Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕަބްލިކް ވާކްސްގައި ހުރި އުޅަނދުތައް

މިނިސްޓަރު މުއްތަލިބު މަޖިލީހުގައި ހެއްދެވީ އިތުރުފުޅެއް، މުއިއްޒު މިނިސްޓަރުކަމުގައި ހުންނެވި އިރު ޕަބްލިކް ވާކްސްގައި ހުރި މުދާތައް ހުރީ ރަށްރަށުގައި އުކާލާ ދަބަރަށްވެފައި - އަކްރަމް

31 ޖުލައި 2024 | ބުދަ 13:29

މުއިއްޒުގެ މިނިސްޓަރުކަމުގައި ރިޕެއަރކޮށް އެކަމަށްދާ ޚަރަދު މިފްކޯ އިން ދައްކަންޖެހޭ ކަމުގެ އެއްވެސް މުއާމަލާތެއް ހިނގާފައިވާ ކަމުގެ ލިޔެކިޔުމެއް ފެންނާކަށް ނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 31 ޖުލައި 2024 | ބުދަ 13:29
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު، މުއިއްޒުގެ މިނިސްޓަރުކަމުގައި ޕަބްލިކް ވާކްސްގެ މުދާތަކަށް ވީނުވީއެއް ނޭނގިވަނީ ގެއްލި ހަލާކުވެފައި

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު، މުއިއްޒުގެ މިނިސްޓަރުކަމުގައި ޕަބްލިކް ވާކްސްގެ މުދާތަކަށް ވީނުވީއެއް ނޭނގިވަނީ ގެއްލި ހަލާކުވެފައި

މި ސަރުކާރުގެ ކޮންސްޓަރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު މަޖިލީހުގައި ހެއްދެވީ އިތުރުފުޅެއް ކަމަށާއި، ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރުކަމުގައި ހުންނެވި އިރު ޕަބްލިކް ވާކްސްގައި ހުރި މުދާތައް ހުރީ ރަށްރަށުގައި އުކާލާ ދަބަރަށްވެފައި ކަމަށް ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ދެއްކެވި ވާހަކައާއި ގުޅިގެން އަކްރަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިސްޓަރު ހެއްދެވީ ކަނޑައެޅިގެން ބޮޑު އިތުރުފުޅެއް، ނޫނީ މިނިސްޓަރަށް މައޫލޫމާތް ދިންފަރާތް ތައް މިނިސްޓަރަށް އޮޅުވާލެއްވީ ކަމަށެވެ. އަދި ރައްޔިތުން މަޖިލިހުގައި އެހާ ބޮޑެތި ދޮގުތަކެއް ހައްދަވަން ހެޔޮ ނުވާނެ ކަމަށެވެ.

އަކްރަމް ވިދާޅުވީ 2018 ގައި އެމްޑީޕީން ސަރުކާރާ ހަވާލުވި އިރު މިނިސްޓަރު ވިދާޅުވި ބޭބީ ޑްރެޖަރު ޑރ. މުހައްމަދު މުއިއްޒުގެ މިނިސްޓަރ ކަމުގައި މިފްކޯ މެދުވެރިކޮށް އެ ކުންފުނިން ފައިސާ ދޭގޮތަށް އަމިއްލަ ކުންފުންޏަކާ ރިޕެއަރ ކުރަން ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެކަން ބެލިއިރު އެ ރިޕެއަރކޮށް އެކަމަށްދާ ޚަރަދު މިފްކޯ އިން ދައްކަންޖެހޭ ކަމުގެ އެއްވެސް މުއާމަލާތެއް ހިނގާފައިވާ ކަމުގެ ލިޔެކިޔުމެއް ފެންނާކަށް ނެތް ކަމަށެވެ.

އަދި އޭރު ބެލިބެލުމުން ބޭބީ ޑްރެޖަރ ރިޕެއަރ ކުރުމަށްދާ ހަރަދަށް ބަލާއިރު ރިޕެއަރ ކޮށްގެން އެ ނެރުމަށް ވުރެ އައު ޑުރެޖަރ އެއް ގަތުންވެސް މާ ރަނގަޅު ކަމަށެވެ. އަދި މިނިސްޓަރު މަޖިލީހުގައި ވިދާޅުވީ ޕަބްލިކްވާރކްސް ގައި މެއިންޓަނަސް ޑްރެޖިންޖް އަށް ބޭނުންވާ މެޝިނަރީޒް މިނިސްޓަރު އޭރުއުޅުއްވި ސަރުކާރު ނިމި 2018 ގައި އެމްޑީޕީ ސަރުކާރާ ހަވާލުވިއިރު ހުންނާނެކަމާ އެ ގޮތުން ބޭބީ ޑްރެޖަރ ގެ ވާހަކައިގެ އިތުރުން ވިދާޅުވި ލޭންޑިންގް ކުރާފްޓްތައް ވިއްކާލާފައިވާ ކަމާއި އެކްސްކަވޭޓަރ ތައް ރައްރަށުގައި އުކާލާ ދަބަރަށް ވެފައިވާ ކަމަށެވެ. އަކްރަމް ވިދާޅުވީ އެއީ ހެއްދެވި ބޮޑުވެގެންވާ އިތުރުފުޅެއް ކަމަށެވެ.

އަދި މުއިއްޒުގެ މިނިސްޓަރު ކަމުގައި އުފެއްދި ރޯޑް ކޯޕަރޭޝަން އަށް ޕަބަލިކްވާރކްސް ގައި ހުރި އެ މެޝިނަރީތައް ބަދަލުކުރި ކަމަށެވެ. އަދި މުއިއްޒުގެ ދައުރުގައި އެތަން އުވާލުމަށްފަހު އަލުން ޕަބްލިކްވާރކްސް އުފައްދާ މަސައްކަތް ކުރަން ފެށީ 2018 ގައި ކަމަށާއި، އެމްޑީޕީ ސަރުކާރު އައިސް އޭގެ 3 މަސްފަހުން ރަށްރަށަށް މިނިސްޓްރީ މުވައްޒަފުން ޒިޔާރަތް ކުރަމުން ދިޔަދިޔުމުގައި މުވައްޒަފުންނަށް ފާހަގަވީ ރަށްރަށުގައި ވަލުތެރެއަށް މެޝިނަރީޒްތައް އުކާލާފައިވާކަން ކަމަށެވެ. އަދި އެކަމުގެ އޮޑިޓެއް ހަދަންފެށި ނަމަވެސް ފުރިހަމަ އިންވެންޓްރީއެއް ރޯޑްކޯޕަރޭޝަންގައި ނެތްކަމަށެވެ.

މީގެ އިތުރުން އުވާލަން ވެގެން ފިނޭސް މިނިސްޓްރީ އަށް މުއިއްޒު ފޮނުއްވި ލިސްޓް ބަލައިގެން ކޮންމެސް ވަރަކަށް އިކްއުޕްމަންޓް އަޅާ ކިޔާ ރަށްރަށު ވަލުތެރެއަށް އުކާލާފައި ހުރި ބައެއް އެއްޗެތި ފާހަގަ ކުރެވުނު ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ގިނަ އެއްޗެހި ހުރީ ދަބަރުޖަހާ އުކާލެވިފައި ކަމަށާއި، އޭގެ ތެރެއިން ބައެއް އެއްޗެހި ރަށްރަށުން ގެނެސް ރިޕެއަރކޮށް ބޭނުން ކުރަންފެށުނު އަނެއްބައި އެއްޗެހި ރަށްރަށުގައި ބަހައްޓައިގެން ރިޕެއަރކޮށް އެރަށްރަށުގެ މަސައްކަތް ކުރުމަށް ރަށުގައި ބެހެއްޓުނު ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ބަޖެޓްގައި ފައިސާނެތިގެން ރިޕެއަރ ނުކުރެވުނެ ބައެއް މެޝިނަރީޒްތައް އެމްޓީސީސީން ރިޕެއަރކޮށް ވަކި މުއްދަތަކަށް ބޭނުންކުރުމަށް ދެވުނު ކަމަށާއި، މިގޮތަށް އާރުޑީސީ އާއި ވެސް ހަވާލު ކުރެވުނު ކަމަށެވެ.

އަދި މިނިސްޓަރު ވިދާޅުވާ ލޭންޑިންގ ކްރާފްޓްގެ ވާހަކައަށް ބަލާއިރު އެމްޑީޕީ ސަރުކާރާ ހަވާލުވިއިރު އޮތީ ބާ ދަގަނޑަށް ވެފައި އޮތް 2 ލޭންޑިންގ ކުރާފްޓް، އަދި ކުޑަކޮށް ބޭނުން ކުރެވޭ 1 އުޅަނދު ކަމަށެވެ. އަދި މި ވެސް ދުއްވުނީ މަދު ދުވަސް ކޮޅަކު ކަމަށާއި، އެ ރިޕެއަރކޮށްގެންވެސް ބޭނުން ކުރެވޭވަރު ނުވި ކަމަށެވެ. އެހެންކަމުން އެ އެއްޗެހި ވިއްކާނުލާ ކަމަށާއި، މި ކަންކަން ހިނގާ ދިޔަގޮތް ވަރަށް ރަނގަޅަށް މިނިސްޓަރުގެ ނައިބަކަށް ހުންނެވި އަލީ ސަލީމް (ބުލޭ) އަށާއި އެހެން ދެ މިނިސްޓްރިީއެއްގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ 4 ބޭފުޅަކަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި މި މެޝިނަރީޒް ތަކާ ބެހޭ ވަރަށް ތަފްސީލީ ރިޕޯޓް އެއްވެސް އެކުލަވާލި ކަމަށާއި، މި ރިޕޯޓް ރައީސް އޮފީހަށާއި ފިނޭންސް މިނިސްޓްރީ އަށް ފޮނުވުނު ކަމަށެވެ.

އަކްރަމް ވިދާޅުވީ މިނިސްޓްރީ ގައި އެ ރިޕޯޓް އޮންނަންވާނެ ކަމަށާއި، އެ ރިޕޯޓް ބައްލަވާލެއްވުމަށެވެ. އަދި މި ކަހަލަ ބޮޑެތި އިތުރުފުޅު ހައްދަވާ ނުވަތަ ރަނގަޅު މައުލޫމާތު ނެތި ވާހަކަފުޅު ދެއްކެވުމުން މިނިސްޓަރާއި، އަދި ސަރުކާރުގެ ދޯދިޔަަކަމާއި މުއިއްޒު މިނިސްޓްރީ ހިންގެވި ގޮތުގެ ދޯދިޔާކަން ފާހަގަވެގެންދާ ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރެއްވުން ހުއްޓުވާލައްވާ ވީހާވެސް އަވަހަކަށް މަޖިިލީހަށް އަލުން ވަޑައިގެން އާންމު ޖަލްސާ އެއްގައި އެކަމަށް މެމްބަރުން އަރިހުން މާފަށް އެދިވަޑައިގެން މިނިސްޓަރުގެ ރެކޯޑް ރަނގަޅުކޮށްލުމަށް އަކްރަމް ވަނީ ގޮވާލައްވާފައެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް

07 ފެބުރުއަރީ 2017
ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް