Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ގަތަރުގެ މައްސަލަ

ގެރިކިރު ހުސްވާތީ ވިޔަފާރިވެރިޔަކު 4000 ގެރި މަތިންދާބޯޓުގައި ގަތަރަށް ގެންދަނީ

ގެރިކިރުގެ ބާވަތްތައް ކުރިން އެތެރެކުރީ ސައުދީން

ރާއްޖެ އެމްވީ | 13 ޖޫން 2017 | އަންގާރަ 18:31
ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކާބޯތަކެތި ލިބުން ވަނީ އެ ގައުމުގައި ދަތިވެފައި

ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކާބޯތަކެތި ލިބުން ވަނީ އެ ގައުމުގައި ދަތިވެފައި

އަވައްޓެރި ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކާބޯތަކެއްޗަށް ޖެހިފައިވާ ގަތަރުގެ ރައްޔިތުންނަށް ބޭނުންވާ ގެރިކިރު ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ގަތަރުގެ ވިޔަފާރިވެރިޔަކު ހަތަރުހާސް ގެރި މަތިންދާ ބޯޓުގައި އެ ގައުމަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.

ޕަވަރ އިންޓަނޭޝަނަލް ހޯލްޑިންގެ ޗެއަރމަން މުއުތާޒް އަލް ޚައްޔާތު ރާވާފައިވަނީ މި ހަތަރުހާސް ގެރި ފަސްދޮޅަސް ފްލައިޓްގައި ގަތަރަށް އެތެރެ ކުރުމަށެވެ. މިއީ އެއްގައުމުން އަނެއް ގައުމަށް ގެރިބަކަރި އުފުލުމަށް ހިންގޭ އެންމެ ބޮޑު އޮޕަރޭޝަނަށް ވެގެންދާނެ ކަމަށް ޚަބަރުތަކުގައި ވެއެވެ.

ސައުދީ އަރަބިއްޔާއާއި، ބަހްރޭން، އަދި ޔުނައިޓެޑް އެރަބް އެމިރޭޓްސް އިން ގަތަރަކީ ޓެރަރިޒަމް އަށް ވާގިވެރިވާ ގައުމެއް ކަމަށް ބުނެ އެގައުމާ އޮންނަ ގުޅުން ކަނޑާލީ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން ވައިގެ މަގުންނާއި އެއްގަމު އަދި ކަނޑުގެ މަގުން ގަތަރަށް ދަތުރުކުރެވޭނެ މަގުތައް އެގައުމުތަކުން ވަނީ ބަންދުކޮށްފައެވެ.

މީގެ ހަފްތާހެއްހާ ދުވަސް ކުރިއަށް ޖެހިލާއިރު ގަތަރުގެ އާބާދީއަށް ބޭނުންވާ ކިރުގެ ބާވަތްތައް މައިގަނޑު ގޮތެއްގައި ގަތަރަށް އެތެރެ ކުރަމުން ދިޔައީ ސައުދީންނެވެ.

ގަތަރާ ގަލްފްގެ ބައެއް ގައުމުތަކާ ކުރިމަތިވެފައިވާ މައްސަލަ އާ ގުޅިގެން ސޯމާލިއާއިން ގެންގުޅެމުންދަނީ ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތެކެވެ. ނަމަވެސް، ގަތަރަށް ވައިގެ މަގުތައް އަވައްޓެރި ގައުމުތަކުން ބަންދު ކުރުމާއެކު ސޯމާލިއާއިން ވަނީ އެގައުމުގެ ވައިގެ މަގު ބޭނުން ކުރުމުގެ ފުރުސަތު ގަތަރަށް ތަނަވަސް ކޮށްދީފައެވެ.

ގަތަރާއި ގަލްފްގެ އަރަބި ގައުމުތަކާއި އުފެދުނު މައްސަލައެއްގައި ގަތަރާ ކުއްލިއަކަށް ގުޅުން ކަނޑާލި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.

ނަމަވެސް ގުޅުން ކަނޑާލުމުގެ ސަބަބުން ގަތަރަށް އައު ރަހުމަތްތެރިންނާއި، ކާބޯތަކެތި ވިއްކާނެ އައު ބައިވެރިން ހޯދުމަށްވަނީ މަޖުބޫރު ވެފައެވެ.

މި ހަފްތާގެ އާދިއްތަ ދުވަހު އީރާނުން ވަނީ ފަސް ފްލައިޓު ފުރާ ތަރުކާރީ ފޮނުވާފައެވެ.

ތުރުކީންވެސް ވަނީ ކިރުގެ ބާވަތްތަކާއި ކާބޯތަކެތި ގަތަރަށް ފޮނުވާފައެވެ.

މޮރޮކޯއިންވެސް ގެންދަނީ ކާބޯތަކެތީގެ ދަތިކަން ފިލުވުމަށް ގަތަރަށް އެހީވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެރިއާއި ކަންބަޅި ބަކަރީގެ ޒުވާބު ޗީޒްގެ ދުނިޔެއަށް!

ގެރިއާއި ކަންބަޅި ބަކަރީގެ ޒުވާބު ޗީޒްގެ ދުނިޔެއަށް!

02 މާރިޗު 2024
4000 ޑޮލަރުގެ ރަނުން ހަދާފައިވާ މާސްކެއް!

4000 ޑޮލަރުގެ ރަނުން ހަދާފައިވާ މާސްކެއް!

05 ޖުލައި 2020
ގަވައިދާ ޚިލާފަށް އީޔޫ ބޯޑަރު ހުރަސް ކުރުމާ ގުޅިގެން މާބަނޑު ގެރިއެއް މަރަން ހުކުމް ކޮށްފި

ގަވައިދާ ޚިލާފަށް އީޔޫ ބޯޑަރު ހުރަސް ކުރުމާ ގުޅިގެން މާބަނޑު ގެރިއެއް މަރަން ހުކުމް ކޮށްފި

02 ޖޫން 2018

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު