Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓޫރިޒަމް އިންޑަސްޓްރީ

ޓޫރިޒަމް އިންޑަސްޓްރީގެ މުވައްޒަފުންނަށް ހަފްތާއަކު 2 އޮފް ދިނުމަށް މައުރޫފް ގޮވާލައްވައިފި

30 ޖުލައި 2024 | އަންގާރަ 06:37

ޤާނޫނުތައް ތަންފީޒުކޮށް ޤާނޫނުތަކަށް އަމަލުކުރާ މިންވަރު ދެނެގަތުމުގައި ބޮޑެތި ކަންްބޮޑުވުންތަކެއް އެބަހުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 ޖުލައި 2024 | އަންގާރަ 06:37
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ވަޒީފާގެ ޤާނޫނަށް އިސްލާޙު ގެންނައިރު، ހަފްތާއަކު 2 އޮފް ޓޫރިޒަމް އިންޑަސްޓްރީގެ މުވައްޒަފުންނަށް ދިނުމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ގޮވާލައްވައިފިއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙަށް ބަހުސް ކުރައްވަމުން މައުރޫފް ވިދާޅުވީ، ރާއްޖޭގެ ޤާނޫނުތައް ތަންފީޒުކޮށް ޤާނޫނުތަކަށް އަމަލުކުރާ މިންވަރު ދެނެގަތުމުގައި ބޮޑެތި ކަންްބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

ވަކިން ޚާއްސަކޮށް ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒު ކުރުމުގައި ޤާނޫނީ އިދާރާތަކުން ފަސްޖެހިފައިވާކަން މައުރޫފް ފާހަގަ ކުރެއްވިއެވެ.

މައުރޫފް ވިދާޅުވީ، މިހާރުވެސް މިނިމަމް ވޭޖް ބޯޑު އެކުލަވާލައި ބައްދަލުވުންތައް ބާއްވަން ޖެހޭނެކަމަށް ވަޒީފާއާ ބެހޭ ޤާނޫނުގައި އޮންނާނެ ކަމަށާއި، ޖެނުއަރީން ފެށިގެން މިނިމަމް ވޭޖް ބޯޑުގެ ބައްދަލުވުމެއް ބޭއްވިފައިނުވާކަމަށެވެ.

އެއީ ކަންބޮޑުވުން އޮތް ކަމެއްކަން މައުރޫފް ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ގިނަވެގެން ދުވާލަކު މުވައްޒަފަކު ލައްވާ މަސައްކަތް ކުރެވޭނެ ވަގުތު ކަނޑައެޅުން ލަސްވެގެން ދިއުމަކީވެސް ކަންބޮޑުވުން އޮތް ކަމެއްކަމަށް މައުރޫފް ވިދާޅުވިއެވެ.

އޭގެ އިތުރުން، ގާތް މީހުންނަށް ވަޒީފާ ދިނުމުގެ ބޭނުމުގައި ވަޒީފާގެ އެއްބަސްވުންތައް އުވާލުން އިތުރުވެފައިވާކަން ފާހަގަ ކުރައްވައި މައުރޫފް ވަނީ އެކަމަށްވެސް ތަޅުމުގައި އަލިއަޅުވާލައްވާފައެވެ.

އޭގެ އިތުރުން ވަޒީފާގެ ޤާނޫނަށް އިސްލާޙު ގެންނައިރު، ހަފްތާއަކު 2 އޮފް ޓޫރިޒަމް އިންޑަސްޓްރީގެ މުވައްޒަފުންނަށް ދިނުމަށްވެސް މައުރޫފް ހުށަހެޅުއްވިއެވެ. އެއީ ޤާނޫނުގައި ލިއެގެން މުވައްޒަފުންނަށް ލިބިދޭންޖެހޭ ޙައްޤެއްކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވަނީ ޤާނޫނުތަކަށް ކިތަންމެ ވަރަކަށް އިސްލާޙު ހުށަހެޅިދާނެކަން ފާހަގަ ކުރައްވައި، އެ ޤާނޫނުތައް ތަންފީޒު ނުކުރެވޭނަމަ އެއީ ބޭނުމެއް ނެތްކަމެއްކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

15 ފެބުރުއަރީ 2017
ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
09 ފެބުރުއަރީ 2017

ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި

09 ފެބުރުއަރީ 2017
ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް