Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާއިލް ހަނގުރާމަ

ގާޒާ ގައި ޕޯލިއޯ ފެތުރެނީ، ބަލި ފެތުރުން ހުއްޓުވަން ހަނގުރާމަ ހުއްޓާލަން ޖެހޭ: ޑަބްލިޔުއެޗްއޯ

ގާޒާ އިން ޕޯލިއޯ ފެނުމަކީ ދުނިޔޭން މި ބަލި ނައްތާލުމަށް ކުރަމުންދާ މަސައްކަތުގައި ފަހަތައް އެޅުނު ފިޔަވަޅެއް ކަމަށް ގާޒާ ގެ ހެލްތް މިނިސްޓްރީން ބުނެފައި ވެއެވެ.

ރާއްޖެ އެމްވީ | 30 ޖުލައި 2024 | އަންގާރަ 02:51
އަލް ޚަލީލްގެ ދެކުނުގައި އޮންނަ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ ޔައްޓާގެ ބޭރުން ފަލަސްތީން ކުޑަކުދިން ތަކެއް ފެންފުޅި ހިފައިގެން

އަލް ޚަލީލްގެ ދެކުނުގައި އޮންނަ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ ޔައްޓާގެ ބޭރުން ފަލަސްތީން ކުޑަކުދިން ތަކެއް ފެންފުޅި ހިފައިގެން

ގާޒާ ސްޓްރިޕް ގައި ޕޯލިއޯ ފެތުރެމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

އެ ޖަމްއިއްޔާގެ ތަރުޖަމާނަކު އަލްޖަޒީރާ އާ ވާހަކަ ދައްކަމުން ބުނީ، ކުޑަ ކުދިންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރުމަށް ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށެވެ. އަނެއް ކޮޅުން ގާޒާ ގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ވެކްސިން ދެވޭނެ ގޮތެއް އަވަހަށް ހޯދުން މުހިންމު ކަމުގައެވެ.

ގާޒާގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޕޯލިއޯ ބަލި ގާޒާގައި ފެތުރެމުން ދިއުމަކީ އާންމު ސިއްހަތައް ހުރި ބޮޑު ނުރައްކަލެއް ކަމަށާއި، ބަލި ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ އަވަށްޓެރި ގައުމު ތަކަށް ބަލި ފެތުރުމުގެ ނުރައްކާ އޮތް ކަމުގައެވެ.

ގާޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ ޕޯލިއޯ ގާޒާ އިން ބަލި ފެންނަން މެދުވެރިވީ އިޒްރޭލުން ގާޒާގައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން އާންމު ސާފު ތާހިރު ކަން ގެއްލުމުގެ ސަބަބުން ކަމަށެވެ.

ގާޒާ އިން ޕޯލިއޯ ފެނުމަކީ ދުނިޔޭން މި ބަލި ނައްތާލުމަށް ބައިނަލް އަގްވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތައް ފަހަތައް އެޅުނު ފިޔަވަޅެއް ކަމަށް ވެސް ގާޒާ ގެ ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.

ގާޒާ އިން ޕޯލިއޯ ވައިރަސް ފެނުމާއެކު ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނީ ޕޯލިއޯ ވެކްސިންގެ އެއް މިލިއަން ޑޯޒް ގާޒާ އަށް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގާޒާ އަށް ބޭނުންވާ އެހީގެ ތަކެއްޗާއި ބޭހާއި އާންމު ސާފު ތާހިރު ކަމަށް ބޭނުންވާ ތަކެތި އެ ތަނަށް އެތެރެ ކުރުމުގައި ވެސް އިޒްރޭލް ސިފައިން ގެންދަނީ ހުރަސް އަޅަމުންނެވެ.

ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި ޓެންޓް ތަކުގައި ތޮއްޖެހިގެން ގިނަ އަދަދެއްގެ ބަޔަކު އުޅެން ޖެހުމުގެ ސަބަބުން، ރައްކާތެރި ގޮތުގައި ނަޖިސް ނައްތާލެވޭނެ ގޮތެއް ވެސް ނެތް ކަމަށާއި، ގާޒާ ގެ ނަޖިސްފެން ޓްރީޓް ކުރާ ނިޒާމުވެސް ތެޔޮ ހުސްވެގެން ހުސްވި ހަފްތާ އިން ފެށިގެން ނިއްވާލާފައިވާ ކަމުގައެވެ.

ޕޯލިއޯ ފެތުރުމުގެ ނުރައްކަލުގެ އިތުރުން ފާނާބަސަންދު ފަދަ ގައިންގަޔަށް އަރާ ބަލިތައް މިހާރުވެސް ދަނީ ފެތުރެމުން ކަމަށް ސިއްހީ އޮފިޝަލުން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު