Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕެޕް ގާޑިއޯލާ

އިންޓަވަލް ގަޑީގައި ގާޑިއޯލާ ދެން މާ ގިނަ ވާހަކަ ނުދައްކާނެ

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި އިންޓަވަލް ގަޑީގައި މާގިނަ ވާހަކަ ނުދައްކާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ރާއްޖެ އެމްވީ | 3 އޯގަސްޓު 2024 | ހޮނިހިރު 10:06
ޕެޕް ގާޑިއޯލާ

ޕެޕް ގާޑިއޯލާ

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި އިންޓަވަލް ގަޑީގައި މާގިނަ ވާހަކަ ނުދައްކާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ޕްރިމިއާ ލީގު ސިޓީ އަށް ކާމިޔާބުކޮށްދިން ކޯޗު މި ގޮތަށް ނިންމީ އޭނާގެ ކުލަބު ޕްރިމިއާ ލީގުގެ ގަވައިދާ ހިލާފުވުމުން ޖޫރިމަނާ ކުުރުމުންނެވެ. ސިޓީ ޖޫރިމަނާ ކުރީ އިންޓަވަލް ގަޑިއަށްފަހު ދެ ވަނަ ހާފަށް ދަނޑަށް ނުކުންނަންޖެހޭ ވަގުތަށްވުރެ ފަހުން 22 މެޗެއްގައި ދަނޑަށް ނުކުމެފައިވާތީ އެވެ. ސިޓީ ޖޫރިމަނާކޮށްފައިވަނީ 2.9 މިލިއަން ޕައުންޑުންނެވެ.

އެމެރިކާގައި ޕްރީ ސީޒަން ހަދަމުންދާ ޓީމުގެ ކުޅުންތެރިންނާ ބެހޭ ގޮތުން ގާޑިއޯލާ ބުނީ ކުރީ ސީޒަނަށްވުރެ ފަށަން އުޅޭ ސީޒަނުގައި ސިޓީ ފެންނާނީ ވަރުގަދަކޮށް ކަމަށެވެ. ނަމަވެސް އޭނާ ވަނީ އާޖެންޓީނާގެ ފޯވަޑް ހޫލިއަން އަލްވަރާޒްގެ ކުރިމަގާމެދު ވާހަކަ ދައްކަން އިންކާރުކޮށްފަ އެވެ.

އާޖެންޓީނާ އަށް 2022ގެ ވޯލްޑްކަޕާއި މި އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކޮށްދިން އަލްވާޒް އަކީ މިދިޔަ ތިން ސީޒަނުގައި ވެސް ސިޓީގައި މޮޅަށް ކުޅުނު ކުޅުންތެރިއެކެވެ. ނަމަވެސް ގަވައިދުން ފުރަތަމަ 11ގައި ކުޅެން ފުރުސަތު ނުލިބޭތީވެ އޭނާ ދަނީ އެހެން ޓީމަކަށް ބަދަލުވުމަށް މަސައްކަތް ކުރަމުންނެވެ. މި ގޮތުން ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑާއި އާޖެންޓީނާގެ ކުލަބުތަކުން ވެސް ވަނީ އަލްވާޒަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ. ގާޑިއޯލާ ބުނީ އޭނާގެ ޓީމުފެ ކޮންމެ ކުޅުންތެރިއަކު ވެސް ހިތްހަމަޖެހިގެން ކުޅެން ބޭނުންވާ ކަމަށާއި އެކަމަށްޓަކައި އޭނާ އަށް ކޮށްދެންވެން އޮތް ކަމެއްވިއްޔާ ކޮށްދޭނެ ކަމަށެވެ. ނަމަވެސް ވަކިވަކި ކުޅުންތެރިންގެ ކުރިމަގާމެދު ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
11 ފެބުރުއަރީ 2017

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
26 ޖެނުއަރީ 2017

މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

26 ޖެނުއަރީ 2017
މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު