ނޫސްވެރިންނާ ކުޅުންތެރިން އަދި ކޯޗުންނަށް ފާޑުކިޔާފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 16 ސެޕްޓެމްބަރު 2017 | ހޮނިހިރު 09:04
އެމްބާޕޭ، މެސީ އަދި ގާޑިއޯލާ

އެމްބާޕޭ، މެސީ އަދި ގާޑިއޯލާ

ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭއަށް ލިއޮނެލް މެސީއާ އެއްފެންވަރަށް ނާދެވޭނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ގާޑިއޯލާ ބުނެފައި ވަނީ އެމްބާޕޭ އަކީ ތަފާތު މޮޅު ކުޅުންތެރިޔެއް ކަމަށާއި އަދި މުސްތަގުބަލުގައި އޭނާ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާއަށް ވާނޭ ކަމަށެވެ. އެހެނަސް މެސީއާ އެއް ހަމަޔަކަށް އޭނާއަށް އާދެވުމަކީ ވާނޭ ކަމެއް ނޫން ކަމަށް ގާޑިއޯލާ ބުންޏެވެ. އެގޮތުން 12 އަހަރު ވަންދެން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ދެމިހުރުމަކީ އޭނާއަށް ކުރަން ވަރަށް އުނދަގޫ ވާނެ ކަމެއް ކަމަށް ގާޑިއޯލާ ބުންޏެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނެފައި ވަނީ މެސީއަކީ ކޮންމެ ސީޒަނެއްގައި ވެސް މަދުވެގެން 50 ލަނޑު ޖަހާ ކުޅުންތެރިޔެއް ކަމަށާއި އޭނާއަކީ ހުރިހާ ބޮޑެތި ޓީމުތަކާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ތަފާތު ދައްކާ ކުޅުންތެރިޔެއް ކަމަށެވެ. ހަމަ އެހެންމެ ކޮންމެ ތިން ދުވަހަކުން އޭނާ މެޗެއް ކުޅޭއިރު އިންޖަރީ ނުވެ އޭނާ ކުޅޭ ކަމަށާއި މެސީ އޭނާގެ ހަށިގަނޑު ވަރަށް ރަނގަޅަށް ގެންގުޅޭ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

މިފަދަ ސަބަބުތަކަކާ ހުރެ އެމްބާޕޭއަށް މެސީއާ އެއް ހަމަޔަކަށް ނާދެވޭނެ ކަމަށް ގާޑިއޯލާ ހާމަކުރިއެވެ. ގާޑިއޯލާ ވަނީ އެމްބާޕޭ އަދި މެސީ އަޅާކިޔާ ނޫސްވެރިންނާ ކުޅުންތެރިން އަދި ކޯޗުންނަށް ފާޑުކިޔާފައެވެ. އެގޮތުން މި ދެ ކުޅުންތެރިން އަޅާކިޔުމަކީ ވަރަށް ގޯސްކަމެއް ކަމަށާއި އެމްބާޕޭއާ މެސީ އަޅާކިޔޭނީ އެމްބާޕޭގެ ކެރިއަރު ނިމުމުން ކަމަށް އޭނާ ބުންޏެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެމްބާޕޭވަނީ ގާޑިއޯލާގެ ސިޓީއާ ދެކޮޅަށް ކުޅުނު ދެ މެޗުގައި މޮޅު ކުޅުމެއް ދައްކާ އެ ޓީމުގެ ކޮޅަށް ދެ ލަނޑު ޖަހާފައެވެ.

މިދިޔަ ސީޒަނުގައި މޮނާކޯއަށް ކުޅުނު ނަމަވެސް އެމްބާޕޭވަނީ މި ސީޒަނުގައި އެ ޓީމުގެ ވާދަވެރި ޕީއެސްޖީއަށް 180 މިލިއަން ޔޫރޯގެ ލޯނު އެއްބަސްވުމެއްގެ ދަށުން ބަދަލުވެފައެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި މޮނާކޯއަށް ކުޅުނު 44 މެޗުގައި 26 ލަނޑު ޖަހާފައެވެ.

އިތުރަށް ކިޔާލަން

11 މެއި 2017

ސޮލިޑާރިޓީ ގޭމްސްގެ ރާއްޖޭގެ ފްލެގް ބިއަރާ އަކަށް ފާލިހް

11 މެއި 2017
ސޮލިޑާރިޓީ ގޭމްސްގެ ރާއްޖޭގެ ފްލެގް ބިއަރާ އަކަށް ފާލިހް
02 އެޕްރީލު 2017

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017
ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި
20 މާރިޗު 2017

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

20 މާރިޗު 2017
ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި
08 މާރިޗު 2017

ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް

08 މާރިޗު 2017
ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު