Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއިލް - ލުބުނާން ހަނގުރާމަ

އެމެރިކާ، ފްރާންސް، އިނގިރޭސިވިލާތުގެ ރައްޔިތުން ލުބްނާން ދޫކޮށް ދިއުމަށް އަންގައިފި

ގިނަ އެއަރލައިން ތަކަކުން އީރާނަށާއި، އިޒްރޭލަށާއި ލުބްނާނަށް ކުރާ ދަތުރުތައް ހުއްޓާލައިފިއެވެ.

ރާއްޖެ އެމްވީ | 4 އޯގަސްޓު 2024 | އާދީއްތަ 13:05
އިޒްރޭލުން ހިފާފައިވާ ގަލީލީ ސަރަހައްދުގެ މައްޗަށް ލުބުނާނުން ދިން ހަމަލާ ހުއްޓުވުމަށް އިޒްރޭލުގެ އަޔަން ޑޯމް އެއަރ ޑިފެންސް ސިސްޓަމް ބޭނުންކޮށް ހަމަލާދެނީ

އިޒްރޭލުން ހިފާފައިވާ ގަލީލީ ސަރަހައްދުގެ މައްޗަށް ލުބުނާނުން ދިން ހަމަލާ ހުއްޓުވުމަށް އިޒްރޭލުގެ އަޔަން ޑޯމް އެއަރ ޑިފެންސް ސިސްޓަމް ބޭނުންކޮށް ހަމަލާދެނީ

އެމެރިކާ، ފްރާންސް، އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ލުބްނާން ދޫކޮށް ވަގުތުން ދިއުމަށް އެ ގައުމުތަކުގެ ސަރުކާރުތަކުން އަންގައިފިއެވެ.

އެމެރިކާގެ ރުހުން ލިބިގެން އިޒްރޭލުން ހަމާސްގެ ވެރިޔާ އިސްމާއީލް ހަނިއްޔާ މިދިޔަ ބުދަ ދުވަހު އަވަހާރަ ކޮށްލުމާ ގުޅިގެން މެދުއިރުމަތީގެ މަސްރަހް ނުތަނަވަސް ވަމުން ދާއިރު، އިޒްރޭލާ ދެކޮޅަށް ވަރުގަދަ ހަނގުރާމަ އެއް އީރާނުން އިސްވެ އޮވެ ކޮންމެ ވަގުތެއްގައިވެސް ފަށާފާނެ ކަމަށް ވަނީ ބެލެވިފައެވެ.

އީރާނުގައި ހުންނަވަނިކޮށް ހަނިއްޔާ އަވަހާރަކޮށްލިއިރު އޭގެ ގަޑީއިރު ތަކެއް ކުރިން ލުބުނާނަށް ހަމަލާދީ ހިޒްބުﷲ ގެ އިސް ކޮމާންޑަރެއް ކަމަށްވާ ފުއާދް ޝުކްރު އިޒްރޭލުން ވަނީ އަވަހާރަކޮށްލާފައެވެ.

ގާތްގާތުގައި ދިން މި ދެހަމަލާގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އީރާނުންނާއި ހިޒްބުﷲ އިން އިޒްރޭލަށް ވަނީ ދީފައެވެ.

އިޒްރޭލްގެ އެންމެ ގާތް މަދަދުވެރިޔާ އެމެރިކާ އިން އެ ގައުމުގެ ރައްޔިތުން ލުބުނާނުން "ޓިކެޓް ލިބެން އޮތް ގޮތަކަށް ހޯދައިގެން އަވަހަށް ފުރުމަށް" އެންގި އިރު، އިޒްރޭލް ދިފާއު ކޮށް ދިނުމަށް އިތުރު ހަނގުރާމަމަތީ މަނަވަރަކާއި ފައިޓަރ ޖެޓް ތައް މެދުއިރުމަޗަށް ފޮނުވާނެ ކަމަށް ވަނީ ބުނެފައެވެ.

މަސްރަހް ދުވަހެއް ދުވަހަކަށް ހޫނުވަމުންދާއިރު ކެނެޑާ އިން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އިޒްރޭލަށް ދަތުރު ނުކުރުމަށް ކެނެޑާ ރައްޔިތުންނަށް އިރުޝާދު ދީފައެވެ.

އަނެއްކޮޅުން، ޑަޗް އެއަރލައިން އާއި، ލުފްތާންސާ، އެމިރޭޓްސް، އެއަރފްރާންސް، ޓާކިޝް އެއަރލައިންސް، ސިންގަޕޯރ އެއަރލައިންސް އަދި ސްވިސް އެއަރލައިން ގެ ދަތުރުތައް އިޒްރޭލަށާއި، އީރާނަށާއި، ލުބުނާނަށް ކުރުން ވަނީ ހުއްޓާލާފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު