Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

ޗެލްސީން ގަލެގާ ތަޅު އަޅުވައިފި

އެތްލެޓިކޯ މެޑްރިޑަށް ދާން އުޅޭ މިޑްފީލްޑަރު ކޯނާ ގަލެގާ ދިޔަނުދީ ޗެލްސީން އޭނާ ތަޅު އަޅުވައިފި އެވެ.

ރާއްޖެ އެމްވީ | 3 އޯގަސްޓު 2024 | ހޮނިހިރު 14:39
ކޯނާ ގަލެގާ

ކޯނާ ގަލެގާ

އެތްލެޓިކޯ މެޑްރިޑަށް ދާން އުޅޭ މިޑްފީލްޑަރު ކޯނާ ގަލެގާ ދިޔަނުދީ ޗެލްސީން އޭނާ ތަޅު އަޅުވައިފި އެވެ.

ޗެލްސީއާއެކު ގަލެގާ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި އެއް އަހަރު އެބައޮތެވެ. މިހެންވެ އޭނާއަށް އެތްލެޓިކޯ އަށް ކުޅެން ދެވޭނީ ޗެލްސީގެ ރުހުން ލިބިއްޖެނަމަ އެވެ.

މައްސަލަ ޖެހިގެން އުޅެނީ ދެ ކުލަބުން ވެސް އޭނާ ބޭނުންވުމުންނެވެ. ޗެލްސީން ވަނީ ގަލެގާ އަށް އާ ކޮންޓްރެކްޓެއް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް ދެ އަހަރު ދުވަހަށް ދިން ކޮންޓްރެކްޓާމެދު ގަލެގާ ހިތްހަމަނުޖެހެ އެވެ. އޭނާ ބޭނުންވަނީ ޗެލްސީގެ އެހެން ކުޅުންތެރިންނަށް ވެސް ދީފަައިވާ ފަދައިން ދިގު މުއްދަތެއްގެ ކޮންޓްރެކްޓެކެވެ. ނަމަވެސް މިކަން ކުރުމަށް ޗެލްސީ އަށް އަދި އެއްބަހެއްނުވެވެ އެވެ.

ސްޕޭނުގެ އެތްލެޓިކޯ އިން އޭނާ ގަތުމަށް ޗެލްސީ އަށް ހުށަހަޅާފައިވަނީ 24 މިލިއަން ޕައުންޑެވެ. މި އަގަށްވުރެ ބޮޑަށް ޗެލްސީން ބޭނުންވަނީ ކުޅުންތެރިޔާ ހިފަހައްޓާށެވެ. ސަބަބަކީ އޭނާ މަޑުކުރުވައިފިނަމަ ކުރިއަށް އޮތް ސީޒަން ނިމުމުގެ ކުރިން އައު ކޮންޓްރެކްޓްގައި ސޮއިކުރަން ވަގުތު ލިބޭނެތީ އެވެ. އަނެއްކޮޅުން އެތްލެޓިކޯއިން ވަނީ ގޮތެއް ނިންމަން މި ހަފުތާގެ ނިޔަލަކަށް ގަލެގާ އަށް ފުރުސަތު ދީފަ އެވެ.

މިހެންވެ އިނގިރޭސި ގައުމީ ޓީމުގެ މިޑްފީލްޑަރު ވަނީ ޗުއްޓީ ކުރުކޮށްލުމަށްފަހު ކުލަބާއެކު މަޝްވަރާއަށް އައިސްފަ އެވެ. ޓީމުގެ ފަރިތަކުރުންތަކަށް އިއްޔެ އޭނާ ނުކުންނަން އޮތް ނަމަވެސް ގަލެގާ މުޅި ދުވަސް ހޭދަކުރީ ޓީމުގެ އޮފިޝަލުންނާއެކު މަޝްވަރާ ކުރުމުގަ އެވެ.

ޗެލްސީން މިހާރު ނިންމާފައިވަނީ ގަލެގާ ކޮންޓްރެކްޓް އާނުކުރާނަމަ މި ސީޒަނުގައި އޭނާ އަށް ފުރަތަމަ ޓީމުން ޖާގަ ނުދޭ ގޮތަށެވެ. މިއީ ވެސް އޭނާ ކުލަބުގައި ބަހައްޓަން ފާޑަކަށް މަޖުބޫރުކުރުވުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރެނާޓޯ ސަންޗޭޒް އަށް ޗެލްސީން ޝައުގުވެރިވާކަމަށް ބަޔާން އިން ބުނެފި

ރެނާޓޯ ސަންޗޭޒް އަށް ޗެލްސީން ޝައުގުވެރިވާކަމަށް ބަޔާން އިން ބުނެފި

28 ޖުލައި 2017
އެއްބަސްވުމާ ބެހޭ ގޮތުން ކޯސްޓާއާ އެކު ޗެލްސީން މަޝްވަރާތައް ފަށައިފި

އެއްބަސްވުމާ ބެހޭ ގޮތުން ކޯސްޓާއާ އެކު ޗެލްސީން މަޝްވަރާތައް ފަށައިފި

08 ޖުލައި 2017
ކޯސްޓާ ރިޕްލޭސް ކުރުމަށް ޗެލްސީން ލުކާކޫ ހޯދުމަށް 100 މިލިއަން ޕައުންޑު ހުށަހަޅައިފި

ކޯސްޓާ ރިޕްލޭސް ކުރުމަށް ޗެލްސީން ލުކާކޫ ހޯދުމަށް 100 މިލިއަން ޕައުންޑު ހުށަހަޅައިފި

09 ޖޫން 2017
ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި

ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި

03 ޖޫން 2017
ވެރާޓީ ހޯދުމަށް އެންމެފަހުން ޗެލްސީން 55 މިލިއަން ޕައުންޑު ހުށަހަޅައިފި

ވެރާޓީ ހޯދުމަށް އެންމެފަހުން ޗެލްސީން 55 މިލިއަން ޕައުންޑު ހުށަހަޅައިފި

18 މެއި 2017

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު