Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

ތާއީދު އޮތްވަރު ދައްކަން ކުރިކަމަކުން އެފެނުނީ އިތުރަށް ބޯގޮވާނެ މަންޒަރެއް:ހަސަން ލަތީފް

13 އޯގަސްޓު 2017 | އާދީއްތަ 03:13

އައްޑޫ ސިޓީންވެސް 250 މީހުން ނެރެވުނީމަކާ ނުފެނޭ ރައީސް ޔާމީނަށް ތާއީދު އޮތްކަން ދެއްކުނު މަންޒަރެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 13 އޯގަސްޓު 2017 | އާދީއްތަ 03:13
ހަސަން ލަތީފް: ރައީސް ޔާމީނަކަށް ތާއީދެއް ނެތް

ހަސަން ލަތީފް: ރައީސް ޔާމީނަކަށް ތާއީދެއް ނެތް

ރައްޔިތުންގެ ތާއީދު އޮތްކަން ދައްކަން ކުރިކަމަކުން ފެނުނީ ރައީސް ޔާމީން އިތުރަށް ބޯގޮވާނެ ފަދަ މަންޒަރެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު އޮތް މިންވަރު ދެއްކުމަށް ޕީޕީއެމުން ރާއްވައިގެން ރާއްޖޭގެ 25 ރަށެއްގައި ހިންގި ހަރަކާތްތަކުގައި ސރުކާރުގެ ކުންފުނިތަކާއި އެހެނިހެން ގޮތްގޮތުން ވެސް ސަރުކާރަށް ނުފޫޒެއް ފޯރުވެން ހުރި ގޮތަކުން ފޯރުވައިގެން ވެސް ފެނުނީ މާގިނަ ބަޔަކު ނޫން ކަމަށެވެ.

"ސަރުކާރު ނިސްބަތްވާ ކުންފުނިތަކާއި އެކުންފުނިތަކުގެ މުވައްޒަފުންނާ އަދި އޭގެ އިތުރުން ވެސް އެކިއެކި ގޮތްގޮތުން ސަރުކާރަށް މިވަގުތު ނުފޫޒެއް ފޯރުވެން ހުރި މީހެއް ވިއްޔާ އެނުފޫޒެއް ފޯރުވައިގެން އެއީ ބިދޭސީ ޓީޗަރުން ކަމަށް ވިއަސް. އަޅުގަނޑުމެންނަށް ފޮޓޯތަކުން އެބަފެނޭ ބައެއް ރަށްރަށުގަ ޓީޗަރުންނާ ޑޮކްޓަރުންނާ އެހުރިހާ އެންމެންވެސް ނެރެގެން އެންމެ ގިނަކޮށް ފޮޓޯއަކުން. އެއޮށްބޮޑު އައްޑޫ ސިޓީންވެސް 250 މީހުން ނެރެވުނީމަކާ ނުފެނޭ ރައީސް ޔާމީނަށް ތާއީދު އޮތްކަން ދެއްކުނު މަންޒަރެއް.ރައީސް ޔާމިންގެ ތާއީދު ދައްކަން އުޅުމުގެ ތެރޭގައި އަނެއްކާވެސް ބޯ އެއޮތީ ގޮވާފަ. އިތުރަށް ރައީސް ޔާމީންގެ ބޯ ގޮވާކަހަލަ ކަމެއް އަމިއްލަ ފުޅަށް އެކުރެއްވުނީ" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސްނަ ލަތީފް ވިދާޅުވީ ރައީސް ޔާމީން އެކުރައްވާ ކަންކަމަކީ ރައްޔިތުން ބަލައިގަންނަ ކަންކަން ނޫން ކަމަށާއި އެހެން ނަމަވެސް ފެންނަމުން މިދާ މަންޒަރަކީ ސަރުކާރުގެ އޮފީސް ތަކާއި ކުންފުނިތަކުގެ މުވައްޒަފުން އެމީހުންގެ ވަޒީފާ ގެއްލިދާނެތީ ބިރުން ނިކުންނަވާތަން ކަމަށެވެ. ނަމަވެސް އެމީހުން ރައީސް ޔާމީނަށް ތާއީދު ނުކުރައްވާ ކަމަށާއި އެހުރިހާ ބިރާ އެކުވެސް ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް ރައްޔިތުން އެކަން ދައްކާފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"ރައީސް ޔާމީން އެކުރައްވާ ކަންކަމަކީ ރައްޔިތުން ބަލައިގަންނަ ކަންކަމެއް ނޫން. ތާއީދު ދެއްކޭނީ އެއީ އޮތް އެއްޗެއް ނަމަ. އެޔެއް ނެތް. އެހެންވީމަ މިފެންނަނީ ސަރުކާރުގެ އޮފީހެއްގަ ނޫނީ ކުންފުންޏެއްގަ އުޅޭ މުވައްޒަފަކު ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އޮތީމަ އޭނާ ރައީސް ޔާމީން ފޮނުވާ ޓެކްސްޓް މެސެޖަކަށް އިޖާބަ ދިނުމުގެ ގޮތުން އެތަނަށް ނިކުމެ ހުރެލަނީ." ހަސަން ލަތީފް ވިދާޅުވިއެވެ.

ޕީޕީއެމުން ހޮނިހިރު ދުވަހު ރާއްޖޭގެ 25 ރަށެއްގައި ހިންގި ހަރަކާތުގައި ނުކުތް މީހުން މަދުކަމުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި އެހަރަކާތައް ނުކުތުމަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖްބޫރު ކުރިކަން ވެސް ވަނީ ހާމަވެފައެވެ.

މީގެ އިތުރުން އެހަރަކާތައް ނިކުތް މީހުންގެ ގިނަކަން ދެއްކުމަށް ފައިސާ ދީގެން ވެސް ސައިކަލް ތަކާއި ކާރު ފަދަ ވެހިކަލްތައް ނެރެފައިވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

30 މާރިޗު 2017

ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ

30 މާރިޗު 2017
ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ
24 މާރިޗު 2017

ޕީޕީއެމްގައި ތިބީ "ބޮޑު ގުޅަ" މެންބަރުން ނޫންކަން ދައްކަން ޖެހޭ: ޤާސިމް

24 މާރިޗު 2017
ޕީޕީއެމްގައި ތިބީ "ބޮޑު ގުޅަ" މެންބަރުން ނޫންކަން ދައްކަން ޖެހޭ: ޤާސިމް
22 މާރިޗު 2017

ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް

22 މާރިޗު 2017
ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް
14 މާރިޗު 2017

އެމްއެމްޕީއާރްސީގެ ރިޕޯޓް ނުނެރި ލަސްކުރަނީ މަޖިލިސް ބައެއް މެންބަރުންނަށް ބިރު ދައްކަން: އަލީ ހުސެއިން

14 މާރިޗު 2017
އެމްއެމްޕީއާރްސީގެ ރިޕޯޓް ނުނެރި ލަސްކުރަނީ މަޖިލިސް ބައެއް މެންބަރުންނަށް ބިރު ދައްކަން: އަލީ ހުސެއިން
08 މާރިޗު 2017

މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން

08 މާރިޗު 2017
މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން
21 ފެބުރުއަރީ 2017

ޓެކުހަށް މަކަރު ހެދުމުގެ މައްސަލައަކާ ގުޅިގެން 160،000 ރުފިޔާ ދައްކަން އަމުރުކޮށްފި

21 ފެބުރުއަރީ 2017
ޓެކުހަށް މަކަރު ހެދުމުގެ މައްސަލައަކާ ގުޅިގެން 160،000 ރުފިޔާ ދައްކަން އަމުރުކޮށްފި
20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
19 ފެބުރުއަރީ 2017

މަޖިލީހުގައި ތިއްބެވީ 85 ކަނޑުކޮހުން ނޫންކަން ދައްކަންޖެހޭ: މުސްތަފާ

19 ފެބުރުއަރީ 2017
މަޖިލީހުގައި ތިއްބެވީ 85 ކަނޑުކޮހުން ނޫންކަން ދައްކަންޖެހޭ: މުސްތަފާ
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް