Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑްކަޕް 2034

ތަފާތު ޑިޒަންތަކާއެކު ވޯލްޑްކަޕަށް ސައޫދީގައި 15 ސްޓޭޑިއަމް

1 އޯގަސްޓު 2024 | ބުރާސްފަތި 05:46

ސައޫދީ އަރަބިއާ އަކީ 2034 ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވަން ބިޑްކުރި ހަމައެކަނި ގައުމެވެ.

ރާއްޖެ އެމްވީ | 1 އޯގަސްޓު 2024 | ބުރާސްފަތި 05:46
ވޯލްޑްކަޕް 2034 އަށް ސައޫދީން ތައްޔާރުކުރާ ދަ ކިންގް ސަލްމާން

ވޯލްޑްކަޕް 2034 އަށް ސައޫދީން ތައްޔާރުކުރާ ދަ ކިންގް ސަލްމާން

2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ސައޫދީ އަރަބިއާއިން 15 ސްޓޭޑިއަމް ތައްޔާރުކުރާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

މީގެ ތެރެއިން 11 ސްޓޭޑިއަމަކީ މުޅިން އަލަށް ބިނާކުރާ ދަނޑުތަކެވެ. ދުނިޔޭގެ އެންމެ ގިނަ މީހުން ބަލާ އަދި އެންމެ ފޯރިގަދަ ކުޅިވަރު މުބާރާތް ކަމަށްވާ ވޯލްޑްކަޕް ބާއްވަން ނިންމާފައިވަނީ ސައޫދީ އަރަބިއާގެ ފަސް ސިޓީއެއްގަ އެވެ. އެއީ ވެރިރަށް ރިޔާދް އާއި ޖިއްދާ އަދި އަލް ކޯބާ އާއި އަބްހާގެ އިތުރުން މުޅިން އަލަށް ބިނާކުރަމުން އަންނަ ޒަމާނީ ސިޓީ ކަމަށްވާ ނިއޯމްގަ އެވެ. މި ސިޓީއަކީ 500 މިލިއަން ޑޮލަރު ހަރަދުކޮށްގެން ސައޫދީއިން ބިނާކުރަމުން އަންނަ ދުނިޔޭގެ އެންމެ ޒަމާނީ ސިޓީ ކަމަށް އެމީހުން ބުނެ އެވެ.

މި މުބާރާތަށް ސައޫދީ އަރަބިއާއިން ކަނޑައަޅާ ބަޖެޓަކީ ކޮބާކަން އަދި ނޭނގުނު ނަމަވެސް މިއީ ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕަށް އެ ގައުމުން ހޭދަކުރި 220 މިލިއަން ޑޮލަރަށްވުރެ ބޮޑު ބަޖެޓަކަށް ވާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރެ އެވެ.

ޖުމުލަ 48 ގައުމު ކުޅޭ މުބާރާތަށް ސައުދީން ތައްޔާރުކުރާ ދަނޑުތަކުގެ ތެރެއިން އަށް ދަނޑު ހަދާނީ ރިޔާދުގަ އެވެ. މިއިން ކޮންމެ ދަނޑަކަށް ވެސް މަދުވެގެން 40000 މީހުންނަށް ވަދެވޭނެ އެވެ. އެންމެ ބޮޑު ދަނޑަކަށްވާނީ ރިޔާދުގައި ތައްޔާރުކުރާ ކިންގް ސަލްމާން ސްޓޭޑިއަމެވެ. މިތަނަށް 92000 މީހުންނަށް ކުޅިބަލަން ވަދެވޭނެ އެވެ.

2024 ވަނަ އަހަރަކީ ވޯލްޑްކަޕުގެ އިތުރުން އޭޝިއަން ގޭމްސް ވެސް ސައޫދީގައި ބާއްވާނެ އަހަރެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ސައޫދީ އަރަބިއާއިން ބޭނުންވަނީ އެ ގައުމުގައި ބާއްވާ ވޯލްޑްކަޕަކީ މިހާތަނަށް ބާއްވާ އެންމެ ފެންވަރު ރަނގަޅު ވޯލްޑްކަޕަށް ހެދުމަށެވެ.

މިކަމުގައި އެންމެ އިސްކޮށް ހުންނެވީ ވަލީ އަހުދު ކިންގް މުހައްމަދު ބިން ސަލްމާނެވެ. އެ މަނިކުފާނަކީ ފުޓްބޯޅަ އަށް ވަރަށް ބޮޑަށް ލޯބި ކުރައްވާ ބޭފުޅެކެވެ. ގަތަރުގައި 2022ގައި ބޭއްވި ވޯލްޑްކަޕުގެ ނިންމުމުގެ ރަސްމިއްޔާތަށް ވެސް ވަލީއަހުދު މުހައްމަދު ވަޑައިގެންނެވި އެވެ. އިންނެވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ އެންމެ އަރިހުގަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

03 މެއި 2017

ރޮނާލްޑޯ އަކީ މުޅިން ތަފާތު ކުޅުންތެރިއެއް: ޒިދާން

03 މެއި 2017
ރޮނާލްޑޯ އަކީ މުޅިން ތަފާތު ކުޅުންތެރިއެއް: ޒިދާން
03 މެއި 2017

ފާއިތުވި ދެ އަހަރަށް ފަހު މޮނަކޯ ފެންނަނީ ތަފާތުކޮށް: އެލެގްރީ

03 މެއި 2017
ފާއިތުވި ދެ އަހަރަށް ފަހު މޮނަކޯ ފެންނަނީ ތަފާތުކޮށް: އެލެގްރީ
29 އެޕްރީލު 2017

ތަފާތު ބޮޑު ނަތީޖާއަކުން މުންޑޫ ބަލިކޮށް ކުނަހަންދޫ ފައިނަލަށް

29 އެޕްރީލު 2017
ތަފާތު ބޮޑު ނަތީޖާއަކުން މުންޑޫ ބަލިކޮށް ކުނަހަންދޫ ފައިނަލަށް
24 އެޕްރީލު 2017

އަލަށް ހަވާލުވި ކޯޗް ނަޒީހު އާއި އެކު ޔޫވީ ތަފާތު ދައްކައިފި

24 އެޕްރީލު 2017
އަލަށް ހަވާލުވި ކޯޗް ނަޒީހު އާއި އެކު ޔޫވީ ތަފާތު ދައްކައިފި
19 އެޕްރީލު 2017

ތަފާތު ބޮޑު ނަތީޖާއަކުން މެކާނޯގެ މައްޗަށް ކުޑަހެންވޭރު ކުރި ހޯދައިފި

19 އެޕްރީލު 2017
ތަފާތު ބޮޑު ނަތީޖާއަކުން މެކާނޯގެ މައްޗަށް ކުޑަހެންވޭރު ކުރި ހޯދައިފި
14 އެޕްރީލު 2017

ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު

14 އެޕްރީލު 2017
ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު
18 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

18 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް